ރާއްޖޭގައި ކުރި ފުރަތަނަ އަޑުފޮއްޓާއި ނޭވާލާ ހޮޅީގެ ޓިއުމަރ ނެގުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައި ވާކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ މި އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރި ވެފައި ވަނީ ރާއްޖޭފައި ހުރި ހަމައެކަނި އޮންކޯ ސާޖަންޓް ޑރ. ޝިފާން އާއި އައިޖީއެމްއެޗުގެ ޓީމުން ކަމަށެވެ. އައިޖީއެމްއެޗް އިން މައުލޫމާތު ދިން ގޮތުގައި ޓިއުމަރު ނަގާފައި ވަނީ 50 އަހަރުގެ އަންހެނެއްގެ ގައިންނެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އެ އޮޕަރޭޝަން ގާތްގަނޑަކަށް 5 ގަޑިއިރަށް ވަނީ ދިގުލައިގެން ގޮސްފައެވެ.

https://twitter.com/igmhmv/status/1181554301828599808

މިކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް މުސްތަގުބަލުގައި މިއަށްވުރެ ފުރިަހަމަކޮށް ކުރުމަކީ އުންމީދެއް ކަމަށެވެ. އަދި އެ އޮޕްރޭޝަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވި ޑޮކްޓަރުންނަށާއި އެ ހޮސްޕިޓަލުގެ ޓީމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެެވެ.

ޓެކްނޯލޮޖީއާއެކު ބޭސްފަރުވާގެ ނިޒާމުތައްވެސް ރާއްޖޭގައި އަންނަނީ ކުރިއަރަމުންނެވެ. މީގެ ކުރިން ރާއްޖެއިން ހީވެސް ނުކުރާ ފަދަ ސާޖަރީތަކާއި އެހެނިހެން ފަރުވާތައް ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ ހޯދާ ދެ ހޮސްޕިޓަލު ކަމުގައިވާ އޭޑީކޭ އަދި އައިޖީއެމްއެޗް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. zayaan

    avahah emmen yaameenah shukuuru adhaa kurey.. inthihaabun eyna bali nuve rajjeyge verikamuga mihaaru hure foarukohdhey kurierunnnnn……...boa halaak

    2
    19
  2. ބެރު

    ކަލޯ އެއީ އެމަނިކުފާނު ގެނެސްދިން ޞިއްޙީތަރައްޤީކަމެއްނޭގޭތަ ގަމާރާ

    18
    2
  3. ޝުކުރިއްޔާ

    ރައީސްޔާމީންގެތަރައްޤީގެމަސައްކަތްޕުޅު ރައްޔިތުންބަލައިގަނެ ޝުކުރުއަދާކުރަން

    11
    3
  4. Anonymous

    ފަލަ ކޮށް ތިބޭ ނަމަ ހިތުގެ އެކޯކާރޑިއޮގްރާމް ހަދަން ކޮންމެހެން މަޖުބޫރު. ޝިފާން މެން ފަދަ މިސާލީ ބޭފުޅުން ތިއްބަވަން ވާނީ އިސްކޮޅާ ބަރުދަނާ ހަމަ އަށް. ނޫންނަމަ ހިތް ޑެމޭޖް ވާނެ. އާއްމު ބޭފުޅުން ކޮންމެ ހޮސްޕިޓަލް އަކަށް ވަޑއިގެންވެސް އެކޯކާރޑިއޮގްރާމް ހަދަން ބޭނުމޭ ބުނީމާ ހަދާދޭނެ. ހާއްސަ ކޮން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް ތަކުގައި. ހަމަ ގައިމުވެސް ލަންކާ ގެ ޑާރޑަންސް ހޮސްޕިޓަލް ގައި އެމީހަކު ބޭނުން ޓެސްޓެއް ހަދާދޭ. ފަލަ ކޮށްތިއްބަވާ ބޭފުޅުންނާއި ކޮންމެވެސް މީހަކަށް ފައިދާ އެއް ވެދާނެތީ ލިޔެލީ.

  5. ހެޔޮވިސްނުން

    ސުކުރިއްޔާ ރައީސް އަބުދުﷲޔާ މިން ސިއްހީދާއިރާއަށް ގެނެސްދެއްވި އަގުނުކުރެވޭ ހިދު މަތައް ފައްފަށުން ޝުކުރުދަން ނަވަން މަނިކުފާނައް ﷲ އުފާވެރި ދުވަސްތަކެއް މމ މިންވަރުކުރައްވާށި

    9
    3