ޏ. ފުވައްމުލަކުގައި ބަހައްޓާ އާ ޖެނެރޭޓަރު އެ ސިޓީ އަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނެކަ ކޯޕަރޭޝަނުން ބުނީ، ފުވައްމުލަކަށް ފޮނުވަން ހަމަޖެހިފައިވަނީ 1.2 މެގަވޮޓްގެ ޖެނެރޭޓަރެއް ކަމަށެވެ. އަދި އެ ޖެނެރޭޓަރު އެރަށަށް ފޮނުވުމަށް ރޭގެ ވަގުތެއްގައި ދޯންޏަށް އަރުވާފައިވާ ކަމަށްވެސް ފެނެކާއިން ބުނެފައިވެއެވެ.

 

ފެނަަކަ އިން ބުނީ، މި ޖެނަރޭޓަރު ތިން ދުވަސް ތެރޭގައި އެރަށަށް ގެންދެވޭނެ ކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ ޖެނެރޭޓަރ ބަހައްޓައި ނިމޭނެ ކަމަށް ފެނެކާއިން ވަނީ ބުނެފައެވެ.

އާބާދީގެ ގޮތުން ދިހަހާހަށްވުރެ ގިނައިން މީހުން ދިރިއުޅެމުން އަންނަ ފުވައްމުލަކުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ހަތަރު ޖެނެރޭޓަރ ސެޓެވެ. މި ހަތަރު ސެޓުން އުފެއްދެނީ ގާތްގަނޑަކަށް 4.2 ކިލޯ ވޮޓްގެ ކަރަންޓެވެ.