މަގުމަތިން ދިޔަ މީހެއްގެ އަތުން ވަގަށް ނަގާފައިވާ ތަކެއްޗާއި، މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ފުލުހުން މަގުމަތިން ހުއްޓުވި މީހެއްގެ އަތުން ސެމްސަންގ ޓެބްއަކާއި، ސެމްސަންގ ގެލެކްސީ ނޯޓް10 އަދި 6697 ރުފިޔާ އާއި 19000 ރުފިޔާގެ އަގުހުރި ގަޑިއެއް ފެނިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.