އެމްޑީއެންގެ ބައެއް މެމްބަރުންނަށާއި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓް ކިޔާފަރާތްތަކަށް ބަޔަކު މީހުން މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިއްޔެގަ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާއި ގުޅިގެން ގިނަ މެމްބަރުންގެ ކަންބޮޑުވުންތައް ހުރުމުން މިނިސްޓަރ އޮފް އިސްލާމިކް އެފެެއާޒް އާއި ހޯމް މިނިސްޓަރާ އަދި އެޑިއުކޭޝަން މިނިސްޓަރަށް ގުޅުއްވާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ އެމްޑީއެން އާއި ގުޅޭތޯވެސް މަސައްކަތް ކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބަހުސް ނިމުމަށްފަހު އަޅުގަނޑު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިން. އަދި ހޯމް މިނިސްޓަރާއިވެސް އަޅުގަނޑު ގުޅިން. އެޑިއުކޭޝަން މިނިސްޓަރާވެސް އަޅުގަނޑު ގުޅިން. އަދި އެމްޑީއެން އާވެސް އަޅުގަނޑު ގުޅޭތޯ ބެލިން"

ނަޝީދު ވިދާޅުވީ، "އަޅުގަނޑުގެ ބޭނުމަކަށްވީ އެމްޑީއެން އާއި ރާއްޖޭގެ އެހެން ޖަމިއްޔާ ޖަމާއަތަކަށްވެސް އަދި އެންމެހާ ޒުވާނުންނަށްވެސް ސާފުވާން އެބަޖެހޭ ދީނީ ކަންކަމާ ގުޅޭގޮތުން ކޮންގޮތަކަށް ބަސްތައް ބޭނުންކުރެވުނީމަތޯ، މުޢާމަލާތް ކުރެވުނީމާތޯ އެހެންމީހުން އެކަމާ ނަފްރަތުކޮށް ކަންބޮޑުވެ ހިތްހަމަނުޖެހުން މިދަރަޖައަށް އުފުލިގެން މިދަނީ"

ނަޝީދު ވިދާޅުވީ އެމްޑީއެން އިން ފާހަގަކުރާ ކަމަކީ މީހުން މަރާފައި ހުރުމާއި އެމީހުންގެ މައްޗަށްވެސް މަރުގެ އިންޒާރުތަށް އައުން ކަމަށެވެ. އަދި އެކި ބާވަތުގެ އަނިޔާވެރި ޙަމަލާތައް ދިނުމުގެ ރޭވުންތަކުގެ މަންޒަރުތައް އެކިއެކި މީސްމީޑިއާގެ ޒަރީއާ އިން ފެތުރެމުންދާކަމަށެވެ.

"އެމްޑީއެންގެ ފަރާތުން ކުރާ އެއް ޝަކުވާއަކީ އެމީހުންގެ މެމްބަރުންނާއި އަދި އެރިޕޯޓު ކިޔާ މީހުންނަށް މަރުގެ އިންޒާރުދީ ހަދަމުންދާލެއް ގިނަވެފައިވާކަން. އެމީހުން ފާހަގަ ކުރާ ކަމަކީ މީހުން މަރާފައި އެބަހުރި ކަމާއި އަދި ހަމަ އެގޮތަށް އެމީހުންގެ މައްޗަށް މަރުގެ އިންޒާރު އަންނަމުންދާ ކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީއެންގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ފަރާތްތައް އެބަތިބި ކަމަށް މަޖިލީހުގެ ގިނަ މެމްބަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކޮރުބެ

    ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއް މިތަނަށް ނުގެނެސް ހަމަ. ޏުޖެހިގެން.

    22
  2. ޖޭބޮކި

    ލާދީނީގެ ލާމަސީލް މިސާލެއް މިއީ..

    28
  3. ހުސޭނުބޭ

    އެއީ ކަލޭ ކުރުވާ ކަމެއް! ބޭނުމަކީ އެމްޑީއެން ހިމާޔަތްކުރުން! އެމީހުންނަކީ މައުސޫމް ބައެއްކަމަށް ބޭރުގެ ދައްޖާލުތަކަށް ދެއްކުން!

    29
  4. Anonymous

    ކނަޝީދު ހޭބުއްދި ފިލާފަ ހުރީމަ ނޭނގޭނެ މި ވެގެން އުޅޭގޮތެއް

    25
  5. ލައިލާ

    ޢަނެއް ކާ އަނެއް ވާހަ ކައެއް ހަަދައިގެން ދައް ަކން ފެށި ހެއްދެވި ފަރާތަށް ބިރެއް ވެސް ގަންނަ ފުރޭތައެއް ނޫން

    10
  6. ގައުމުގެދޫ

    ކަލޭގެ ހުރި މުނާފިގުކަން ދެކެބަލަ ނަޝީދޫ.. ކަލެއަށް ކަންބޮޑުވީ އެމްޑީއެންއަށް އާންމުން ރުޅިބާލާތީ. ކަލޭ ބޭރުފުށުން ވެރިކަމުގެ ދަހިވެތިކަމުގައި ވެގަނެގެން އުޅޭ އިސްލާމްދީނުގެ ރަސޫލާގެ އަބުރުކަތިލާ ބަދުބަސް ރައްދުކުރުން ކަލެއަށް ބޮޑުކަމަކަށް ނުވި. ކަލޭ ދާންވީނުން ޑެންމާކުގެ ފައްޅިއަކަށް ދޮންމީހުނަށް ދީމުރާތީ ކިޔަވަދޭން.

  7. ދޮހޮއްކޮ

    ކަލޭގެ ގަމާރުކަމާއެވެ. ކަލެއަކީ ހަމަނުބައިވެގެންވާ މުނާފިގެއްކަމާމެދު އަހަރެން ޝައްކެއްނުކުރަން. ކަލޭ މަޖިލީހުގައި ޔާމީނަށް ބެވިހެން އަނެއްކާ އައުކޮށްފަ ތިއުޅެނީ ކީރިތިރަސޫލާގެ އަބުރުފުޅަށް އަރައިގަތުން ތަކުރާރުކުރުވަންކަން އަހަރެން ޝައްކެއްނުކުރަން. މާތްﷲ މިނުބައިމީހާގެ ކިބައިން މިޤައުމު ސަލާމަތްކުރައްވާށި!

  8. ބޮއްކޮ

    އަފްރާޝީމްގެ މަރުގެ ހަގީގަތާ ހަމައަށް ވާސިލުވެވުނީމަ އެނގޭނެ އެއީ ކިހިނެއް ކޮންގޮތަކަށް ހިންގާފައިވާ އަމަލެއްކަން.

    18
  9. ާަާމަ

    އަދިވެސް އެމްޑީއެން ދިފާއު ކުރެވޭތޯ މިކަލޭގެ. ﷲ އަށްޓަކައި ނަޝީދު ދެކެ ނަފްރަތުކުރަން.

    40
  10. ތިއްތި

    އަދިވެސް އެކަހަލަ ލާދީނީ ރިޕޯޓު ނެރޭތި.

    26
  11. ފުއްކޭ

    ވަރަށް ގިނަމީހުން ށަކުވާ ކުރޭ ކަލޭ އިންސާނުން ތެރެއަށް ދޫވެފަ ހުންނާތީވެސް. ތީބޮޑު ކައްޒާބެއް.

    37
    1
  12. ާއަށްޑަނަ

    ވަރަށްސާފު، މިރާއްޖެެޭގައި ތިޔަ ޕްރަމޯޓް ކުރަން ކެނޑިނޭޅި މަސަތްކަތް ކުރާ ލާދީނީ އެއްވެސް ކަމަކަށް ދިވެހިރާއްޖޭގެ ރަތްޔިތުން ތިބީ ކުޑަކޮށްވެސް ދުލެއްދޭކަށްނޫން

    35
  13. ޒުހުދާ

    މިޤަޢުމު ފަސާދަކޮށްފި މިކަލޭގެ

    38
  14. އަހުރެން

    ޔާ ﷲ! މި ނުބައި ދައްޖާލުގެ ކިބައިން މި ވަޠަން ސަލާމަތް ކޮށްދެއްވާށި!

    30
  15. ޝަކުވާ

    އެންމެ ގިނަ މީހުން މިރާއްޖޭގައި އެންމެ ކަންބޮޑުވެގެން ކުރާ ޝަކުވާއަކީ ކަލޭ އިންސާނުންގެ ތެރެއަށް ދޫކޮށްފައި ބަހައްޓާތީ. ސްޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ކަލޭގެ މައްޗަށް ޝަރީޢަތް ނުހިގާތީ.

    30
  16. ހުޅަނގުގެ ޕަޕެޓެއް އެއީ

    މިކަލޭގެ ދުވަހަކުވެސް ތެދެއް ހެދިތަ؟ ގަންޖާ ދައްކާ ވާހަކައިގެ ތެދު ހަގީގަތެއް ނޭންގޭނެ.

  17. ބޯހަލާކު

    ޔާﷲ މިނަޝީދުގެ ކިބައިން އަޅަމެންގެ ޅަދަރިންނާއި ޤައުމު ސަލާމަތް ކުައްވާށިއެވެ.

  18. އަލިފް

    ޔާމިން 2023