މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލާތީއާއި އެ ޖަމިއްޔާއަށް ނުރައްކާ އޮތުމުން ކަންބޮޑުވުން އެބަ އޮތް ކަމަށް ޖަރުމަން ވިލާތުން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑް ވިދާޅުވެއްޖެއެވެ.

ޖޯން ރޯޑް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، އެމްޑީއެން އަކީ ކޮން ބައެއްކަން އޭނާ އަށް 2016 ވަނަ އަހަރުން ފެށިގެން އެނގޭ ކަމަށާއި އެހެން ކަމުން އެ ޖަމިއްޔާ އުވާލަން ބައެއް ފަރާތްތަކުން ގޮވާލާތީ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

އެ ޓްވިޓްގައި އޭނާ ވަނީ އެމްޑީއެން އަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ކުރިއެރުވުމުގައި އާއި، ދީނީ ގޮތުން ހައްދުފަހަނަޅައި ދިޔުމުގެ ނުރައްކާތެރިކަން ހާމަކޮށްދިނުމުގައި މަސައްކަތް ކުރާ ބައެއް ކަމަށް ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުން އެއްވެސް ބަޔަކަށް ނުރައްކާތެރިކަމެއް ކުރިމަތިވާން އުޅޭނަމަ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން އެބައޮތް ޖޯން ރޯޑް ވިދާޅުވިއެވެ. އަދި ޖަރުމަނުން އަބަދުވެސް ރާއްޖޭގެ އޮންނަ ގާތް ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ހެޔޮވެރިކަން ކުރިއެރުވުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އޭނާގެ ޓްވިޓްގައި ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިފަދައިން ޓްވިޓް ކުރައްވާފައިވާއިރު ރާއްޖޭގެ ގިނަ އިލްމުވެރިންނާއި އާންމުގެ އެކި ފަރާތްތަކުން އަންނަނީ މިހާރުން މިހާރަށް އެމްޑީއެންއޭ އުވާލުމަށް ގޮވާލަމުންނެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. 19 ނަވާރަ

    ޖަރުމަން ދޯ ކަލެއަށް ކީއް މިގައުމުގަި ކޮންމެ ބަޔަކު އުޅުނަސް. އަހަރުމެން ނުދަމޭ ޖަރުމަނަކަށް. ހާސް ކަނޑާ ކަލޭމެނަށޭ އޮތީ މިގައުމުގެ މުސްތަގުބަލް

    59
  2. ދދދދދދ

    ކަލޭ ކަންބޮޑުވިއްޔާ އަހަރުންނަށް ކީއް؟ ކަލޭމެން ނުރުހިދާނެތީ ވަރުވެފަ ތިބޭނީވެސް ލާދީނީންގަނޑު. އަހަރުން ބިރެއްނުގަނޭ. ކއް.

    73
    3
  3. ހުސޭނުބޭ

    ކޮބައި ހީވޭ ކަމެއްހެން! މިކޮޅުން ހުރިހައި ޢިލްމުވެރިން ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ތެދުވުމުން ޑރ އިޔާޒް ވަނީ ހުރިހައި ކަމެއް އޮޅުވާލާ މަތިޖަހާފައި! މިހާރު އެކޮޅުން އެ އަރަނީ ދައްޖާލު!

    71
    1
  4. އައްޑޫސިޓީ

    ސަފީރު މިއީޖަރުމަނެއް ނޫން. މިއީ ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ ޔާހޫދީނަނާ ނަސާރާއިން ކްރިސްތިއަނުން ކަންބޮޑުނުވިއަސް އަހަރުމެންގެ މާތްނަބިއްޔާ ސއވ އައް ހަޖޫޖަހާ މާތްވި އިސްލާމްދީނަށް ނަފުރަތުކުރާ ބަޔަކަށް މިގައުމުގަތިބި މުސްލިމުންގެ އެއްބާރުލުމެއް ވެސްއަދި ތާއިދެއްވެސް ނޮއޮންނާނެކަން ގަބޫލުކުރަންވާނެ. އަހަރުމެން އެމީހުންނައް ނުރައްކާ ކުރާކަށްނުއުޅެން ކަލޭމެން އެމީހުންގެންގޮސް ހިމާޔައްދީ!

    71
  5. ތާރަބެ

    ސަލްމާން ރުޝްދީވެސް އެހެރީ ތިޔަބައިމީހުންގެ ހިމާޔަތުގައި! ޝަހިންދާއަށް އަވަހަށް ހިމާޔަތް ދޭން ގެންދަން ވީ ނޫންތޯ!

    71
  6. މަގޭ ޚިޔާލު

    މިފަހަރު އެނގޭނެ ރައީސް އަޑުުއަހާނީ ކާކު ދައްކާ ވާހަކައެއްކަން. ދިވެހި ރައްޔިތުން ދައްކާ ވާހަކަތޯ ނުވަތަ ޖަރުމަނު ސަފީރު ބުނާ އެއްޗެއްތޯ ރައީސް އަޑުއަހާނީ.

    72
    1
  7. ސަފީރު

    އެމް ޑީ އެން އުވާލިޔަސް ނުލިޔަސް ކަލޭމެނާ ބެހޭކަމެއްނޫން

    60
    2
  8. އަލަފަތު

    ކަލޭ ކަންބޮޑުވިޔަސް އަހަރެމެންނަކައް މައްސަލައެއްނެތް އަހަރެމެންގެމިޤައުމުގަ އިސްލާމްދީން ފިޔަވައި އެހެންމީހުންއަޅުކަންކުރާތަންތަންހަދާ އެތަންތަނައްގޮސްއަޅުކަންކުރާކައް ޖާގައެއްނުދެވޭނެ

    64
  9. Anonymous

    ޝާހިދު، ސަފީރު ކާރީ ބުނެބަލަ މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެ ކޭ، މިގައުމުގެ ދާޚިލީ ކަން ކކކކ ކަމާ ނުބެހެއްޗޭ. ކޮންފަދަ މުޞީބާތެއް ޖެހިގެން މިއުޅެނީ.

    61
  10. ހުޅުރާއްޖެ

    ހަމަ މިހާރު ތިޔަ ޖަމާޢަތް އުވާލާ. އެނޫން ގޮތެއް އަހަރެމެން ރައްޔިތުން ބޭނުމެއް ނޫން.

    65
  11. ބިކަ

    ދަރިމަނެއް ނޯންނާނެ ތި ޖަމިއްޔާ ގަނޑު އުވާލާފަ މިރާއްޖެ ސަލާމަތް ކުރޭ.

    36
    1
  12. މޮހަދު

    ތިޔައީ ތިބައިގަޑު ރާވާއިގެން އެކަން އަންގާެިގެން ޖެއްސި ބޯޅައެއް ތިހިރީ ތިބައިގަޑު އެއްމެފަހުން ޔޫރަޕް ޤައުމުތަކުގަ ފަޛީހައްކުރަނީ އިސްލާމްދީން

    32
  13. ދިވެހި ދަރިއެއް

    ޢިޔާޒް މެން ކަހަލަ ސިޔާސީ އިލްމްވެރިންނަށް ވިސްނޭނެބާ މީ އެބުނާ ސޯލިހު ގެ ރޮކެޓެއް ކަމަށް ވުން ގާތް ކަން، މަތިޖެހުމަށް މޮޅު ރޮކެޓެއް ސަރުކާރުން އެޖަހަނީ އެމްޑީ އެންގެ ދިފާއުގައި.

    38
  14. ވައިޓްމޭންސް ބާރޑްންް

    ކަލެއާއި ކޮންބެހޭކަމެއް؟ ޗީޗީ، މިޔޫރަޕް އެމެރިކާގެ ދޮންމީހުންނަކީ ހުރިހާ ކަމަކަަށް ބޭނިގަންނަ ބަޔެެއް. ކަލޭމެންނަށް މަތީ ފަރާތުން އޮތޯރިޓީއެއްދީގެންތަ ތިއުޅެނީ.

    27
  15. އިޤާބު

    ޖަރުމަނޫގެ ސްޓޭޓެއްތަ މިއީ. އެބައިމީހުްނ ކޮން ކަމެއް މި ޤައުމަށޤ ކޮށްދިނީ. އެވާނީ ޝާހިދު ކުރުވާ ކަމަކަށް. އެއީ ޝަހިދުފައިސާއަށޤގަނެލިައިގެން ދައްކާ ވާހަކަ. ނުފޮރުއްޕާނެއް.

    18
  16. މާ

    ބޭރުގެ ބަޔަ ކަށް ތި އެމްޑީއެން އަ ކާ ހެދީ މިތާނގަ ފިތުނަ އުފެދި މީހުންގެ ތެރޭ ސުލްހަ ނެތި ދާވަރު ނޭނގޭ! އަހަރެމެން ދިވެހި ރައްޔިތުން ބޭނުން ވަނީ އެމްޑިއެން އުވާލަން! ހަމަ މިހާރު އުވާލާ! ރައީސް އިބޫ ގައުމުގެ ރައީސް ކަމުގަ ހުންނަވާގެން މިތާނގެ ސުލްހަ ބޭރު މީސްމީހުން ބުނާ ބުނުމަ ކަށް ވިއް ކައުން ނުވާނެ. ! އަހަރެމެން ރައްޔިތުން ގެ އަޑު އައްސަވާ އަހަރެމެން ބޭނުން ވަނީ މިނިވަން ކަން މަތީ އުޅެން. ތިޔަ ސަ ކިންދާ އާއި އޭނަގެ ބައިގަނޑުގެ މީހުން ފަތުރާ ލާދީނީ ފިތުނައިގަ ޖެހޭ ކަށް ބޭނުމެއް ނޫން. !

  17. ޢަލީ

    އަހަރެމެން ވަރަށް ރަނގަޅަށް ދެނެތިބީމު ކަލެއަކީ ތިޔަ ޖަމްއިއްޔާއަށް ފަންޑުކުރާ އެކަތިކަން. ކަލޭމެން ދޮން ޓެރަރިސްޓުން މިކުޑަކުޑަ ގައުމާ އަޅައިގެން ނޫޅެ އިޒުރޭލަށް ދޭބަލަ ޑިމޮކްރެސި ކިޔަވައިދޭން. ހޭބަލިވީތަ؟؟؟

  18. މުހައްމަދު

    ބޮޑެތި ޖަންގަލިތަކުގައިވާ ޖަނަވާރުތައް ސަލާމަތް ކުރުމަށް ޓަކައި އަދި ދުނިޔޭގައި އާލާނުވާ މަސްމަހާ މެހި ހިމާޔަތް ކުރުމަށް ޓަކައި އުޅޭ ބަޔެއްތީ.. އެކި ކަންކޮޅުތަކުގައި އިންސާނުން ބަޑަން މަރުވަނީ.. އެކަމަކު ކަންބޮޑުވުމެއް ހާސްކަމެއް މިބައި މީހުންގެ ނެތް.. އަހަރުމެންނާ ކުޅެން ނުހަދާ މައިތިރިވެ ތިބޭ..

  19. ާއަޙްމަދު

    ކަލޯ ކަންބޮޑުވެވެ ހުރެބަލަ. ތާހިރެެއްނު. ހެޓިލަރު
    ޢެއީ ކޮންރަށެއްގެ މީހެެއްކަން ދަންނަ މުތަ.

  20. ލަޔާން

    ޖަރުމަނަކަށް ނޫން އިގޭނީ ދިވެހިން ކަންތަށް ކުރަންވީ ގޮތެއް.....

  21. ބޮން

    ކަލޭ ދެރަވާނެ މިތާ ފައްޅި ނެތީމަވެސް! އަދި އެއްޖިންސުން ކައިވެނި ނުކުރެވޭތީ ބޮޑުތަނުން ދެރަވާނެ.