ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުލުހުން ހިންގި ތަޙްޤީޤުގައި ސުވާލުކުރީ ދައުލަތުގެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ކަމަށާއި ނަމަވެސް ދައުވާކޮށްފައި އޮތީ މަނީލޯންޑަރ ކުރިކަމަށް ބުނެ ކަމަށް ޔާމީންގެ ވަކީލުން މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ހުލާސާ ބަޔާން އިއްވަމުން ޔާމީންގެ ވަކީލް އަލީ ޝާހް މިކަން ފާހަގަ ކުރުމުން ދައުލަތުގެ ވަކީލް ވަނީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އަހްމަދު ހައިލަމް ވަނީ ދައުލަތައް އިތުރަށް ވާހަކަދައްކަން ފުރުސަތު ނުދީ، އެކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ ޔާމީންގެ މައްޗަށް ކުރި ތުހުމަތު ފުލުހުން ދިން ޤާނޫނީ އިންޒާރުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި އެޤާނޫނީ އިންޒާރުގައި މަނީ ލޯންޑްރިންގެ ވާހަކަނެތް ކަމަށެވެ. އެހެންކަމުން މިއީ ފުރިހަމަ ނުވާ ތަޙްޤީޤެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގައި ޔާމީންގެ ވަކީލުން ވަނީ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އިންޑިއާ އާއި އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި، ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ކޯޓުތަކުން ނިންމާފައިވާ ގިނަ ނިންމުންތަކަކާއި އަދި ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކަށް ހަވާލާދެއްވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަން ފާހަގަކޮށް ޔާމީންގެ ވަކީލުން ގިނަ ނުކުތާތަކެއް ހުށަހެޅިއެވެ. އަދި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ވަނީ ޔާމީނާއި ބައްދަލު ކުރިކަމަށް ވިދާޅުވެ ދޮގު ހަދާފައި ކަމަށާއި އެހެންކަމުން އޭނާގެ ހެކިބަސް ވެސް ބަލައި ނުގަނެވޭނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ ޤާނޫނުލްއުޤޫބާތު ބުނާ ގޮތުގައި ޖިނާޢީ ކުށްތައް ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދިނުން ލާޒިމްކަމަށާއި ނަމަވެސް މިމައްސަލައިގައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން އަދި އެއްވެސް ލިޔުމަކުން ވެސް ކުށުގެ އުންސުރުތައް ސާބިތުނުވާ ކަމަށެވެ.

ޔާމީންގެ ވަކީލުން މިއަދު ކޯޓުގައި އެދުނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ދެއްކި ވާހަކަތަކަށް ބަލާއިރު މިބާވަތުގެ ކުށެއް ސާބިތުކުރެވެން ނެތްކަމަށް ނިންމައިދިނުމަށެވެ.

ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ މިދައުވާ ސާބިތުނުވާ ކަމަށް ނިންމަންވީ އިސްލާމީ އުސޫލުތަކާއި ޤުރުއާނުގައި އޮތް ވަހީބަސްތައް ހާމަކޮށް ހުތްޖަތްދައްކައިދީފައި އާއި ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަ ކޮށްފައިނުވާތީ އާއި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ކުށް ސާބިތުނުވާތީ އާއި މިއީ ހީވާ ހީވުމެއްގެ މައްޗަށް ކުރާ ދައުވާ އަކަށް ވާތީ އާއި ޤާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި ހިލާފަށް ހުށަހެޅިފައިވާ ދައުވާއަކަށް ވާތީ އާއި ސިޔާސީ ދައުވާއަކަށް ވާތީ ކަމަށެވެ.

މިއަދުގެ އަޑުއެހުމާއި އެކު ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ވަނީ ނިންމިފައެވެ. ޔާމީންގެ މައްޗަށް ޙުކުމް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހު އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަނބެ

    ނުކުރެވޭނެ ހުކުމެއް ބަލަންމިތިބީ ތިޔަހިވަރު

    69
    4
  2. އަހުމަދު

    ނުކުރެވޭނެހުކުމެކޭ ބުނަންދަތިވަނީ މިގައުމުގެކޯޓްތަކުން މާޒީގައިކޮއްފައި ހުކުމްތުގެ ގޮތުން

  3. ހަސަނު

    ޖަނބުރޯލު ، ބުނަންތޯ ވާހަކެއް ޔާމީނަކަސް އެހެން މީހަކަސް ކުއް ކޮއްފިއްޔާ އަދަބު ދެވެން ޖެހޭނެ ، ހަަމަ ގޮޅިޔައް ލާނީ ބަލަން މިތިބީ.

    11
  4. މުހައްމަދު

    ފަބޑިޔާރުން ފޭހުނުއިލޮށިގަނޑު ކަލޭމެންގެލޮަލަށް ތިޔަނަޝީދާމެން ތިޔަހަރަނީ...

    12
  5. ރައްޔެތުންގެ ވިންދު

    ޢަދި ޔާމީންގެ ދުވަހެއް އަނާނެ ރުޅިވެރިކަމުގައި ކުރާކަންތައް ތައް ރަގަޅެއްނުވާނެ މީދުނިޔެ ދައްކާހަޤީގަތަކީ

    19
    • ބޮޑުދުފާ

      މުސްކުޅިންބުނޭ، މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނޭ.

  6. ސލ

    ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ ޒާތީގޮތުން ދިމާކުރުމަށް
    ބާރުލިބިފައިހުރިމީހާ ހިންގާ ޖަރީމާއެކެވެ ދާދި އަވަހަށް އެމީހާ އިނދަޖެހި ހަފުސްވާނެއެވެ އަދި ޝަރީޢަތް ހިންގޭނެއެވެ.

    11
    1