ރާއްޖޭގެ ދެކުނުން އޮންނަ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ އިންޓަނޭޝަނަލް ޓްރެބިއުނަލް ފޯދަ ލޯ އޮފް ދަ ސީ (އައި.ޓީ.އެލް.އޯ.އެސް) އަށް ހުށަހަޅައިފިއެވެ.

އެމައްސަލަ އައި.ޓީ.އެލް.އޯ.އެސް އަށް ހުށަހެޅިފައި ވަނީ މި ދެގައުމުގެ މެދުގައި ކަނޑުގެ ސަރަހައްދާމެދު ވެފައިވާ ދެބަސްވުމާ މެދު ގޮތެއް ނިންމުމަށެވެ. ރާއްޖެއިންނާއި މޮރިޝަސް އާއި ދެމެދު ދެބަސްވުންތައް އުފެދިފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑުއާއި 650 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ޗާގޯސްގެ ކަނޑުގެ ސަރަހައްދާ މެދުއެވެ. އެއީ ނޯޓިކަލް މޭލުން ބަލާނަމަ 400 އެއްްހާ ނޯޓިކަލް މޭލު ދުރުމިނެވެ.

މި މައްސަލަ ބެލުމަށް އައި.ޓީ.އެލް.އޯ.އެސް އިން ވަނީ އެ ޓްރެބިއުނަލް ގެ ރައީސް ޖިންހްޔުން ޕައިކް ހިމެނޭހެން ނުވަ ފަނޑިޔާރުންގެ ޗެމްބަރެއް އެކުލަވާލައިފައެވެ. މި މައްސަލަ ބަލާ ޓްރަބިއުނަލުގައި ދެގައުމަކުން ބޭނުންވާ ފަރާތަކުން ހިމެނިދާނެއެވެ. އެގޮތުން ރާއްޖެއިން މައްސަލަ ބަލާ ޓްރެބިއުނަލަށް ހުށަހަޅައިފައި ވަނީ އެމެރިކާގެ ގާނޫނީ ވަކީލެއް ކަމުގައިވާ ބާނަޑް އޮކްސްމަން އެވެ.

މިހާތަނަށް މޮރިޝަސްގެ ފަރާތުން މި ޗެމްބަރަކަށް އެއްވެސް ފަރާތެއްގެ ނަމެއް ހުށަހަޅައިފައެެއް ނުވެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ގޮތެއް ނިންމުމަށް މޮރިޝަސް އިން ގޮވާލައިފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގައި ބޭއްވުނު އދ ގެ މަޖިލީހެއްގައެވެ. އެ މަޖިލީހުގައި ރާއްޖެއިން ވަނީ ޗާގޯސް މޮރިޝަސް އާއި ހަވާލު ކުރުމާއި ދެކޮޅަށް ވޯޓުދީފައެވެ. ރާއްޖެއިން ބުނެފައި ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ބަޔަކަށް ވެއްޖެނަމަަ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފަށް ބުރޫ އަރާނެ ކަމަށެވެ.

ޗާގޯސް އޮންނަ ސަރަހައްދަކީ މިހާރު ބްރިޓިޝް އިންޑިއަން ޓެރިޓަރީގެ ދަށުގައެވެ.

ދިވެހި ރާއްޖޭގެ ތާރީހުން އެނގެން އޮންނަ ގޮތުގައި ޗާގޯސް އަކީ އޭރުގެ ފޯޅަވެއްސެެވެ. އަދި ބައެއް ރަސްރަސްކަމުގައި ޗާގޯސް އަށް ރާއްޖެއިން މީހުން ފޮނުވައިފައި ވާކަންވެސް އޭރުގެ ދަތުރުނާމާތަކުން ފެންނަން އެބަހުއްޓެވެ. އެ ދަތުރު ނާމާ ތަކުން ފެންނަން އޮތް ގޮތުގައި އޭރު ޗާގޯސް އަކީ ފަޅު ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތުން

    ތިޔައީ އެވޭލާ ދިވެހިން ގޮސް އުޅޭ ދިވެހިންގެ އަތޮޅެއް، ދިވެހިން އެތަނުގައި ދިރިއުޅުނު އެތަނުގައި އެމީހުން ގަބީލާ ވެރިކަމެއް ކުރި އެކަން ދިވެހި ތާރީޚުގައި ލިޔެވިފައި ނުވާނެ. އެއީ އެކަމަކު ދިވެހި ރާއްޖޭގެ ބައެއް އަދި އެދިމާލުން އަދިވެސް ކުދި ރަށްތަކަކަށް ދިވެހިންގެ ބާރު ހިގަހިގާ އޮތް، އެމީހުން ކޮންމެވެސް ބަޔަކު ނަގާ ހުސްކުރީ ނުވަތަ މަރާލީ ކަމަށްވަނީ، ނުވަތަ އެހެން ގައުމަކަށް ގެންގޮސް އެތަން ހުސްކުރީ ކަމަށްވަނީ މިއީ މުސްކުޅިން ކިޔައި އުޅޭ ހަގީގީ ވާހަކަތައް

    11
    1
    • ލޮލްލް

      އެވޭލާ އެއީ ކޯޗެއް؟

  2. ރައްޔިތުން

    އެތަނުގެ އެންވައިރމަންޓް މި ރަށްތަކާއި އެއްގޮތް އަދި ގޮނޑު ދޮއްތަކާއި ހެދިފައިވާ ގަސްތަކުން އެއްގޮތްކަން ބޮޑުވާނެ. އެމީހުން ވާހަަކަ ދެއްކީ ދިވެސް ބަހުން އެމީހުން ދައްކާ ވާހަކަ އޭރުގެ ހުވަދޫ އައްޑޫ މީހުން ދަނޭ ދިވެހިރާއްޖޭގެ ކަންކަން ފޮތްތަކުގައި ނޯޓް ކުރެވެން ފެށި އިރު އެތަނުގައި މީހުން އުޅޭ އެކަމަކު އެވާހަކަތައް އެހާ ގިނައެއް ނޫން.

  3. ރައްޔިތުން

    އެއީ މި ރަށްތަކާއި ގުޅިފައިވާ ބިމުގެ އަޑީގެ އެއް ސަތަހައެއްގައި އޮންނަ ރައްތަކެއް

  4. ރައްޔިތުން

    އެ ރަށްތައް ނިސްބަތްވަނީ ދިވެހިންނަށް އެރައްތައް ދިވެހި ސަރުކާރަށް ހޯދާ އަދި މަލިކުވެސް މަލިކާއި ގުޅިފައިވާ ރައްތަކާއި އެކު ހޯދަންވާނެ. މިދީބަކީ ލައްކަ ރަށްތައް ހުރި ގައުމެއް، އެވޭލާ ޒަމާނުގައި ވެރިކަމުގައި އުޅުނު މީހުންގެ އަމިއްލަ އެދުމާއި ހުރެ އެހެން ކަންކަމާއި ގައުމާމެދު ވިސްނާ ބަޔަކަށް ނުވުމުން ދޫކޮށްލެވިފައިވާ ވަރަށް ގިނަ ރައްތައް އެބަހުރީ މި ބައްރުގައި އެހެން ގައުމަކަށް ސީދާ ގުޅިފައި ނެތް ހުރިހާ ތަނެއް ހިމެނޭ ގޮތުން އެއީ "ދިވެހިރާއްޖެ"

  5. ރައްޔިތުން

    ކިރު ކަކުނި އަދި މާކަނާ ވެސް ބައިވަރު ހުންނާނެ. އެރައްތަކުގެ މީހުން ހުވަދޫ، އައްޑޫ، ފޯއްމުލަކަށް އައިސް ގޮސް އުޅޭ. ވަރަށް އާދައިގެ ދަނޑިފަން ގެތަކުގައި ގިނައިން މީހުން އުޅުނު ކަމަށްވަނީ

  6. ޗާގޯސިއަން

    ޗާގޯސްގެ އަސްލު ވަޒަންވެރިން އެނބުރި ވަޒަނަށް ނާދެވޭ ގޮތަށް އިނގިރޭސިންނާއި އެމެރިކާއިން ބޭރުކޮއްލާފަވަނީ. އެއީ އެތަނުގައި އެމީހުންގެ މިލިޓަރީ ބޭހެއް ހަދަންވެގެން. އަމިއްލަ އެދުންތައް ފުއްދަންވީމަ ގައުމަކަަށް އަރާ ހަނގުރާމަ ކުރަންވީމަ އެއްކަލަ އިންސާނީ ހައްގެއްވެސް ނޯވޭ މިމީހުންގެ. އެއްކަލަ އިންސާނީ ހައްގުތަކުގެ ޖަމާޢަތްތައްވެސް މިކަމަކާއި އެއްވެސް ވަރަކަށް އަޅައެއްނުލާ. އެކަމަކު ޑިމޮކްރަސީއޭ ކިޔައިގެން އިންސާނީ ހައްގު ތަކޭ ކިޔައިގެން އަމިއްލަ ނުފޫޒު ގާއިމު ކުރަން އުޅޭއިރު ހީވާނީ އެހެންފަދަ ކަމެއްވެގެން އުޅޭހެން. ގޫގުލް އިންނާއި ވިކިޕީޑިއާއިން ވިއަސް ބައްލަވާލައްވާ.