ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޗައިނާ އެމްބަސީއެއް އެޅުމަށް ބިމެއް ދީފިއެވެ.

ޗައިނާ އަށް އެމްބާސީ އެޅުމަށް ބިން ދީފައި ވަނީ ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އިންނެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، ފޮރިން މިނިސްޓްރީގެ ފަރާތުން ވަނީ ބިން ހަވާލު ކުުރުމުގެ ލިޔުން ޗައިނާ ސަފީރާ ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީން ކުރިން ވިދާޅުވެފައި ވަނީ، ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމް ކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށް ބަލާފައި ކަމަށެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުޞޫލުންނެވެ.

ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާއަށެވެ. އޭގެ ފަހުން ސްރީލަންކާ އަށާއި، ބަންގްލަދޭޝްއަށް ވަނީބިން ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗޗޗޗޗޗޗައިނާ

    މިއީ ޗައިނާ އަށް ވައިޖައްސަން ކުރާކަންތައްތައް.

  2. ދދދދދދ

    ބަވަބަވާފަވެސް ޖެހޭނީ ދޭން. ލާހިކެއް ނޫން.ނުދީއެއް. ކަލޭމެން ތަރިކައެއް.ނޫން ވިއްޔަ.