މެދުރާއްޖެ ތެރޭގެ އަތޮޅުޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު މެދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މި 24 ގަޑިއިރު ތެރޭގައި ދޭތެރެ ދޭތެރެއިން ވާރޭ ވެހި ވިދާ ގުގުރުންވެސް އުޅެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، އާއްމު ގޮތެއްގައި ވައިވެސް ބާރެއް ނޫނެވެ. އަދި ކަނޑުވެސް އުޅެނީ ގަދަކޮށް ނޫންކަމަށް ވިދާޅުވިއެވެ.

މެދު ރާއްޖެ ތެރެއަށް ކުރިއަށް އޮތް 24 ގަޑިއިރު ވާރޭ ވެހުނު ނަމަވެސް ރާއްޖޭގެ އެންމެ ދެކުނުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަރު

    ތިޔަ ނުވެހުނީ ވާރޭ ފޮދެއްވެސް ތިވެރިން ބުނާ އެއްޗެއް ދިމާނުވާނެ