ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ، މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރިޕޯޓާ ބެހޭގޮތުން އެ ކޮމިޝަންގެ ޖަލްސާގައި މިއަދު މަޝްވަރާ ކުރުމަށް ފަހު، އެކަމުގައި ބައިވެރިވެ ވަޑައިގަތް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމުމުގައި، ޝަރުއީ ދާއިރާއާބެހޭ ގޮތުން ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޔޮހާން ކްރިގްލާ ދާދިފަހުން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންކަމަށް ވެސް ރިއާޔަތްކުރި ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ބަލަން ނިންމާފައި ވަނީ އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެކެވެ. އެއީ ކޮން ފަނޑިޔާރުުންތަކަކާއި ގުޅޭ މައްސަލައެއްކަން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެއީ ޏ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ މައްސަލަ އަކާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ދެ މައްސަލަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  އެތަނެއްގައި ފަސާދަ ޢާއްމު ވެއްޖެނަމަ އެތަނެއް ނެތި ދިއުމަ ކީ ގާތް ކަމެއް، މާތްﷲ އަށް ބިރުވެތިވޭ.

  24
 2. މުހައްމަދު

  މިހާރުވެސް ހުރިހާބާރެއް މުށުތެރޭގަ އޮތްއިރުވެސް އެވަރުން ނުފުދިގެން ޔާންޓެގެ ހުކުންވެސް ކެނެރީގޭ ސުޕްރީމްކޯޓުގެ ނިންމުމާއެއްގޮތަށް ނިންމަން ދައްކާބިރުމީ ހެހެހޭ މިވެސް ވައުދެއް ފުއްދުނީކަމުގަ ނޯޓްކުރޭ އެހެންމީހުންގެ ހައްގުތަކަށް މިތިބަ ބައިގަނޑު އަރައިގަންނަމުން އެހެރަދަނީ ރޯމާދުވާލު އުއްބައްތިއަލީގައި މިވަރުން ހިތްފުރޭނެބާ ނޫން ނުފުރޭނެ ފުރާނަދުއްވާލައިގެން ކަންނޭގެ ހިތްފުރޭނީ އުތަ ނަމަވެސް ﷲދެއިރާދަފުޅުން މިހާރު ތިޔަޖަހާސަކަރާތުގެ ހިތިކަން ފިސާރި ރަގަޅަށް ލާނެކަން ހަނދާން ބަހައްޓާތި ހެހެހޭ

  27
 3. ޟމ

  ކައިރި ވެެއްޖެ

  20
 4. އެންދެރި

  ގާޒީންތައް ބޭރު ކުރަނީއެވެ.

  23
  2
 5. ބުރޯ

  ހުރިހާ ކޯޓެއްގާ ހިގާ މައްސަލަތަކުގާ ސްޕްރީމްކޯޓްގެ އިހްތިސާސް އޮންނާނެ. އެއީ ސްޕްރީމްކޯޓަކީ ސަރުއީދާއިރާގެ އެންމެ މަތީކޯޓަށް ވުމާ އުއްތަމަ ފަނޑިޔާރަކީ ސަރުއީ ދާއިރާގެ ވެރިމީހާ އަށްވާތީ

  16
 6. ޒުހުދާ

  މިތަން ފަސާދަކުރުމުގަ ޤާޒީންގެ ދައުރު ވަކި ކުޑައެއްނޫން އަދުލު އިންސާފް ޤާއިމްނުކުރުމުގެ ނަތީޖާ ނިކަންދެކިބަލަ ހާދައަޒާބެކޭ