ލާމު ލިންކު ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކައްދޫއާއި ފޮނަދޫ ކޯޒްވޭ ކައިރިން މިއަދު ހަވީރު 17:25 ހާއިރު އެވެ. އެހާދިސާގައި ދެ ޒުވާނަކަށް އަނިޔާ ވެފައިވާއިރު އެމީހުންނަށް މިހާރު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިހާދިސާގައި އަނިޔާވި ޒުވާނެއްގެ ހަށިގަނޑުގެ އެކި ހިސާބުތަކުން ހަން މަށައިގެން ގޮސް ހާނިއްކަ ވެފައިވާއިރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކަކު އޮތީ ހަށިގަނޑުގެ ވަރުދޫވެފައެވެ. މި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ ޒުވާނުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ނަމަވެސް އަނިޔާވި މީހަކު އެމްއެންޑީއެފް ވެހިކަލެއްގައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ސާބަހޭ އަދިވެސް ބާރަށް ދުއްވާ. ހޮސްޕިޓަލަށް ދާނެކަމެއް ނެތް. އަނެއްކާވެސް ސައިކަލައް އަރައިގެން ނައްޓާލާ.

    5
    14
  2. ލޮލް

    ޖަގިޔާ ލައިގެން ވިއްޔާ ދުއްވަން ތި ދަނީ

    2
    13
  3. ޕޮގުބާ

    ގައުމީ ހެދުމުގަ މާމަޑް ދުއްވާލެއް

    5
    24