ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ މައުސޫމް ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ގައުމަށް ޚިޔާނާތްތެރިއެއް ނުވާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން މައިގަނޑު ގޮތެއްގައި ކުރަމުންދާ މަސައްކަތަކީ ޔާމީން ހައްޔަރު ކުރެވޭތޯ ކުރާ މަސައްކަތް ކަމަށާއި އެކަން ހާސިލުވުމުން އެއީ ވައުދުތައް ފުއްދުނީ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް ވައުދު ނުފެއްދޭނެ ކަމަށާއި ޔާމީން ހައްޔަރުކުރުމަށް ކުރެވޭ މަސައްކަތަކީ ސަރުކާރާ އެއްކޮޅަށް ތިބި މީހުން ހިތްހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން އަކީ ގައުމަށް ހިޔާނާތްތެރިވެ ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. އެއަށް ވުރެ މާ އިންސާފުވެރިކަމާ އަދުލުވެރިކަމާ އެކު މި ގައުމުގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއް. އެމަނިކުފާނުގެ ބޮލުގައި އިލްޒާމު އަޅުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ. އެއަށް ވުރެ މާ މައުސޫމު ބޭފުޅެއް ރައީސް ޔާމީނަކީ" އަދުރޭ ވިދާޅުވިއެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާއެކެވެ. އެ މައްސަލައިގެ ޝަރީއަތުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދެފަރާތުންވެސް ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. މިއަދުގެ އަޑު އެހުމަކީ އެ މައްސަލައިގެ ޝަރީއަތުގެ އެންމެ ފަހުގެ އަޑުއެހުމެވެ. ޚުލާސާ ބަޔާނަށްފަހު ހުކުމް އިއްވަން ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވަން ތާވަލްކޮށްފައި އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބެއްގެ ގޮތުގައި ފަސް އަހަރާއި 15 އަހަރުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިއްދޫ ސޮރު

    ބުރޯ އެދުވަހު ބަޔަކުކީ ހަމަތިހެން . އަނގާގަ ހިތިރަހަ ލާފި ދޯ މިިހާރު

    7
    16
    • އަޖޫ

      ދިއްދޫ ސޮރު ގަގައިގައި އަންނަމަހު 5 ގަ ރީތިކޮށް ހިތިރަހަލާނެ.

      • ދިއްދޫ ސުޖާ

        އަޖޫ ގައިގަ ހިތިރަހަ ކީއް ކުރަންތޯ ހުރިހާ ރަހައެއްް ލައްވާލާނަން.... ފޮށިތަންމަތި ތައްޔާރު ކުރޭ

  2. ޓިނު

    އަނެއް ކަ ހިސާބެއްޖެހީ ދޯ

    8
    13
  3. ޢުމަރު

    ވާސަރީ ވާސަރީ މަންމާފުޅު އަދުރޭގެ ހާދަ ރިވެތި ބަސް ކޮޅެއް، މަޖިލިސްގައި އުޅުނުއިރުވެސް ތިފަދަ ރިވެތި ބަސްބޭނުން ކޮށްލިނަމަދޯ، އެއިރު ބޭނުން ކުރީ ޖަންގަލީގެބަސް، އެހެންނަމަވެސް މަންމާފުޅު އަދުރޭއަށް ދައްނަވާލަން ޖެހެނީ މުޅިދިވެހި ޤައުމް ހެ ކިއެބަދެޔޭ ތިޖޫރި ހުރިތާ ވަޅުގަނޑުވެސް ނެތް ކަން

    9
    14
  4. ރަގީބު

    އަދުރޭ ޔާމީނަށް މަލާމާތްކޮށް ޖެއްސުންކުރަނީދޯ؟

    3
    2
  5. Anonymous

    ނެތްލާރީގާ ދޯ ބޭރަށް ހިންގާހެން ދެއިރު ދެދަޅައަށް ބޭރު ދަތުރުތައް އެޅުމުމުގަ އެ އުޅުއްވަނީ. ލާދީނީ ބައިގަނޑަށް ދުވަހަކުވެސް ނުވިސްނޭނެ. ތަނެއް ދޮރެއް ވިސްނޭނީ ހަމަހޭގަ ތިބެގެނެއްނު. ބޮޑު ރަންނަމާރި ދުވާލަށް މީ ރޭނގަޑޭ ބުނާ އިރަށް އެ ޤަބޫލު ކޮއްގެން ތިބޭ ބައެއް ލާދީނީ ބައިގަނޑުގަ އުޅޭނީ.

  6. ރާޅު

    އަތްޗީ ޗީ ........

    2
    2
  7. ޖާޒީރާ ބޯއީ

    އަދުރޭ އަށް އައްސަރިބަހާ ސާބަސް، ގާތްކޮށްގެން ގެންގުޅުނު ބަޔަކު ދިޔައިރު އަދުރޭ އެފަދަ ފައިސާގެ އަވާގައި ޖެހި ނުދިޔަކަމީ ތިޔަ އެކުވެރިކަމުގެ ރީތި މިސާލެއް. ހަމަގާމުވެސް އަލީ އާރިފް އަދި ނިހާން ވެސް ހިތުގެ އަޑިން ރައީސް ޔާމިނާ ދުރަށްދެވުނު މޮޔަ ހިތަށްއަރާނެ. އަވަހަށް އެންބުރި އަންނަންއުޅޭ. ބައެއްފަހަރު އެކިއެކި މަޅީގައި ޖެހޭނެ. ތީހަމަގާމުވެސް ގުއިރޯނެއް.

  8. އެކުވެރިޔާ

    ރައީސް ޔާމިނާ ދެކޮޅަށް ސަރުކާރުން ދައުވާ އުފުލަނީ ގާސިމް އިބްރާހިމްގެ ނުފޫޒުގައި މިސަރުކާރު ހާއްސަކޮށް އިބޫ ސޯލިހު ޖެހި ބެހިފައިވާލެއް ބޮޑުކަމުން. އަދި ގައުމުގައި މިހިގާ ލާދީނީ ފިކުރުތަކަށް ފުރުސަތުދީ ރައްޔިތުން ވަކިކަމަކަށް ޝާމިލްކުރުވައި ވާނުވާގައި ތިއްބާ ލާދީނީ ފިކުރު ގެވަބާގައި ގައުމު ޖެއްސުމުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން.