ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ މި ސަރުކާރަކީ "ވަގުންގެ ސަރުކާރެއް" ކަމަށް ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއީ ވަގުންގެ ސަރުކާރެއް. އަޅުގަނޑު މި ދަންނަވަނީ ވަރަށް ކެރިގެން، ސާބިތުކަމާއެކީގައި. މިހާތަނަށް އައިއިރު މި ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ އަދަދު އެވިދާޅުވާ އެމްއެމްޕީއާރުސީގެ ޙިޔާނާތަށްވުރެ މައްޗަށް ހިނގައްޖެ. 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެ، 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް، އެވެސް ހުސްވެގެން ދިޔައިރު ރައްޔިތުންގެ ތަރައްޤީއަކަށްޓަކައި ކުރެވުނު ކަމެއް ނެތް. ރައްޔިތުންގެ ލާބަޔާއި، މަންފާއަކަށްޓަކައި ކުރެވުނު ކަމެއް ނެތް. މި މީހުންނަށް މަންފާވާ ގޮތަށް ބަދަލުދީ ހުރިހާ ލާރިއެއް މިދަނީ ހުސްވެގެން." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ މިއަދު ރައީސް ޔާމީން އަށް ތާޢީދުކުރައްވާ ފަރާތްތަކުން ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެމަނިކުފާނުގެ އިސްތިޤްބާލުގައި ސުލްހަވެރިކޮށް ތިއްބާ ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ކުށްވެރިކުރައްވާފައެވެ.
"މިއަދު ކަންތައް ހިނގާފައިވަނީ ރަނގަޅަކަށް ނޫން. ނޫސްވެރިންނަށްވެސް ވަރަށް އިހާނެތިކޮށް ކަންތައް ކުރެވިގެން ދިޔަތަން ފެނުނީ. އަޅުގަނޑުމެންގެ ކައުންސިލް މެމްބަރަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ. މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެވިފައިވާ ކަމެއް. އަޅުގަނޑުމެން ދިޔައީ ފުލުހުންގެ ފަހަތަށް ޖެހޭށޭ ބުނި ވަރަކަށް ފަހަތަށް ޖެހެމުން. އަޅުގަނޑުމެން ގޮވާލަމުން ދިޔައީ ރައީސް ޔާމީން އަށް ކުރަމުން އަންނަނީ ސިޔާސީ ދަޢުވާ އެއް ކަމަށް. އެއްވެސް ޙާލެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވާން ކަމެއް ނުކުރަން. އަޅުގަނޑުމެންގެ އެއްވެސް މީހަކު ހައްޔަރުކޮށްފިއްޔާ އެމީހަކަށް ދޭން ޖެހޭ އެހީތެރިކަމެއް ދޭނަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ އެ ކޯލިޝަންގެ ފަރާތުން ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އަންނަނީ އަންނަނީ" ޖަލްސާ އާއި ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދުރޭ ވިދާޅުވީ މި ޖަލްސާ ބޭއްްވުމުގެ ހުއްދަ ސަރުކާރުން އަދި ދީފައިނުވާ ކަމަށާއި، ހުއްދަ ނުދިނަސް އެ ޖަލްސާ ބާއްވާނެ ކަމަށެވެ. ކުރިން އެންގުމަކާނުލާ ރާއްޖޭގައި އެއްވެވޭނެ ސަރަހައްދެއް އޮންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. މި ސަރުކާރާ މެދު ހިތްހަމަނުޖެހޭ ހުރިހާ ބޭފުޅުންވެސް އެ ޖަލްސާއަށް ވަޑައިގެންނެވުމަށް އަދުރޭ ގޮވާލިއެވެ.
Kaloa Gayaa…. e Lagabu ehen miyhakah aruvan noolhey adhureyy… e lagabu mihaaru othy miyhakah libi araa uri vefa
އަދުރޭމެން ލައިގެން ތިޔަކަމެއް ނުވާނެ..
ވަގު އަދުރޭ،
ވަގުއަދުރޭ
ވަރަށް އަޚުލާޤީ ފެންވަރު ދަށް މީހެއް އަދުރޭއަކީ. ހަމަ ހައްޕުނޑު
ވަގު، ބާޣީ، ޓެރަރިސްޓް ކަލޭގެ އަދުރޭއާ ޖެހި އެކައްޗަކަށްވެސް ނުވޭ ދޯ؟
އަދުރޭ ދޯ ވަށްްކަންް ކުރީ
އަމިއްލައަށް ގުދޯ ގުދޯ ގޮވޭއިރުވެސް އަދުރޭއަށް ނޭގުުނު ދެއްތޯ؟؟ ހަހަހަހަހާ ނިމިދިޔަ ފަސްއަހަރު ދައުލަތުގެ ހަޒާނާ ދިރުވާލި ގުރޫޕް ވައް ކަމުގެ ވާހަ ކަދައް ކަން ލަދު ހަޔާތް ކޮބައިތޯ... އުމަރުބުނީ ހަމަ ރަނގަޅަށް ވަޅުގަނޑުވެސް ނެތް ޓިނު ކޮޅުވެސްނެތް
ހޫރުކާފައިން ފެށިގެން ބަޣާވާތް ކުރަމުން އަންނަ ރަތްލާޖެހި ބާޣީން ކައިރިން ދަސްކުރީ ކަމަށްވާނީ. އެވެސް ލަދެއްގަންނަ ބައެއް ނޫނެއްނު. ގުދޯގުދޯ ގޮވޭއިރު ބީތާ ކައިފައެއްނު ތިބެނީ. އަދުރޭއަށްވެސް އެހެން ވީކަމަށް ވާނީ.
ޓިނު ވަގު
ވަގުން ނަން ހީވާނެ ދެންވެސް ތިބޭނީ ވަގުންނޭ
ތިވާހަކައޭ އަދުރޭ ވެސް ބުނީ. މި ސަރުކާރުގައި ހުސް ވަގުންތިބީމަދޯ ސަރުކާރު އެންމެން ޔާމީނަށް ވަގަށް ގޮވަމުން ބަޖެޓް ދަވާލީ.
ހަހަހަ ރަނގަޅު ވާހަކައެއް. ބަޣާވާތޭ ވެސް ގޮވާ އުސޫލުން ދޯ. ކެކެކެ
އެމ މްޑީޕީ އަކީ އުފެދު މުގަ ވެސްކުނިވެ ފުޅައަޅާފައިވާ ނަޖިސްތަކެއް އޭގެވަސް ނުބައިވެފަ އިންސާނުންނަ ކެތެއްނުކުރެވޭނެ މިއީހަގީގަތް ހަޖަ މު ކުރަން ދަތިވާނެ
ފޮނަދޫގައި ގާދޫ ސައިޓް ކައިރީގަ 2014 ގަ އެޅި މިސްކިތުގެ އަގު 11 މިލިއަނަށް އެރިގޮތެއް ބަލަންވީދޯ.
ވައްކަންކުރިީ ކަާކުތޯ
އެއީ ވައްކަމުގެ ހުކުމް ކޮށް ޖަލަށް ލީ މީހާ. ފަހުން ޓެރަރިޒަމްގެ ހުކުމްވެސް ކުރެވިފަ ވަނީ ވަގުކަލޭގެއަށް. ބަޣާވާތުގެ ބާނީންނަކީވެސް އެއީ. އެނގިއްޖެތަ ވައްކަން ކުރި މީހާ.
ވައްކަންކޮށްގެން ކުށް ސާބިތުވެގެން އަރުވާލީ ކާކުބާ؟
އެއީ ބޮޑު ޓެރަރިސްޓު. ބޮޑު ބާޣީ. ބޮޑު ލާދީނީ. ރަނގަޅަށްތަ މިބުނީ؟
މުޅި ސަރުކާރުގެ އެންމެއްނެއް ވައްކަމެއްނުކުރާނެ ސާބިތު ހިފޭގޮތަށް ވާހަކަ ދައްކަވާ ވަކިބައެއްއެގޭގޮތަށް ވާހަކަ ދައްކަވާ ރައްޔަތުންމިތިބީ ހޭލާ!.........ކެޔޮކޭވަރު އެގޭނީ ބިތުގެ ފަންގެ ނެގީމާ.......؟
އަދުރޭބުންޏަސް އެހެންމީހަކުބުންޏަސް ތެދެއްވާނީ ތެދަކައް އެގޮތުންބަލާއިރު އެންމެގިނަ ވައްކަންކޮއްފައޮތީ މިސަރުކާރު 32ބިލިއަންގެބަޖެޓް،1.7މަޖްލިހުންފާސްކުރި1.7ބިލިައަން،ބޭރުންލިބުޖުކަމައްބުނާ 3.5މިލިއަން ހުސްވެއްޖެ ޤައުމައްވީފައިދާއެއްނެތް
ތިއަށްވުރެ ބޮޑު ތެދެއް އަދުރޭއަށް ހެދިފަ އޮންނާހެނެއްވެސް ހިއެއްނުވޭ. ހުސް ވަގުން ތިބީ މުޅި މި ސަރުކާރުގަ. ސަހަލު އެކަތިވެސް ނެތް.
ޢެކަމަކު ބަސްޓުވީ ޔާމީނު ދޯ