މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް އަޑުއުފުލާ މީހުންނަށް ފިޔަވަޅު އެޅުމަށް ދަ އޭޝިއަން ފޯރަމް އޮފް ދަ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމެންޓު (ފޯރަމް - އޭޝިއާ) އިން ގޮވާލައިފިއެވެ.

ފޯރަމް އޭޝިއާ އިން މިކަމާ ގުޅުވައިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީއެން އަކީ އިންސާނީ ހައްގުތަކައްވެސް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށާއި އެފަދަ ޖަމިއްޔާއަކާމެދު ފިޔަވަޅު އަޅައި ނައްތައިލުމަށް ގޮވާލާ ގޮވާލުންތައް ކުއްވެރިކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ޖަމިއްޔާގެ މެންބަރުންނާއި މުވައްޒަފުން ވެއްޓިގެން ދަނީ ބިރުވެރިކަމެއްގެ ތެރެއަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެމްޑީއެންއަށް ފުރައްސާރަ ކުރަމުން ގެންދާ ފަރާތްތަކާ މެދު މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރަފައިވާ ރިޕޯޓު ފުލުހުން ތަހުގީގު ކުރިނަމަވެސް އެ ޖަމިއްޔާއާމެދު މުޖްތަމައު ތެރޭގައި ފިތުނަފަސާދަ އުފައްދައިގެން ނުވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފޯރަމް އޭޝިއާ އިން ބުނެފައި ވަނީ އެމްޑީއެން އިން ނެރެފަިވާ ރިޕޯޓަކީ 2015 ވަނަ އަހަރު ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމާއި ހަރުކަށި ވިސްނުންތަކާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓެއް ކަމަށާއި، އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީ އިން އެކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އަދި އެ ރިޕޯޓުގައި އިސްލާމް ދީނުގައި ގަބޫލުކުރާ ގަބޫލުކުރުންތަކާއި ރަސޫލާއަށް ފާޑު ކިޔައިފައިވާކަމަށް ދެކެވޭ ވާހަކަތައް ފޯރަމް އޭޝިއާ އިން ވަނީ ދޮގުކޮށްފައެވެ. އަދި އެކަމަކީ ދީނީ ހިޔާލު ތަފާތުވުންތަކެއް ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

އަދި އިންސާނީ ހައްގުތަކަށްޓަކައި އެމްޑީއެން އިން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރަމުންދަނީ ހައްދުފަހަނަ އަޅައިފައިވާ ބަޔަކު ކަމަށް ފޯރަމް އޭޝިއާ އިން ވަނީ ބުނެފައެވެ. އަދި އެފަރާތްތަކުގެ މަގްސަދަކީ އެމްޑީއެން ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތައް ނައްތާލައި އެ ޖަމިއްޔާތަކުގެ އަޑު ކަނޑުވާލުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ އިންސާނީ ހައްގުތަކަށް ވާކާލާތު ކުރަމުން އައި ބްލޮގަރ ޔާމީން ރަޝީދު އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލެވުނީވެސް މިފަދަ ކަންތައްތަކަކާ ގުޅިގެން ކަމަށް ބުނެފައެވެ. އަދި އެމްޑީއެންގެ މެންބަރުންނަށްވެސް އޮތް އެންމެ ބޮޑު ބިރަކީ ޔާމީން އަދި ރިލްވާން އަށް ހައްދުފަހަނައަޅައިފައިވާ ވިސްނުން ގެންގުޅޭ ފަރާތްތަކުން އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ބިރުވެރިކަން ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައި ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހައްގުތަކަށް ގޮވާލަމުންދާ ޖަމިއްޔާތަކަށާއި އަމިއްލަ ފަރާތްތަކަށް ދިވެހި ދައުލަތުން ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ޖަމިއްޔާ ތަކުންނާއި ފަރާތްތަކުން ކުރަމުން ގެންދަނީ ދިވެހިންނަށް އެތަކެއް ފައިދާއެއް ހުރި މަސައްކަތްތަކެއްް ކަަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަދި އެމްޑީއެން އަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަދި ޑިމަކްރަސީގެ ހަމަތައް ރާއްޖޭގައި ގާއިމް ކުރުމަސް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީއެން ނައްތާލުމަށް ރާއްޖޭގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެންޑީއެމް އިން ނެރެފައި ވާ ރިޕޯޓުގައި ވަނީ ކީރިތި ރަސޫލާގެ އިސްރާ މިއުރާޖް ދަތުރުފުޅު ދޮގުކޮށް އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑު ކިޔާފައެވެ. މިހާތަނަށް ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިޔަކު އެ ރިޕޯޓަކީ ރަނގަޅު ރިޕޯޓެއްކަމަށް ބުނެފައެއް ނުވެއެވެ. އަދި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައިވެސް އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ހެހެހެ

  އެމްޑީއެން އުވާލާ.

  81
  1
 2. އިންސާނީ ހައްގު؟

  ކޮބާ ހުރިހާ ދިވެހިންނަށްހެން ފިޔަވަޅު އަޅަންވީނުން.

  74
  1
 3. އިޤާބު

  ފޯރަމް އޭޝިޔާ ނެތިކުރައްވާނދޭވެ. އެއީ މިބައިމީހުންނަށް ޚަރަދުކުރާ އެއް ވިގަނި

  91
  1
 4. ާއަޙްމަދު

  ދެވަނަ ދެގޮތެއް ނެތް. ހަމަ ވަގުތުން އުވާލާ.
  ކޮން އޭސިޔާ ފޯރަމެއް. ތިޔަ ފޯރަމައްވުރެ މުޙިއްމީ އާޚިރަތު. އިބޫސޯލިހަށް މުޙިއްމީ ކޮންއެއްޗެއްޗެއް
  ކ

  78
  1
 5. ބުރޯ

  އެމްޑިއެން ނައްތާ ނުލައިފިނަމަ ރައްޔިތުންނަށް އެތަންނައްތާލުމަށް ދީނީގޮތުން ވާޖިބުވާނެ. އެހިސާބަޑަ ދިޔަނުދީ ސަރުކާރުން މިކަންނިންމަވާނެ ކަމަށް އުންމީދުކުރަން ގައުމުގެ ކަންކަން ގެންދަންޖެހޭނީ ރައްޔިތުންގެ ލާބަޔާމަންފަޔަ އިސްލާމްދީނުގެ ތަރަހައިގެތެރޭން.

  81
  1
 6. އުވާލާ!

  ޢުވާލާ އަހަރެމެންގެ މުޖްތަމައަށް ބޭނުންތެރި ބައެއް ނޫން! ބޭރުގެ ނުފޫޒުން އަހަރެމެންގެ އަޑު ކެނޑުވިދާނެކަމަށް ހީކުރަނީތަ!

  29
 7. ހަޖަމް

  ފޯރަމް އޭޝިއާ އިންވެސް ބުނެފިދޯ ކޮންމެސް ޑިމޮކުރަސީއެގެ ހަމަތަށް ގާއިމްކުރަން އުޅޭ ވާހަކަ، ބަލަ ތިއޭ އަސްލު މައްސަލައަކީ، ދިވެހި ރައްޔިތުން ބޭނުމެއް ނުވެއޭ ތިކިޔާ ޑިމޮކުރަސީގެ ހަމަތަކެއް، ދިވެހިން ބޭނުންވަނީ އިސްލާމީ ހަމަތަކޭ.
  ޑިމޮކުރަސީގެ ހަމަތަށް މިހާރު ދިވެހިންނަށް ވަރަށް ރަނގަޅަށް އިނގިއްޖެ.

 8. ލލލލ

  ފޯރަމް އޭޝިއާ ވެސް އުވާލާ! މި ބަޔާނުގައި މުޅިން ދޮގު..

  27
 9. އަހުމަދު

  ފޯރަމް އޭސިޔާއަކީ އަހަރެމެން ދަންނަ އޭސިޔާއެއްނޫން ! އެހެންނޫނަސް ތިޔައޭސިޔާއަކާއި އަހަރެމެން ދެކުނުއޭސިޔާއަކާއި ކޮންކަމެއް! ކަލޭމެން އަޑުއުފުލާނީ ކަލޭމެންގެ ތަރަހައިގެ ތެރޭގަ! އަހަރެމެންނާއި ނުބެހެ!

 10. ނުކުންނަމާ

  މިއީ ސީދާ ސޯލިހު ސަރުކާރުން އެއްބާރުލުންދީގެން ފުއްޕާ އެއްޗެހިތަކެ.. ރޭގަ އިޔާޒުބުނީ އިބުރާހިމުގެ ނަމުގަ ސޯލިހު ވާގޮތަށް މީނާއަކީ ސޯލިހުމީހަކޯ.. މީތަ ސޯލުހު މީހުން ކަންކުރާ ގޮތަކީ... މިފަދަ ނުބައި އަމިއްލަ ޖީބަށާ ހަސަދަވެރިކަމާހެދި ބުއްދިފިލާފަތިބި ކޮހުންނާހެދި ގައުމު ފަސާދަވީ.. އިލްމުވެރިން ކާނިވާސަރަހައްދަށް ހުކުރުދުވަހު އެއްވާން ނުކުންނަންވީ.. މިއީ މަޑުންތިބެގެން ނިމެންއޮތްކަމެނޫން.. މިނުބައި ޝައިތާނުންނަ ވާގިދޭ ހުރިހާ ވިގަނިތަ މިއޮށްކެކެނީ.. ﷲއައްޓަކާ 23އިއްތިހާދުގަ ނުކުތްފަދަ ބަތަލުން ނުކުންނަވީ..

 11. ޙަރީބު

  މއ.ބޯގަންވިލާ ދައުލަތަށް ނެގުމަށްގޮވާލަން. އިބުރާ ފެމިލީގެ އެކައުންޓުތަށްވެސް ފުރީޒްކުރޭ. މުރުތައްދު ކާފަރުން ޑީޕޯޓުކުރޭ

  15
 12. ނަގޫރޯޅި

  ދެބޯގެރި ނުދުއްވާ، ލަސްނުކޮއް އެމް. ޑީ.އެން ނައްތާލާ އޭގެމެންބަރުން ރާއްޖޭން ބޭރައް ހިމާޔަތްހޯދައިގެން ދިއުމައް ފުރުށަތުނުދީ އެމީހުންނައް މިހާރުންމިހާރައް ފިޔަވަޅުއަޅާ. .

 13. ސޮޑާ

  ތީކުރީގަ ޔާމީނު ވެރިކަމުގާ ބޭރުގެ ޖަމުއީއްޔާ އަދި ނޫސްތަކަށް ފައިސާދީގެން ތިމީހުން ޕޮރެޕަގެންޑާ އުފެއްދިގޮތަށް މިހާރުހިންގާ ކަންތައް ފޯރަމް އޭޝިއަކާ އަހަރެމެންގެ ދީނަކާ ނުބެހެވޭނެ އަނގަމަޑުންލާއިގެން ތިބޭ

 14. ޜާކަނި

  ސަލްމާން ރުޝްދީ އަށް ހިމާޔަތްދޭން އޭނަ ގެންނަންވެސް ތިފޯރަމުން ބުނާތަނުން އެކަން ކުރުން ލާޒިމުތަ؟

  13
 15. ާަާމަ

  ކިހާހެއްވާ. ހައްޔަރުކުރަންވީ ޝަހިންދާ... އޭގެފަހުން އެހެންމީހުން. އެެނގިއްޖެ!

  22
 16. އޭޝިއ

  މޮޔަނުގޮވާ އަހަރެމެން މިގޮވާލަނީ ތި ފޯރަމްއޭޝިޔާމިހާރުންމިހާރައްއުވާލަން

  22
 17. ނަމަ

  ފޯރަމް އޭޝިއާ އިން ގޮވާބަލަ ގޮވުނުވަރަ ކައް ހަމަ ފާދުވެސް ކިޔާނަން ދެ ކޮލު ވެސް ހަދާނަން

  20
 18. ފުއްކޭ

  އަހަރެން އެމްޑީއެންއާ ދެކޮޅު.

  25
 19. Anonymous

  މުރުތައްދުން ެބަހުއްޓެއްނު ފޯރިއެއް