މިސަރުކާރުން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކުށްވެރިކޮށް ޚަބަރު ގެނެސްދިނުމަށް ބައެއް މީޑިއާތަކަށް ޚަރަދުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ތުހުމަތުކުރައްވައިފިއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން އިއްޔެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުން ވެރިކަމަށް އަންނަން ވެގެން އެންމެ ބާރަށް ދެއްކި ވާހަކައަކީ މީޑިއާތަކަށް އިންތިހާ އަށް މިނިވަންކަން އޮންނާނެ ކަމުގެ ވާހަކަ ކަމަށާއި، ނަމަވެސް ފެންނަމުން ދަނީ ބައެއް މީޑިއާތަކަށް، ބައެއް ކަހަލަ ނުފޫޒުތައް ފޯރުވައިގެން ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫނީ އެ މީޑިއާތަކުން ވާހަކަނުދެއްކޭ ގޮތަށް ޢަމަލުކުރައްވަމުން ގެންދަވާތަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ ބައެއް ނޫސްތަކަށްވެސް ޚަރަދުކުރައްވައިގެން، ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް ވާހަކަތައް ނުލިޔުއްވަން އަންގަމުން ގެންދާތަން. ޚާއްސަގޮތެއްގައި އަޅުގަނޑުމެން އިދިކޮޅުން ކުރާ ކަންތައްތައް ވީހާވެސް ފަނޑުގޮތެއްގައި ގެންނަން. ނޫނީ ނުގެންނަން. ރައީސް ޞާލިޙުގެ ވާހަކަ ނުދައްކަން. އަންނިގެ ވާހަކަ ގިނަގިނައިން އަންނި ކުށްވެރިކޮށްފައި ދައްކަން. މިއީ މީޑިއާގެ މިނިވަންކަމަށް އަރައިގަންނަނީ. އެކަން ނުކުރުމަށް އަޅުގަނޑުމެން މިއަދުގެ ސަރުކާރަށް ގޮވާލަން." އަދުރޭ ވިދާޅުވިއެވެ.
ސަރުކާރުން ފަންޑު ކުރަނީ ކޮން މީޑިއާތަކަކަށްތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން އަދުރޭ ވިދާޅުވީ އެކަމުގެ ޝާމިލްވާ މީޑިއާތަކަށާއި، ސަރުކާރަށް އޭނާ ދެއްކެވި ވާހަކަފުޅުތައް އެނގިލައްވާނެ ކަމަށެވެ.
ރައީސް ޞާލިހާއި ނަޝީދާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާކަން ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް ރައީސް ޞާލިހް ވެސް އަދި ނަޝީދު ވެސް ވިދާޅުވެފައި ވަނީ އެދެބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
މީއަދި ދެބައޮޑުވަން އިގޭވެސްމީހެއް ނޫންތާދޯ
kiyaane ehcheh nethigen dhen dhogu ilzaamu vs alhuva feshy tha adhureyy?? kaeymeneakah dhen thikameh nuvaane… thibey hini thakeh hen heyki heyki dhuruga balan… kaeymenge vahkamuge dhuvasvaru nimijje.. ithurah dhen kaan noolhey… bayaku dhen mi gaumu kaleymenaa havaaleh nukuraane
މާތްކަލާކޯ، މިސަރުކާރުގެ ވާހަކަތައް ނުދައްކަވާ މިކަން ނިމުމަކަށް ގެނެވޭނެ ގޮތާމެދު ވިސްނާ މަސައްކަތްކުރަންވީ. ގައުމެއް ނެތް ދީނެއްނެތް. ގާދޫކޮޅުން ބޭރުވަނީ، ނުނިކުމެވި އޮތީ ރައީސް ޔާމިން އަޅުއްވާދެއްވި ބުރިޖުގައި އަޅައިގަނެގެން.
ހަމަ ހިނދުކޮޅު އަންނަނީ
އަދުރޭއަކީ ސިޔާސީމީހެއް ދައްކާވާހަކާގައި އެއްވެސް ތެދުވެރިކަމެއްނޯންނާނެ އަބަދުވެސް ރައްޔަތުން ހައްދާނީ ގުބޯ.....؟ މީގެ ކުރިން ކަންހިގާފައިވާ މާޒީއަށްބަލާ ދިވެހިރައްޔަތުނަކަށް ނޯޅޭނެ ރައްޔަތުން މިތިބީ ހޭލައެވެ.
ޓިނުވަގު
ޓިނުވަގު
ނަަޝީދަށްތުރެން މާރަނގަޅު އަދުރޭވެސް ސިޔާސީ ދާއިރާއަށް. އަދުރޭއާ ހަމައަށް އަންނަން ނަޝީދު އަދި ނަގާނެ 25ވަރަކަށް އަހަރު.
މި ސަރުކާރު ސުންޕާ ކަމުން ކޮންމެ ގޮތަކުން ވެސް ނިންމަން ޖެހޭ ލާދީނީ
އަދުރޭ ކަލޭ މާ ރަނގަޅުވާނެ ފުލެޓު ދެމަފިރިންނަށް ގަތް ގޮތް ހާމަކުރިއްޔާ ނޫސްކޮންފަރެސް އަކުން ނަމަވެސް. ހެއްދިވެހާ ދޮގާ މަކަރު ތިހަދަނީ ސުވަރުގޭން އަދިވެސް ޖާގައެއް ލިބޭނެކަމަށްތަ؟ ދޭތެރެޖެއްސުން މީނަގެ ކަމަކީ. ދެން ތިތިބީ ފެއިލްވެފަ ދުވަހަކުވެސް ދެން ކުރިން އެޅުނު ފެންވަރަށް އަދި އެ ކުޅިގަނޑު ކުޅެން ރައްޔިތުން ކަލެއާ ކަލޭގެ އައުވާނުންނަކަށް ޖާގައެއް ނުދޭނެ. ދެންވެސް ބޭކާރު އަނގަ ނުތަޅާ ހުރިއްޔާ ތިޔަ ފުލެޓު ގަޑަށްވެސް ވަދެވޭނީ.
ޢަދުރޭ ކީކޭ ތިކިޔަނީ މޮޔަގޮވަނީތަ