ރާއްޖޭގައި ތިބި ހައްދުފަހަނަ އަޅާފައިވާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ގޮވާލައިފިއެވެ.

ރަސޫލާ އަށާއި ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން އިން މިކަމަށް ގޮވާލާފައި މިވަނީ އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2016 ވަނަ އަހަރު އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގައި އެކަމުގައި ޒުވާނުން ޝާމިލް ކުރުވުމަށް ޖަމާއަތްތަކާއި ވަކިވަކި ފަރުދުން މަސައްކަތް ކުރަމުން ގެންދާކަން ފެންނަން އޮތް ކަމަށެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ މިކަންކަމަކީ ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ސަމާލުވެ، ހުއްޓުވަން ޖެހޭ ކަންތައްތަކެއް ކަމަށާއި، މިކަންތައް ފޮރުވަން މަސައްކަތް ކޮށް، އިދާރާތަކުން ހިންގާ ތަހުގީގުގެ ފޯކަސް ގެއްލުވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އިސްލާމް ދީނަށް އިހާނަތިކޮށް ހިތުން ބަލައި ނުގަންނާނެ ކަމަށްވެސް މިއަދު އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

"އަޅުގަނޑުމެންނަކީ މެދުމިނަށް ތާއިދުކުރާ ސުލްހަވެރިކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މާތްވެގެންވާ އިސްލާމް ދީނަށް ތަޢުޙީނުކޮށް، ކުޑައިމީސްކުރުމަކީ އެއްވެސް ހާލެއްގައި މި ޖަމިއްޔާއިން ބަލައިގަންނާނެ ކަމެއް ނޫނެވެ." އެމްޑީއެންގެ ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާ އިން ނެރުނު ދިރާސާ ރިޕޯޓުގެ ބައެއް ބައިތަކުގައި ބަސްމަގު ބޭނުންކޮށްފައިވާ ގޮތާއި މެދު އެފަރާތުން ހިތާމަ ކުރާ ކަމަށާއި، އެ މައްސަލަ ޖަމިއްޔާގެ ސަމާލުކަމަށް އައުމާއި އެކު އިސްލާހު ކުރަން ޖެހޭ ބައިތައް އިސްލާހު ކުރުމަށްޓަކައި ރިޕޯޓު އަނބުރައި ގެނެސްފައިވާ ކަމަށާއި، ބަސްމަގު ހުރި ގޮތާއި މެދު އާއްމުންގެ ކިބައިން މައާފަށް އެދިފައިވާ ކަމަށްވެސް އެމްޑީއެން އިން ބުނެއެވެ.

"ރިޕޯޓާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަށާފައިވާ ތަހުގީގަށް މި ޖަމިއްޔާ އިން ދަނީ ފުރިހަމަ އަށް އެއްބާރުލުން ދެމުން. މި ޖަމިއްޔާ އަށާއި، މުވައްޒަފުންނަށް އަދި މެމްބަރުންނަށް ފުރައްސާރަކޮށް، މަރުގެ އިންޒާރުތައް ދެމުން ގެންދިއުމަކީ އަޅުގަނޑުމެން ކުށްވެރިކުރާ ކަމެއް. އަދި އެފަދަ އަމަލުތައް ހިންގާ މީހުން ހޯދާ، ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ގޮވާލަން" އެ ޖަމިއްޔާގެ އިން ބުނެފައި ވެއެވެ.

އެމްޑީއެން އިން ބުނާ ގޮތުގައި އެ ޖަމިއްޔާ އުފެދުނީއްސުރެ އެ ފަރާތުން މަސައްކަތްކޮށްފައިވާނީ މުޖުތަމައުގައި އުފެދޭ ކަންބޮޑުވުން ހުންނަ ބޮޑެތި މައްސަލަތަކުގައި ކަމުގެ ހެވަށް ބުރަވެ، ވަކާލާތުކޮށް އެ މައްސަލައެއް ހައްލުކޮށްދިނުމަށެވެ. އަދި އެކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދާކަމަށްވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

ނަމަވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އަދިވެސް އަންނަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށް، އެ ރިޕޯޓު ނެރުނު ފަރާތްތަކާއި، އެ ޖަމިއްޔާ ހިންގަމުން އަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. Anonymous

  ކަލޭމެންނަށް މާތްﷲ ލަޢުނަތް ލައްވާށި.

  327
  2
  • ުގފ

   އާމީން. އާމީން

   128
   2
 2. ކަމަނަ

  ރައީސް އިބޫއެވެ. މި ސަހިންދާ ޔާ އޭނާގެ ބައިގަނޑަށް ދެންވެސް މަތިހަށި ނަގައިގެން ތިބެ ބަސްބުނުމުގެ ފުރުސަތު ނުދެއްވާށެވެ.މި ޤައުމުގެ ހުންގާނު މަނިކުފާނާއި ހަވާލުކުރީ ސަހިންދާ ވާން ނޫންކަން ހަނދުމަފުޅު ބަހައްޓަވާށެވެ.

  236
  1
 3. ޚާފަ

  މިޤައުމުގައި އެންމެ ބޮޑަށް ހައްދުފަހަނައަޅާފައިވާ ބަޔަކީ ކަލޭމެން.

  281
  4
 4. ކަމަނަ

  މިގައުމު މިއޮތީ ސަހިންދާ ވެފައެވެ. ވަރަށް ސަލާމެވެ.

  101
  1
 5. ޜީނދޫ

  2023 ޔާން

  150
  4
 6. ހުސޭނުބޭ

  މީ ހާދަ ހަޔާތްކުޑަ ނުބައި ބައެކޭ! ޑިމޮކްރަސީއޭ ކިޔާފައި އަހަރެމެންގެ ދީނަށް މަލާމާތްކޮށް ރުޅިވެރިކަން ޢާންމުކޮށް ޤައުމު ފަސާދަކުރަން އުޅޭ ހައިވާނުތަކެއް! އިބޫ ސާލިޙަށް ނުކެރޭނެދޯ މި މީހުންނޭ ކިޔާފައި ޗުއްޕުވެސް ބުނާކަށް! އެކަމަކު އިހަށްދުވަހުވެސް އެ މުނާފިގުކަލޭގެ ބުނި ތިމަންގެ އެންމެ ފުރަތަމަ ވާޖިބަކީ އިސްލާމްދީން ހިމާޔަތްކުރުމޭ. ކިހާ ދެރަކަމެއް މިއީ!

  135
  1
 7. ލލ

  ތިޔަފަދަ ރިޕޯޓެއް ނެރުމުގެ އަސްލު ބޭނުމަކީ ކޮބައިތޯ ބަޔަކު މީހުން އަތުން ފައިސާ ހޯދައިގެން އެމީހުން ރުހޭ އެއްޗެއް ރުހޭނެ ގޮތަކަށް ލިޔެލީތޯ ؟

  133
  1
 8. Anonymous

  ކަލޭމެން ނަށް ހައްދު ޖަާ ދުވަސް އަންނާނެ

  131
  1
 9. ﷲއަށް ބިރުވެތިވޭ

  ޔާﷲ މިޔަހޫދީ ބައިގަނޑުގެ ސިފަހުތުރު ކުރަށްވާށި

  103
  1
 10. ޢަި

  ނުލަފާކަން!

  85
  1
 11. ހުސެން

  އެމްޑީއެން އަކީ ހައްދުފަހަނައެޅި ޖަމިއްޔާެއެކޯ އެމްޑީއެން އިން ބުނީ،އެމްޑިއެން އިން އެމްޑީއެން ގެ ބަޔާން ކުއްވެރިކޮށްފި،ޟަހިންދާ ޟަހިންދާ ގެ ބަޔާންކުއްވެރިކޮށްފި،އިބުރާ އެމްޑީއެން ކުއްވެރިކޮށްފި،ނަޟީދު ބުނީ ނުރަނގަޅު ބަހެކޯލަ، މިއީ އަރަތެއް ނޫންތޯ؟

  8
  1
 12. ފިނދު

  މީ ކަލޭމެން ކުފުރު ޑިމޮކްރަސީ ގެނައިމަ ވީގޮތް. ޑިމޮކްރަސީ އަކީ އިސްލާމީ ޚިލާފަތެއް ނުގެންނަން ކާފަރުން ހަދައިގެން އުޅޭ އެއްޗެއް. ކަލޭމެން ތީ ކާފަރުންގެ އަޅުން. މިތަނަކީ ނަމުން އިސްލާމް ތަނެއް. ކަލޭމެން ބޭނުން ގޮތަކަށް ހުކުމް ކުރަނީ.ހަރާމް ކަންތައް ހުއްދަ ކުރަމުން

  8
  1
 13. އަހުމަދު ބާރަށް

  އާން މަވެސް ތާއީދު! ހައްދުފަހަނަ އަޅާފައިތިވާ އެމް ޑީ އެން އާއި ދޭތެރޭ އަވަސް ފިޔަޅު ކަމާބެހޭ މުއައްސަސާތަކުން އަޅުއްވާ އެބައިގަނޑު އުވާލައްވާ! ސަރުކާރު އަވަސް އަވަސް އަވސް.

  11
  1
 14. ނަގުލަންދާށި

  ޝަހިންދާ ކަލޭގެ މެދުމިން ބަލާކަށް މިގައުމުގެ ރައްޔިތަކު ބޭނުމެނުވޭ.. ކަލޭއާ ކަލޭގެ އައުވާނުންގެ މެދުމިން ހިފައިގެން މިގައުމުން ރައްކާވޭ.. ﷲއަށް ބިރުވެތިވުމުގެ ބަދަލުގަ ނުބައި ނުލަފާ އަބޫލަހަބުގެ އަންހެނުންފަދަ ދައްޖާލު މިގައުމުން ފައިބައިގެންދޭ.. ކަލޭ މައާފަށް އެދެންޖެހެނީ ރައްޔިތުންގެ ކިބައިން އެކަންޏެނޫން.. ﷲއަށް ތައުބާވެ ކުށަށް އަފޫދެއްވާތޯ އުޅެންވީ މިގޮތް ނުވަންޏާ މިގައުމުން ރައްކާވޭ.. މިގައުމުގެ ރައްޔިތުންގެ ލޭކައްކުވަންނޫޅޭ... އިޔާޒު ކަލެއަށް ސަލާމް..

  8
  1
 15. އެބަޔަކީތީ

  ހައްދުފަހަނެޅި މީހުންނަކީ ކޮބައިކަން ވަރަށްސާފު. މިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ލިޔުންތައްނެރެ އިސްލާމްދީނަށް ފުރައްސާރަކުރި ބަޔަކަށްވުރެ ހައްދުފަހަނަޅާފައިވާ ބަޔަކުނުތިބޭނެ.

  34
  1
 16. ބުރޯ

  ހައްދު ފަހަނަޅައި ގޮސްގެން އުޅެނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓް ވޯކް ގެ މެމްބަރުން އެއީ މާތްﷲ ކަނޑައަޅުއަވާފައިވާ އިމުން ބޭރުވެ ދީނެއްކަމަށް މާތްﷲ ކަނޑައެޅުއްވި ދީނަށާ ރަސޫލާކަމަށް މާތްﷲ ކަނޑައެޅުއްވި ރަސުލާ އަށް ފުރައްސާރަކޮށް މާތް ﷲ ކަނޑައެޅުއްވި ހުދޫދުން ބޭރުވެގެން އުޅެނީ އެމްޑިއެން ކަމުގައިވާތީ އެމްޑީއެން އާމެދު ސަރުކާރުންފިޔަވަޅު އަޅާ.

  7
  1
 17. މިޒީ

  ކަލޯގަޔާ ހަމަ ބުއްޅަބޭގެ ސްޕީޗް ތިއޮތީ ކޮޕީ ޕޭސްޓް ކޮށްލާފަ....

  30
 18. Anonymous

  ހަޔާތް ކުޑައެއްނު. މިއީ ސަރުކާރުން ރާވައިގެން ކުރުވާ ކަމެއް

  50
  1
 19. ހައިތީ

  ތެދެއް ހަރުކަށިފިކުރުގެ ސަހިންދާއާ އޭނާގެއަޢުވާނުން ހިފާހައްޔަރުކުރޭ އެއީމިޤައުމު ބައިބައިކުރަންއުޅޭބައެއް

  42
  1
 20. ލިނކްސް

  މިޤައުމަށް ޖެހިގެން މިއުޅޭ މުޞީބާތުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މައުމޫނާއި ޤާސިމު، ދިވެހިރައްޔިތުން މިކަން ދަންނަން ޖެހޭނެ

  42
  2
 21. ފިލާވަޅު

  ދެކޮޅައް ސަފުތައް ރުތުރުވާލެވޭނެ މިފަހަރު އިގިދާނެތާ މިގަޢުމުގެ މުސްތަގްބަލް

  32
  1
 22. ޢަސްލު

  ޢެމް ޑީ އެން ގެ ރިޕޯޓަކީ އޮޅުމެއް ނޫން
  ވަރަށް މަކަރުބައެއް
  މަރުގެ އިންޒާރު ނުދިނަސް މިހާރު އެހެން ކިޔައިގެންވެސް ސަމާލުކަން ހޯދަން މަސައްކަތް ކުރާނެ
  އެއީ މި ބައިގަނޑު ބޭނުންވާ ގޮތަކީ ނުވާކަންކަން ދައްކައިގެންވެސް ދީނީ ހަރުކަށި މީހުން ތިބިކަން ދެއްކުން

  40
  1
 23. ހައްދު

  ހައްދުފަހަނައަޅާފައި ތިބި މީހުންނަކީ ތިޔަބައިމީހުން. ބަޔަކު މީހުން ހައްދުފަހަނައަޅައިގެން ފިޔަވަޅު އަޅާނަމަ ފުރަތަމަ އަޅަންވާނީ ކަލޭމެންގެ މައްޗަށް. މިހާރުން މިހާރަށް މި ޖަމްޢިއްޔާ އުވާލުމަށް ސަރުކާރަށް ގޮވާލަން.

  20
  1
 24. ޚިޔާލު

  އެރިޕޯޓްގައި ލިޔެފައި ވަނީ އޮޅިގެން ލިޔެވިފަވާ ތަކެތި ކަމުގައިވަނީނަމަ ތިޔައީ ބުއްދިސަލާމަތުން ހުރި ބައެއްބާވައޭހިތައްއަރާ. ކޮންމެއެއްޗެކޭ މިހާރުކިޔަސް ވަރަށްސާފުބަހުން އިސްލާމްދީނާދެކޮޅަށް އެތައް ވާހަކަތަކެއް ވަރަށް ސާފުބަހުން އެރިޕޯޓްގައިލިޔެވައި އެވަނީ ގަސްދުގަ

  6
  1
 25. އަލީ

  ކަލޭމެންއަށް ޤިޔާމަތް ދުވަހުވެސް އުޒުރު ދެއްކޭނެތަ....................

  6
  1
 26. ފފފފފ

  ޔަހޫދީންނާޢި ކްރިސްޓިއަނުންނާއި ބްޑިސްޓުންނަށްވުރެވެސް ނުބައިބައެއް މި އެމްޑީއެންގައި މިތިބީ. ހައްދު ފަހަނައަޅާގޮސް ތިބި ބައެއް. އިލްމަކީ ކޯންޗެއްކަމެއް ނޭނގޭ. އިނގިރޭސި އެނގުމަކީ އިލްމެއްނޫން. އިލްމަކީ، ތިމާގެ ބުއްދީގެ ހަމައިން. އިލްމުގެ މަސްދަރު ކަމުގައިވާ، ޤުރުއާނާ ޙަދީޘް އިން ނެގޭ އިލްމް. މިގޮތުގެ މަތިން ދުނިޔޭގެ އެންމެ މޮޅު މީހުން ކަމުގައިވާ ސައިންޓިސްޓުންނާއި ފިލޯސަފަރުންވެސް މަސައްކަތް ކުރަނީ. އެމީހުން އެންމެ އިހްތިރާމް ކުރާ އެއްޗަކީ ﷲ ގެ ވަހީ.

  6
  1
 27. ނަޝީދު

  މިމީހުން މިއުޅެނީ ކާކަށް އޮޅުވާލަންބާ؟ ހެއްދެވިފަރާތަށްބާ.؟ އިސްލާމްދީނަށް އިހާނެތިކޮށް ހިތަނީ ކޮންބައެއްބާ. އިސްރާއާއި މިޢުރާޖަކީ ކީރިތިޤުރްއާނުގައި ކަނޑައެޅިގެން އެނގެން އޮތް ކަމެއް ވެސް އެއީ ގަބޫލުކުރޭކަމެއް ނޫން ކަމުގައި ބުނަނީ އިސްލާމްދީން ހިމާޔަތް ކުރަންތޯ؟ ހައްދިފަހަނަ އަޅަފާ ތިތިބީ ތިޔަ ބައިގަނޑު. ހުރިހާ ނުބައިކަމެއްކޮށްފާ އެހެންމީހުންގެ ބޮލަށް ޖަހާނެކަމެއްނެތް. ޔާﷲ، އެމްޑީއެންގެ މީހުންނާއި އެމީހުނަށް ތާއީދު ކުރާ ފަރާތްތަކަށް ވޭންދެނިވި އަޒާބެއް ފޮނުއްވާދޭނވެ.

  3
  1
 28. ލަޔާން

  ލާދީނީ އެމްޑީއެން އުވާލަންވީ..... ދިވެހި ރާއްޖެ އަކީ މުސްލިމް ގައުމެއް.... ލާދީނީ މީހުންތަށް ހައްޔަރުކުރޭ.... އެމްޑީއެންގެ ރިޕޯޓްގަ އޮތީ އިސްލާމް ދީނަށް ފުރައްސާރަ ކޮށްފަ.... އެމްޑީއެން މީހުން ހައްޔަރު ކުރަންވީ

  4
  1