އިސްލާމް ދީނަށް އިހާނަތިކޮށް ހިތުން ބަލައި ނުގަންނާނެ ކަމަށް މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ބުނެފިއެވެ.

އެޖަމިއްޔާއިން އެހެން ބުނީ މިރޭ ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ އެޖަމިއްޔާ އުފެދުނީއްސުރެ މަސައްކަތްކޮށްފައިވާނީ މުޖުތަމައުގައި އުފެދޭ ކަންބޮޑުވުން ހުންނަ ބޮޑެތި މައްސަލަތަކުގައި ކަމުގެ ހެވަށް ބުރަވެ، ވަކާލާތުކޮށް އެ މައްސަލައެއް ހައްލުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ މެދުމިނަށް ތާއިދުކުރާ ސުލްހަވެރިކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މާތްވެގެންވާ އިސްލާމް ދީނަށް ތަޢުޙީނުކޮށް، ކުޑައިމީސްކުރުމަކީ އެއްވެސް ހާލެއްގައި މި ޖަމިއްޔާއިން ބަލައިގަންނާނެ ކަމެއް ނޫނެވެ.،" އެމްޑީއެންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ހައްދުފަހަނަ އަޅާފައިވާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އެމްޑީއެންގެ ބަޔާނުގައި ގޮވާލާފައިވެއެވެ. ބަޔާނުގައިި ބުނެފައިވަނީ 2016 ވަނަ އަހަރު އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގައި އެކަމުގައި ޒުވާނުން ޝާމިލް ކުރުވުމަށް ޖަމާއަތްތަކާއި ވަކިވަކި ފަރުދުން މަސައްކަތް ކުރަމުން ގެންދާކަން ފެންނަން އޮތް ކަމަށެވެ.

އަދި އެ ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ ދިރާސީ ރިޕޯޓެއް ކަމަށްވާއިރު، އެ ރިޕޯޓުގައި ބަސްމަގު ބޭނުންކޮށްފައިވާ ގޮތާމެދު އާންމުންގެ ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެކަން އެޖަމިއްޔާގެ ސަމާލުކަމަށް އައުމާ ގުޅިގެން ރިޕޯޓު އިސްލާހު ކުރުމަށް އަނބުރާ ގެނެސްފައިވާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް އެމްޑީއެން އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބުނެބަލަ

    މާތްވެގެންވާ އިސްލާމު ދީނަށް ފުރައްސާރަކޮށްފާ ދެންއޮޅުވާލަން އުލޭނެ ކަމެއްނެތް.

    142
    2
  2. Anonymous

    ކަލޭމެންނަށް މާތްﷲގެ ކޯފާ ވަގުތުން ނައީ އެ ކަނލާގެ އޯގާވަންތަވެރިކ ކަމުން، ފަހުން ވާނެ ގޮތް މޮޅައް ދެނެވޮޑިގެންވަނީ މާތްﷲ، ކަލޭމެން ނަށް ދެދުނިޔެއިންވެސް އޮތީ އަބާއްޖަވެރިކ ކަން. އަވަހަށް ތައުބާވޭ.

    145
    1
  3. ޚާފަ

    އަމިއްލަޔަށް މުނާފިގުންގެ މުނާފިގުކަން ފާޅުކުރައްވަނީ. ޥިސްނާބޔަކަށް އިބުރަތެއް.

    136
  4. ށަވިޔަނި

    ބިރުގަތީ ލާދީނީ ބައިގަނޑު

    84
    2
  5. ހުސޭނުބޭ

    ގަޔަށް ބޮލަށް އަރާގަންނަން ކައިރިވީމާ އަލިފާނޯތްއޭ ގޮވާނެކަމެއްނެތް މުނާފިޤުތަކާ!

    95
    2
  6. އެމީހާ

    އިބިލީސްވެސްބުނަނީ ތިމަންހުރިކަމެއްމިކުރަނީ ހަމަކަލޭމެންގެ ރަށްކަލަކައްޓަކައޭ. މިހާރުމިވީގޮތުން ތިބަޔާނުންއެގިގެންދަނީ އިބިލީހައްވުރެވެސް ކަލޭމެންގެނުބައިކަންބޮޑުކަން. މިނުބައިނެޓުވާކުމިހާރުުންމިހާރަށްއުވާލާ މިމީހުންހައްޔަރު ކުރަން ގޮވާލަން.މިފަދަލާދީނީ ނުބައިމީހުންގެ ނިމުން އެހެންމީހުނައްޢިބުރަތެއްކަމުގައި ލައްވާށިއެވެ.

    71
    1
  7. ބޮޑޭ

    ކޮންބައެއްތަ އެރިޕޯޓްނެރުނީ ގައިމު މިކަހަލަނަމެއް އެރިޕޯޓްނެރުނުޖަމިއްޔާއައްވެސްކިޔަނީ އެކަމަކު ރަނގަޅު ދީނައްފުރައްސާރަކޮއް ރަސޫލާ(ސ.އ.ވ)އައްޖޯކުޖަހާފަ މިބުނަނީ އަހަރެމެންއެކަން ބަލައެއްނުގަންނަމޭ ތީއަޅެ ކަލޭމެންގެބާރުއޮތީމާ އަހަރެމެންނައްކުރާ މަލާމާތެއްތަ

    64
    1
  8. ބުރޯ

    އަމިއްލަޔަށް އެކަން ކޮށްފަ ކޮންވާހަކައެއް

    71
    2
  9. އައްލެއިކަލޯ

    މިފެންވަރުގެ ދިރާސާއެއް ހދާ ބައެއްގެ އެންމެ މުހިއްމު ސިފަ އެމްޑީއެނަކުން ނުފެނޭ. އެބުނީ އިސްލާމް ދީނަށް ފުރއްސާރަކުރުން ތިމަންނާމެން ބަލައެއް ނުގަންނަމޭ. އެކަމަކު އެހުރިހާ ފުރައްސާރައެއް އެއޮތީ އެމްޑީއެންގެ ރިޕޯރޓުގަ. އެ ރިޕޯރޓުގަ އޮތީ އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ބަލާއިރު އެކަށީގެންވާ ކމެއްނޫނޭ. ބަލަގަ ޝަވިން، އިސްރާއާއި މިޢުރާޖަކީ ސައިންސަށްވުރެ މާމަތީ ކަމެއްކަން ރޭކައެއް ނުލިތަ؟ ބަލަ އެއީ މުޢުޖިޒާތެކޭ، ޝަވިން. މުޢުޖިޒާތްތައް އެެއީ ސައިންސަށްވުރެ މާމަތީ ކަންކަން. ޝަވިން، ލޯމަރާލައިގެން އިނދެ 5 މިނިޓް ވަންދެން މިކަމާ ވިސްނާލަބަލަ. ޝަވިން އަށް ތެދުމަގު ދައްކަވާށި އާމީން.

    15
  10. ސާލިހް

    ބަލަ ތިކިޔާ ޓެރަރިޒަމާއި ހައްދުފަހަނަ އަޅާދިއުމުގެ އަސްލަކީ ދީނައްފުރައްސްރަކުރުމޭ އިގޭތޯ. ޢޮޅުވާނުލާ އަޅުގަނޑުނެންނަކީ ހަމަވިސްނޭ މުދުމިނުގެމީހުން.

    16
    1
  11. ފަހަރި

    ކީކޭބާ ކިޔަން އެ އުޅެނީ އެ ރިޕޯރޓަށް ވައިރަސް އަރާފައޭ ނުބޫނީ ކީއްވެ ؟ ދީނަށް ފުރައްސާރަކޮށްފަ މި ބުނަނީ ބަލައެއް ނުގަންނަމޯ!

    22
  12. ޢަލީމް

    މެދުމިނުގެ މީހުންނަކީ ފަރުލުކުރެއްވި ކަންތައްތައްކޮއް ނިހީކުރެއްވި ކަންތަކާއި ދުރުހެލިވާމީހުން. ތިބައިގަނޑަކީ ހަމަ ލާދީނީމީހުން.

    21
    1
  13. ބގސދ

    ތިވާހަތަ ކަލޭމެން ބުނުމުގެކުރިން ކީރިތިގުއާނުގަ އެބަވޭ.. ފަސާދަކުރާ ބައެކޭ ބުނެފިނަމަ ތިމަންނަމެންނަކީ ސުލްހަޔަށް މަސައްކަތް ކުރާމީހުންނޭ ބުނާނެކަމަށް.. މިގައުމުގެ ރައްޔިތުންގެތެރެއިން އިސްލާމްދީނަށް ފުރައްސާރަކުރާ ބަޔަކަށްތިބީ މޑޕއާ އެމީހުންނާ ގުޅިފަތިބި ތިފަދަ ކުފުރުގެ ޖަމިއްޔާތަ..

    18
  14. ާަާމަ

    ބަލައެއްނުގަނޭ. އެކަން ފާޅުގަ ކުރަނީ. އަދިވެސް ގަދަބަސް ބުނަންތިބީދޯ. ތައުބާވެ އިސްލާމް ދީން ނަގަހައްޓަން މަސައްކަތް ކޮށްބަލަ.

    22
  15. ޓތ

    މުނާފިގު ޖެހި މުނާފިގުން! މިއެއްޗެހި ލެއްވިތަނަކަށް ބޭރިވެސް ނާރާނެ!

    18
  16. ާަާމަ

    ހެހެހޭ... ބަލައިނުގަންނާތީ ތަ އެވަރަށް އެކަންކުރީ.

    19
  17. ތެދު

    އިސްލާމްދީނަށް އިހާނެތިކޮށް ހިތަނީ ކަލޭމެންކަން އެގޭ އެއްމެނަށް

    19
  18. އަލީ އިބްރާހިމް

    ކުރާނެ ވަރަކަށް ކޮށްފަ މިހާރު ތިޔަ އުޅެނީ ފިލަން

    11
    1
  19. ޑޯޑޯ

    އެއީ ހަމަ ލާދީނީ މީހުންގެ ވާހަހަކކކ ހުންނާނެ ގޮތްކަ

    7
    1
  20. ޢޢ

    ބަލަ، ތިބުނާ ރިޕޯރޓެއް ހެދިއިރު، އެއްޖިއްސުން ކައިވެނިކުރުމަށާއި ގުޅުން ހިންގުމުގެ މިނިވަންކަމަށާއި، ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ބަޔަކު ހޭދެބައިވެގެން މުޖުތަމަޢޫ ފަސާދަކުރަމުން ދިޔަކަން ނޭގުނީ ތިބުނާ މެދުމިން ކިހާ ހިސާބަކުން އެޅީމަތަ؟ ތިޔަ ވާނީ ހަމަތިޔަށް. ހަތްހުތުކައްކާ ރާހުތު ލިޔަސް ތިޔަ ދަރިންދާމެން ތިނޫންގޮތެއް ނުވާނެ. ޙައްޤު އަދަބުދީ! އެއްވެސް މަޢާފެއް ނެތް.