މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެތައް އިލްމުވެރިންނަކާއި އާއްމުންގެ ނުރުހުން އަމާޒުވެފައިވާ ރިޕޯޓް ދިފާޢު ކުރައްވާ ނަޝީދު އަނެއްކާވެސް ވާހަކަފުޅު ދެއްކެވީ މިރޭ ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ"ގެ ދިހަވަނަ ބައި ނެރެދެއްވުމަށް އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީއެންގެ ރިޕޯޓުގައި ބޭނުންކޮށްފައި ހުރި ބަސްތައް ގޯސް ކަމަށާއި، ނަމަވެސް އެއީ އިނގިރޭސިބަހުން އެއްޗެއް ލިޔަން އުޅެނިކޮށް "ވެފައިހުރި ގޮތެއް" ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އިސްލާމް ދީނަށް ނަފުރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް، އަޅުގަނޑުމެންގެ ކުދިން ވެސް އަދި އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓު ލިޔުނު މީހުންވެސް. އެއްވެސް ހާލެއްގައި އެބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނާގައި ކަމަކަށް، އެ ރިޕޯޓު ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު." ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓްގައި ނަފްރަތު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށް ނަޝީދު މިރޭ ވިދާޅުވިއިރު އެމަނިކުފާނު މިހަފްތާގެ ހޯމަ ދުވަހު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރިޕޯޓްގައި އޮތް ހަމައެކަނި މައްސަލައަކީ ރަސޫލާ އަށް ޞަލަވާތް ކިޔާފައި ނެތުން ކަމަށެވެ.

ނަމަވެސް އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައަކާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ އެތައް ކަމަކާއި ކަނޑައެޅިގެން ދެކޮޅު ހަދާ، އެކަންކަމަށް ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. މަގޭ ޚިޔާލު

    މިނަސީދަކީ އަހަރެމެން ގާތުގައި މުސްލިމެއްކަމަށް ދައުވާކުރާމީހެއް. ކާފަރު ޔަހޫދީންގެ ގާތުގައި އޭގެ މީހެއް. ތިޔަ ރިޕޯޓެއް ނެރުމުގައި ނަސީދުގެ އަތެއްވާކަމަށްވެސް މިހާރު ބެލެވެން ފަށައިފި.

    206
    1
    • އާނ

      އަހަންނަށް ޔަގީން ކަށަވަރު އޭނަ ނުލާ އެކަމެއް ނުހިނގާނެކަން.

      145
      1
    • ޟަމީރު

      ތިޔަ ރިޕޯޓް ލިޔުމުގެ އެންމެ އަޑީގަ ހުރީ މިކަލޭގެ. ޔަޤީން ވާނީ ކޮންިރަކުންތަ؟ މާކުރިން ވެސް އިނގޭ މީ ހަމަ އޭގެ މީހެއްކަން. މީނަގެ ލޭއަޅައިގެން ކެއްކި ބޮނޑިބަތް ކޭމީހުންނަށް މީނާ އަކީ ހަމަ އަލިފެއް. އެމީހުންގެ ހިތާ ހިތުގެ ގުޅުމަކީ މިކަލޭގެ ކަމަށް ދައުވާކުރާއިރު ހިތާ ހިތުގެ ގުޅުމަކީ ކޮބައިކަން ވެސް މިއުޅޭ މީހުންނަށް ނޭނގޭ.. ޔަހޫދީން ފަންޑުކޮށްގެން މިކަލޭގެ ހުރިހާ ޖަރީމާއެއްގެ މުގުލުގައި ހުރެ ގައުމު ފަސާދަކުރާކަން މާކުރިން ވެސް އިނގޭ. ދެން ބުނޭ މަށަކީ ޔާމީނަށް ތާއީދުކުރާ މީހެކޭ.. މަމީ މިގައުމުގެ އެއްވެސް ސިޔާސީ މީހަކަށް ތާއީދު ކުރާނެ ވެސް މީހެއް ނޫން.. ޔާމީނަށް ވުރެ މިކަލޭގެ ދެކެ އަހަރެން ރުޅިއަންނަނީ ދީނަށް ފާޅުގައި ފުރައްސާރަކުރާތީ. ލޮލަށް މިރުސް ދުން އެޅިފަ ތިބޭތީ މޑޕ ގައި ތިބި ހެޔޮވިސްނޭ މީހުންވެސް މީނަ އަށް ތާއީދުކުރަނީ

      118
      1
    • Anonymous

      ޝައްކު ނުކުރޭ. ޔަގީން ކުރޭ މި މުރުތައްދުގެ އަތެއް ނެތި ނުދާނެކަން ޔަގީން

  2. Anonymous

    ކަލެއަށް ހަލާކު ހުރި

    144
    3
  3. ނަމަ

    ނަޝީދު ކަލޭ ހުރެބަލަ ތިޔަބުނާ ރިޕޯޓަކާ ރުހިގެން

    133
    2
  4. ދޮހޮއްކޮ

    އެއްގޮތަކަށް ވެސް... އަހަރުމެނަށް އެނގޭ ކަލޭގެ ހިޔަޅު ބުއްދިން ވިސްނައިގެން ދިވެހިން އިސްލާމްދީނުން ނޭގިތިއްބާ ބޭރުކުރުމުގެ އެޖެންޑާގެ ދަށުން ކުޅޭ ކުޅިގަނޑެއްކަން. އިންޝާﷲ ކާމިޔާބެއް ނުވާނެ. ދިވެހީންނޭ ނިކަން ދެކެބަލަ މިހާރު މިވާގޮތަކީ އިސްލާމްދީނުގެ ރަސޫލާއަށްވުރެން މި ޖަމްއިއްޔާގެ މެމްބަރުންގެ އަބުރުގެ އަގުބޮޑުވެއްޖެ. އެހެންވެދާނެތާ މިސާރުކާރުގެ ބޮޑުންނާއި ބޮޑުންގެ ދަރިން ސީދާ މި މުނާފިގުކަލޭގެ ހިޔަޅު ރޭވުމުގެ ދަށުން ހިންގާ ތަނެއްވިއްޔާ....

    14
  5. ފުއްކޭ

    ކަލޭ ތީ މިގައުމުގެ ހަލާކު.

    118
    1
  6. އަޖައިބު

    ލަދެއް ނުގަނޭ ދޯޯ

    107
    1
  7. ސާމް

    ތި ކުޅެނީ ލެޔާ.. މާޒީން އިބްރަތް ނުލިބުނު ދޯ މިހިރަ ދައްޖާލަަށް

    125
    2
  8. ޖަނބެ

    ކޮބާ މީ އިސްލާމްދީނައް އުޅޭ ދަންނަބޭކަލެކޭ ބުނަމުންދުވާމީހުން އަދިވެސް މިނަވެރިކަމައްގެނަން މަސައްކަތްކުރޭ ކަލޭމެން

    104
    1
  9. Anonymous

    ނަޝީދަކީ ހަމަ މުރުތައްދު ހަސަން ރަސްގެފާނު ކަހަލަ މީހެއް. ޕޯޗުގީޒުނާއެކު ރާއްޖޭ ނަޞާރާ ކުރަން އުޅުނުހެން އެއުޅެނީ ބޭރު މީހުންނާ ގުޅިގެން އެހެން ދީންތައް ރާއްޖެއަށް ގެންނަން.

    69
  10. ކަޅުބެ

    ކޮބާތަ އެއުޅޭ އިޔާޒުގަނޑު؟ ކަލެއަށް އެބަފެނޭތަ ފިޔަވަޅު އަޅަމުން ގެންދާތަން. ފިސާރި އަވަސްވެސްމެއެއްނު ފިޔަވަޅުތައް.އް. އ.

    59
  11. ރޭރު

    ރައްޔިތުން އަށް އާދޭހާއެކު ދަންނަވަން، މިނާގެ ކިބައިން ސަލާމަތް ވެ ބސލަ!

    71
  12. ބުރޯ

    އެކަން ކުރީ ނަފްރަތު އުފައްދާކަށް ނޫން ،އެކަންކުރީ ދިވެހިގައުމުން އިސްލާމްދީން ފުހެލުމަށާ އެހެން ދީންތައް ރާއްޖެ އަށް އިމްޕޯޓްކުރަން ޖާގަ ހެދުމަށް. ދިވެހިންގެ ހިތްތަކުގާ ދީނާ މެދު ވަހުމާއި ސައްކު ގާއިމުކުރުވުމަށް.

    72
  13. ލާދީނީ

    ލާދީނީ މީހުން ލާދީނީ މީހުންގެ ދިފާއުގައި ހާދަވަރެއް އެބަހުއްޓޭ. ލަނޑަޔާވާނީ ލަނޑަޔާއޭ ކިޔައިއުޅެނީ މިހެންވީމައެވެ.

    66
  14. ކައްޕި

    ކޮބާތަ މީނާގެ މައިންބަފައިންވެސް ހަމަ މީނާއައް ނަސޭހަތެއްދީ ހުއްޓުވަން މަސައްކަތް ނުކުރަނީބާ

    61
    1
  15. ތައްޚާން.

    ވިސްނާ ފިކުރު ކޮށްބަލާށެވެ. މި ޤައުމުގެ ހަމަޖެހުން ބިނާވެގެން ގޮސްފައިވަނީ އަދި އެ ހަމަޖެހުމުގެ އަސްލަކީ މިޤައުމުގެ ރައްޔިތުން މާތްވެގެންވާ އިސްލާމް ދީން މަތީގައި ތިބި ތިބުމެވެ. އެހެނަސް މިއަދު އެ ހަމަޖެހުން މިދަނީ ގެއްލެމުންނެވެ. އަސްލަކަށް މިވަނީ ދީނަށް ތަބާނުވާ މީހުންނަށް އެމީހުން ހިތުހުރި އެއްޗެއް ކިޔުމުގެ ފުރުޞަތު ލިބެމުންދިއުމެވެ. އެ ފުރުޞަތު ދިނީ ހަމަ ދިވެހިންނެވެ. އެއެެްޗަކުން އެއެެއްޗަކަށް ވިހަލާން ފަސޭހަވާނޭ ހާމާނުވެސް ވަނީ ބުނެފައެވެ. ރީތި ނަންނަން ކިޔާ އޮމާންކޮށް ވާހަކަ ދައްކާ ހެދުމަކީ އަދި އެމީހާ ރަގަޅު މީހަކަށް ވުމެއްނޫނެވެ. ޔަހޫދީންނަކީ މިފަދަ ކަންކަމަށް ވަރަށް މޮޅުބައެކެވެ. ފަރުވާ އެއްހޯދުމަށް ހިތި ބޭސް އަހަރަމެއް ނުބޮމު ހެއްޔެވެ. ކަނީކީ އަގަޔަށް މީރު މެޓައެެއް ނޫނެވެ. މިކަންކަމާ ވިސްނާ ފިކުރު ކޮށްބަލާށެވެ.

    59
  16. محمد

    ތިޔަކަހަލަ މީހުނަށް ކިޔަނީ ވާލު
    އެއީ ޖަނަވާރަކަށް ވެސް ނުވޭ ދޫނިސޫފާ ސޫތްޕަކަށް ވެސް ނުވޭ
    އެއީ ޖަނަވާރުން ކައިރިޔަށް ހިނގައްޖެ ނަ މަ
    ބުނަނީ ތި މަން މީ ތީގެތެރެއިން ވާ އެއްޗެކޭ
    ދޫނިތަށް ކައިރިއަށް ދެވުނީމަ ބުނަނީ މިއީ ކަލޭ މެން
    ތެރެއިން ވާއެއްޗެކޭ
    އެހެން ވީމމ މާ ކިޔާނީ ވާވާވާވާވާވާވާ ލު

    11
  17. ދުމައިން

    ދެން ކޮންނިޔަތެއްގަ؟ ސަންދޯއް ޖެހުމުގެ ނިޔަތުގަ؟ މިމުނާފިގު ލާދީނީ މީހާގެކިބައިން މިގައުމުސަލާމަތް ކޮށްދެއްވާތޯ އެންމެން ދުއާކުރަންވީ.. ނުކުރާނެ ދީނީ އިލްމުވެރިންވެސް އުޅޭނެ.. މިސާލަކަށް ޕްރޮފެސާރ އިޔާޒު. ސަބަބަކީ އޭރަށް ގެއްލޭނީ ސޯލިހު ގެ ވެރިކަންވިއްޔަ. ސޯލިހާ މި އިބިލީހަ މިހަމައެކައްޗެއް ވިއްޔަ. ވެރިކަން ހިންގާލަން ފަސޭހަޔަކަށް ދެމީހުން ދޭއްޗެއް ކިޔަނީ.

    10
  18. Anonymous

    އެހެން ދީންތައް މިޤައުމުމަށް ގެންނަށް މުގުލުގަ ހުރީ ތި ރަންނަމާރިއެއް އެއްނު.

    11
  19. ދުމޭ

    މިހާރު މިހިނގާ ހުރިހާކަމެއްގެ ޒިންމާ މިހާރުގެ ސަރުކާރުގެންނަން ވޯޓުލީ އެންމެން ނަގަންޖެހޭނެ. ޚާއްސަކޮށް ދީނީ ތާކިހާ އެޅުއްވި ޕްރޮފެސަރުންނާ ޑޮކަޓަރުންނާ ޝެއިޚުން. ދީން ހިމާޔަތްކުރެވެނީ ވަހިމީހަކު ވެރިކަމުގަ ހުރެގެންނެއްނޫނޭ ބުނިބުނުން ހަނދާނަށް ގެެެނެސްބަލަ ނިކަން. ތިޔަ ސޯލިހު އާ ނަޝީދު ރާވައިގެން ބޯޅަ ޕާސްކޮށްގެން ކުޅޭ ގޭމެއްމި.

  20. އަޙްމަދު

    ކަލެއަށް ފެންނަހާ ގޮތަކަށް އެހެން މީހުންނަކަށް
    ފެންނާކަށް ނުޖެހެއޭ. ތިޔަ ރިޕޯޓު ދިފާއު ކުރާނީ ލާދީނީ މީހުން.

    10
  21. ވަހީދުބެ

    ނިޔަތްއޮތްގޮތް އެމީހުން ބުނެފައޮތީދޯ. ދީނާއި ރަސޫލާއަށް ރައްދުކޮށް އެހުރިހާވާހަކަ ލިޔުނީމަ އެލިޔުނު މީހުންގެ ދިފާޢުގައި ނިޔަތޭކިޔައިގެން ތިވާހަކަ ނަޝީދު ދެއްކުމަކީ އަޖާބުވާ ކަމެއްނޫން. ﷲގެ ވަޙީ ބަސްފުޅާ ރަސޫލާގެ ޙަދީޘްތަކުން ހެޔޮގޮތް ހޯދުމުގެބަދަލުގައި އެހެންގޮތެއް ހޯދަންޖެހޭވާހަކަ ދެއްކިމީހަކު ނުދައްކާނެ ވާހަކައެއް ނޯންނާނެ.

  22. ކާފަބޭ2019

    ނިޔަތާހިތުގައިފޮރުވައިފާވާއެއްޗެއް މޮޅަށް ދެނެވޮޑިގެންވަނީޚާލިޤްވަންތައިލާހް އެއިލާހްހެއްދެވި މަޚްލޫގަށްނުދެއްވަވާއިލްމަކާމެދުދައުވާކުރަނީތަ؟

  23. އަޙްމަދު

    މިކަހަލަ މީހުން ޤައުމުގެ އިސްމަޤާމު ތަކުގައި ތިބޭތީ ލަދުގަނޭ. މިކަމަކީ މީނާ އަޑީގައި ހުރެގެން ކުރުވާފައި ވާކަމަކަށްވާނީ!

  24. ާއަނދިރި

    ތިކަލޭގެދުނިޔޭގަ ހުއްޓާއެހެންމީހަކަށް ތިފާޑުގެލިޔުމެއްލިޔާކަށް ނުޖެހޭނެ ތިލިޔުނި ބުޅާ ގޯނިންބޭރުވެ ބުއްޅަބޭގެ ނަގުލުގެ ދިގުކަމާއި ޔަހޫދީކަންހާމަވެނިމިއްޖެ
    (ހުޅުޖެހިމީހާބުނީ؟ ކާކުހޭ ހުޅުޖެހީ؟)

  25. ފަލަޑޭ

    މީހަކު އަޅެ ހޭބަލިވެދާނެއެވެ. ސަހީހް މުސްލިމްގެ ތަރުޖަމާ ނެރެން މިޔަށް ވުރެ ކުފޫ ހަމަވާ މީހަކު ހަމަ ނެތީ ދޯ މި ފަސްގަނޑުގަ.

  26. Anonymous

    މި މުރުތައްދު ކަލޭގެ އަށް ހައްދު ޤާއިމްކުރަންވެއްޖެ މިހާރު

    10
  27. ސަންތިމަރިޔަބު

    ﴿15﴾ إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

    ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.

    [އަލް ޤަލަމް ސޫރަތުގެ 15 ވަނަ އާޔަތް]

    10
  28. ބޯ ޕާޓީ ޑީޕީ

    މުޅިންވެސް އެމްޑީއެން ދިފާއު ކޮށްފަ.

  29. ދިރާސާ

    ބުނޭ ޅެންވެރިޔާގެ ބަނޑުގައޭމާނަވާނީ ވީމާ، އެމްޑީއެންގެ ރިޕޯޓްގައިވާ ވާހަކަތަކާގުޅިގެން އޭގައި
    ނަފްރަތުއުފެއްދުމުގެ ނިޔަތެއްނެތްއިރު އެރިޕޯޓް ކަމުނުދާތީ ހިތްހަމަނުޖެހިގެންއުޅެނީ މުސްލިމުންގެ
    ތެރެއިން ވަކިބައެކޭތޯ ނަޝީދު ތިޔަވިދާޅުވެލައްވަނީ ތިއީ ދެކޮޅުޖެހޭ ވާހަކަފުޅަކަށްނުވޭ އެއީ
    ﷲއާ،ރަސޫލާއަށާ، ޤްޜްއާންއަށް ފުރައްސާރަކުރުންއެއީ ގޯސްކަމެއްކަމުގައިނުދެކޭފަރާތަކުން އަދި
    އެދަފަކަންކަމަށް ހިތްވަރުދެއްވާފަރާތަކުން ނޫނީ އެކަންކުރާފަރާތްތަކުން ތިގޮތަށްމާނަކުރެއްވި
    ކަމުގައިވިއަސް މުސްލިމުންނެތް އެކަމެއްގަބޫލެއްނުކުރާނެ އަދި .........

  30. ބިލޯ

    ރައީސް ނަޝީދު އެ ވިދާޅުވީ ރަންގަޅަށް . ނަޝީދަކީ އިސްލާން ދީން ރާއްޖޭގައި ހިމާޔަތް ކުރުމުގެ ބާނީ. އެމަނިކުފާނު ޗިލީ ސޯހުން އިލްމުވެރިން ސަލާމަތް ކޮށް މިނިވަން ކަން މަތީ ދީން ފަތުރަން ހުޅުވާލި. ނަމަވެސް އެއާކު އެމީހުން ގަބޫލުކުރާގޮތް ދޫ ކުރާ މީހާ މަރާ ، ކަރު ބުރިކުރަންށާ އޮށްގަލުން ތަޅަން ގޮވާލާ އެންމެ ފަހުން އެވަރުންނުވެ އެމަނިއްޕުޅަކީ ޔަހޫދީ އެޖެންޓަކަށް ހަދާ ވެރިކަން ވެސް ވައްޓާލި. އަދިވެސް އިލްމުވެރިންނާ އިސްލާްމް ދީން ހިމާޔަތް ނަޝީދު ކުރާނެ ކަމީ ޔަގީން ކަމެއް. އަފިން ނޫޅެން މީހުން ލާދީނީ ކޮށް ބޯ ކަންޑާކަށް . އަފިން ރަންގަޅަށް ދީނީ ކަންކަން ކޮށްލައިގެން އުޅުނީމަ އަފިންނަށް ނިމުނީ. ﷲ ނަޝީދު އެ ކުރައްވާ މަސައްކަތުގަ ބަރަކާތްލައްވާށި.

    12
  31. ޒާ

    މީ ނަޝީދު ބުނެގެން ނެރުނު އެއްޗަކީބާ އޭނާ އެ ރިޕޯޓްގެ ދިފާއުގައި ވާހަކަ ދައްކަނީ؟

  32. ސަންތިމަރިޔަބު

    ﴿44﴾ فَذَرْنِي وَمَن يُكَذِّبُ بِهَٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

    ފަހެ، މި قرآن ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އެއުރެންނަށް ނޭނގޭނޭގޮތުން (عذاب ގެ ތެރެޔަށް) ތިމަންރަސްކަލާނގެ، އެއުރެން ނިކަންހުރެ ގެންދަވާހުށީމެވެ.

    [އަލް ޤަލަމް ސޫރަތުގެ 44 ވަނަ އާޔަތް]

  33. އާމިނަތު

    ނުބައި ނުލަފާ ސުންޕާ ހަައްޔަރުކުރޭ ސޮނިއަނގަ އެންމެ ވަގުތުކޮޅަކުވެސް ނުބަހައްޓާ

    އަހަރުމެންނާ ދުރައްގެންދޭ

  34. އައްލެއިކަލޯ

    ލާދީނީ މައްސަލަތަކުގައި ޝަރީޢަތްކޮށް މިރާއްޖޭގައި ހުކުންކޮށް އެ ހުކުންތައް ތަންފީޒު ކޮށްފައި އެބަހުރި. މިހާރު ދައުވާ ކުރާނީ ކާކު؟ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް އިންތޯ؟ އަވަހަށް ދައުވާ ކުރައްވާ. ޝަރީޢަތް ކުރައްވާ. އެމްޑީ އެން ކޮށްގެން އެއުޅެނީ ވަރަށް ބޮޑު ކުށެއް.

  35. !!!!

    ހައިރާން ވެއްޖެ މީނަ އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކާތީ ތިކިޔަން އުޅޭ އެއްޗެއް ސާފް ބަހުން އެންމެ ނޭގެ މީހާއަށްވެސް އެގޭގޮތަށް ކިޔާބަލަ ހިތުގަ އޮތްއެތި ދުލުންބުނީމަ ނިމުނީ. ޢޭރުން ދެންތިބި މީހުން އެމީހަކަށް ކިއުނު އެއްޗެއްކިޔާނެ. ވވ ސަލާމް

  36. އަހްމަދު

    ބަލަ ކަލޭމެން ހިތަށްއެރިހާއެއްޗެއް ލިޔެފާ ނިޔަތޭ ކިޔަސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބްހާނަހޫ ވަތާއާލާއަށް އޮޅުވާލަންކަމަށްތަ ތިޔައުޅެނީ. ކަލެއަކަށް ނޭގޭނެ މީހުންހެ ހިތުގައިވާ އެއްޗަކާ ނިޔަތަކާ. އެހުރިހާއެއްޗެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވޭ. ތިޔައީ ހަމަ ގަސްދުގައި ލިޔެފައިވާ ލިޔުމެއް. ޔާﷲ! މިމުނާފިގުންނަށް ދުނިޔޭގައިވެސް ގަދަފަދަވެގެންވާ ޢަޒާބު ދައްކަވާދޭނވެ.

  37. Anonymous

    މިމުރުތައްދުން އަޑީގައި ތިބެގެން ނެރެފަ އިން ރިޕޯޓެއް އެ ރިޕޯޓަކީ. އަހަރެމެން ކަލޭމެން ދުލެއް ނުކުރާނަން

  38. ލީމް

    އާނ ރަގަޅު ވާހަކައެއް ތިބުނީ. އެއްވެސް ވަރަކަށް ނަފުރަތު އުފެއްދުމުގެ ބޭނުމެއްގައެއް ނޫން ރިޕޯޓް ހެދީކީ. ކަލޭމެން ހީކުރަނީ އަހަރުމެން މިއީ ގަމާރުންކަމަށްތަ؟ މާތްﷲ އިރާދަފުޅުން ތިކަހަލަ ލާދީނީ އެންމެންގެ ނިމުން ވަރަށް ހިތިވާނެ.
    ޤިޔާމަތް ދުވަހުން ހެއްދެވި ފަރާތަށް ކުރިމަތިލައިގެން ތިބޭއިރު ތިހެން ބުނެވޭނެބާ. އަނެއްކާ މިއީ ޤިޔާމަތް ދުވަސް އަންނާނެކަމާއި ފަތް ލިބޭކަން ޤަބޫލުކުރާ ބައެއް ނޫން ކަންނޭނގެ.

  39. ޙިމާރު

    އަޅެ މީނަޔަކާ ހެދި ކޮން މެ ފަހަރަކު އެ މްޑީޕީ ސަރުކާރުގެ އަގު ވެއްޓެނީ. މިއީ ޕޯޑިއަ މް ތަކަށް އަރުވަން ހެޔޮވާވަރުގެ މީހެއް ނޫން

  40. ތާސީރު

    އިސްރާ އާއި މިއުރާޖުގެ ވާހަކަ ގަބޫލުކުރަން އަހަރެމެން ސައިންޓިފިކް ހެއްކެއް ބޭނުމެއް ނުވޭ. އެއީ މުއުޖިޒާތެއް. މިކަން ކަނޑައެޅިގެން އެނގޭއިރު އެއީ ފުލޯކު ވާހަކައެއް ކަމަށް ލިއުނީ އަހަރެމެން މުސްލިމުންނަށްވެތިބެ އެކަމާ އުފާކޮށް އަތްޖަހާނެ ކަމަށްތަ؟ އެވަރުނޭގޭ މަރުމޯލުންތަ ތިޔަ ޖަމްއިއްޔާގަ ތިބީ؟ ރުޅިގަދަ ކުރަން ނޫޅޭ.

  41. އަލިފް

    ޔާން 2023

    • ދީމް

      އިންޝާ ﷲ

  42. ސަލާމް

    ތިމާއަށް ނޭނގޭ ބަސް ބަހުން ލިޔަނީ ކީއްވެބާ؟ މީހަކަށް އެއްޗެއް ބުނެދޭން ބޭނުންވާ މީހައަކީ އެ ބުނަން އުޅޭ އެއްޗެއް ބުނެވޭ މީހަކަށް ވާން ޖެހޭނެ.

  43. ދާމޫގަނޑު

    ޢެންމެހައި ލޮބުވެތި މުސްލިމް އަހުންނާއި އުހްތުން ނެވެ. ޢިސްލާމް ދީނުގެ ދިފާއުގައި ތެދުވެލައްވާ. ދީނަށް ހިމާޔަތް ދެއްވާ.

  44. ރަޝީދު

    މިއީ ބޮޑުޖާހިލެއް.ރައްޔިތުންގެ މަޖުލިސްޙިސާރު ކުރައްވައިގެން ހުރި މީހެއް

  45. އާބިދާ

    ތިވަރު ނުވިޔަސް އެއީ ކަލޭ އަޑީގަ ހުރެގެން ނެރުވި ރިޕޯޓެއްކަމަށް އަހަރުމެން ގަބޫލުކުރަން، އެރިޕޯޓް ނެރުމުގައި ނިޔަތް ގަތުމުގައި ނުބައި ނިޔަތެއް ނެތޭ ބުންޏަސް ރިޕޯޓްގައި ލިޔުނު ލިޔުން އެއޮތީ ފެންނާން