މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގެ އިބާރާތްތައް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުވި ނަމަވެސް އެއީ އިނގިރޭސިން ލިޔަން އުޅެނިކޮށް ވެފައިހުރި ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެރިޕޯޓް ދިފާޢު ކުރައްވައިފިއެވެ.

އެތައް އިލްމުވެރިންނަކާއި އާއްމުންގެ ނުރުހުން އަމާޒުވެފައިވާ ރިޕޯޓް ދިފާޢު ކުރައްވާ ނަޝީދު އވާހަކަފުޅު ދެއްކެވީ މިރޭ ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ"ގެ ދިހަވަނަ ބައި ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އެގޮތައް އިބާރާތްތައް ކުރެވުން އެއީ ބައެއް ޔުނިވަސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފައި ތިބޭ ކުދިންނަށް ވާގޮތެއް ކަމަށެވެ.

"އެއީ އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް، އެއީ ވާގޮތެއް ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔެވުމުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޚާއްސަކޮށް ރިޕޯޓެއް ލިޔާއިރު ޝެއިޚް ހުސެއިން ރަޝީދު ވިދާޅުވާ ހަމަތައް އެންމެންވެސް ހިފަހައްޓަވަން ޖެހޭނެކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ، އެ ހަމަތައް ނުހިފެއްޓުމަކީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން އިސްލާމް ދީނަށް ނަފްރަތު އުފެއްދުމަށް ނުވަތަ އެ ދީން ބަލިކަށި ކުރުމަށް އެދިގެން ގަސްތުގައި ކުރާ ކަމެއް ނޫންކަމަށެވެ.

ނަޝީދު މިރޭ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކުރެއްވިއިރު އެމަނިކުފާނު މިހަފްތާގެ ހޯމަ ދުވަހު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރިޕޯޓްގައި އޮތް ހަމައެކަނި މައްސަލައަކީ ރަސޫލާ އަށް ޞަލަވާތް ކިޔާފައި ނެތުން ކަމަށެވެ.

ނަމަވެސް އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައަކާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ އެތައް ކަމަކާއި ކަނޑައެޅިގެން ދެކޮޅު ހަދާ، އެކަންކަމަށް ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ފިލާވަޅު

    މުނާފިގުން ގިނަވީމަވާގޮތްފެނޭތަ..

    114
  2. ސާމް

    ޢެންމެ ރަނގަޅު މީހާ ތި ގެންދިޔައީ ތިކަމަށް.. ދެން ތިފަދަ ކަމަކަށް އެންމެ ރަގަޅު ޥާނީ އިބްރާ އާއި ޝަހިންދާ.. ސޭހް ހުސެއިން ރަޝީދު އަށް ވަރަށް ސަލާމް

    144
  3. ކަނޑުކޮސް

    ދެން ޢަރަބިން ލިޔަން މަނިކުފާނުގެ ޕާޓީގެ އެމްޑީއެން ގޮތްޕަށް ލަފާދީ ބަލަ

    90
  4. މޮހަދު

    ތީ ދެދުވަހު އެކެއްޗެކިޔާ މީހެއްނޫން ހިތައް އެވަގުތަކު އަރާއެއްޗެ ދުލުން ބޭރުކުރާމީހެް

    91
  5. އަބޯ

    މިއީހަމަ ނަސީދުގެ ލިއުއްވުމެއްކަމަށް ސައްކު ވާގޮތެް ވެއްޖެ.

    74
    • ވަހީދުބެ

      މީހަމަސީދާ މީނަގެ ކަމެއް. ދީނީ މިނިވަންކަމަށް އެދޭމީހުން މިގަނޑުގަންނަތާ ކިތަންމެ ދުވަހެއް. ޤުރުއާނަށްވުރެ މާމޮޅުފޮތް ޔޫރަޕްމީހުން ލިޔެފައިހުރިވާހަކަ ދައްކަމުންދާމީހުން މިބައިގަނޑުގައި އެބައުޅޭ.

      37
    • ކުޑަބަޖަރާ

      ޝައްކެއްނޫން ޔަގީން .

      34
  6. ޚާފޒ

    ތިއޮއް ސޯޓުބޭލެނީ...

    93
  7. ޚާފަ

    ޙުސެންރަސީދު ފޮތް ނެރުއްވަން އިޒްރޭލުގެ ބޮޑުވަީރު ތިތަނައް އެރުވިނަމަ މާރަނގަޅުވީސް

    89
  8. ބޯގޯސްވިލާ

    ބޯގޯސްވިލާގެއިން ދަރިވަރުވެއްޖެ ކޮންމެ މީހަކީ ބޯގޯސް މީހެއްކަން މިހިރަގެން ފަޅާއަރަނީ. އެޖަމާޢަތުގައި އުޅެނީ ލިޔަންކިޔަން ނުދަންނަ މީހުންކަމަށް ރޫހާނީ ލީޑަރު އެވިދާޅުވީ. ލިޔަންކިޔަން ނުދަންނަ ބަޔަކަށް ޖަމްއިއްޔާއެއް ހަދައިގެން ނުހިންގޭނެ. އެޖަމްއިއްޔާ އުވާލާ. އިތުރު އެއްވެސް އޮޕްޝަނެއް ނެތް.

    76
  9. ޒާޔާ

    މީނަ މީ މިތަނުން އިސްލާމް ދީން ނައްތާލަން އުޅޭ ބައިގަނޑުގެ ބޮޑު..އެހެންވެ މަތި އޮމާން ކުރަން އެއުޅެނީ..

    72
    1
  10. އިބިލީސް

    ކަލޭނޭ! މިހިރަ ކަލޭގެ މިހިރަ މަރުފަލި ޖަހަނީ ހުރެގެން!

    64
  11. ޜިޒާ

    ބްރޯ އަތަށް އެއްޗެއަ ނޮގޮވަނީސް ތި އަނގަ މައިތިރި ކޮއްގެން ހުރެބަލަ. ހީވާ ކަހަލަ މީ މީނާ ކޮށްގެން އުޅޭ ކަމެކޭ.. ހާދަ ވަރަކަށޭ ތި ޑިފެންސައް ކުޅެނީ.

    73
  12. ތުއްރަވާސް

    ތި ރިޕޯޓުގައި މުޅިންވެސް ހުރީ މީގެ ކުރިންވެސް ކަލޭ ދައްކަމުން އައި ވާހަކަތައް ރިޕޯޓެއްގެ ގޮތުގައި....

    34
  13. ކާފަބޭ2019

    އެމީހުންގެ މަގުސަދުހާސިލުވަންޏާއޭނަގެއަނގަބޮޑަށް ދިޔާވާނެނޫންތޯ؟ އުސްތާޒްމައުމޫނުވިދާޅުވަނީކީކޭތޯ؟އެގިގެންތިބެމިއަނދަވަޅަށް މިގައުމުވައްޓާލިބޭފުޅުން ކޮބައިތޯ؟ ޢިސްލާދީނާގައުމަށްވުރެދުނިޔޭގެއުފަލާ އަރާމުއިސްކުރެއްވި،ޝޭޚުންނާއުސްތާޒުންކޮބައިތޯ؟ މިހުރިހާބޭފުޅުންނަށްﷲހެޔޮވިސްނުންދެއްވާށި! އާމީން

    28
  14. ކަމަނަ

    އަޅުގަނޑަށް ފެންނަނީ ރިޕޯރޓަށް ކައުންސިލިން ދޭން.

    18
  15. ނޫރު

    މޑޕމީހުންނަށް މާތްﷲ ހިދާޔަތް ދައްކަވާ މި ނަށީދުގެ ހިގީގީ އެޖެންޑާ އެބައުމީހުންގެ ހިތްތަކަށް ވިސްނަވާ ދެއްވާށި!

    29
    • އެކަމަކު

      އާމީން. ޔާރައްބަލް ޢާލަމީން

      17
  16. ޢަލީ

    ނަޝީދަކީ ޖެހިފަހުރި މުސީބާތެއް

    32
  17. އެޖެންޑާ

    މިހާރު އެނގިއްޖެ. ރިޕޯރޓް ލިޔުނީ ކަލޭކަން

    25
  18. އަތުބިޑި

    ކިޔެވި ކިޔެވި ހެން ކާފަރު ދޯ؟

    28
  19. ޚިޔާލު

    ދެންވެސް ސަޕޯޓަރުން އަތްޖަހާނެ.. ވ ސާފު އިސްލާމް ދީނަށް އެއްވެސް ލޯތްބެއްނެތްކަން އަދި ދީނަށް ފުރަސާރަ ކުރާމީހުންނަށް ތާއީދުކުރާކަން. ތީ ހަމަ ލާދީނީ މީހެއް

    26
  20. ޙައިޒަމް

    ސޭކު ހުސެއިން ރަޝީދު ކަލޭގެ ފޮތް ނުގަތުމަށް އަދި ބަލާނުލުމަށްވެސް ލޮބުވެތި ދިވެހި ރައްޔިތުންނަށް ގޮވާލަން..

    25
  21. ބޯގޯސް

    މި ހުރިހާ އެއްޗެއް މީނައަރާ ކިޔަމުންދާއިރު ކޮބާތަ އިއާޒު ތިބުނާ ނަމުންޞާލިޙު އަދި ކަމުން ހަރާމް ހަމަ ފިޔަވަޅު އަޅަން ފިނިހަކަ ކޮމެޓީ ހޯއްދަވަނީ ދޮތަ އަންނިގެ ފޮގުތައް އިހައް ތަހުޤީގު ކޮށްބަލަ އޭގެފަހުގަ އެހެންކަމަކާ އުޅެންޖެހޭނީ އާންމު ރައްޔިތަކު ދޮގު ހެދުމުން ދޮގަކަށްވެފަ މަޖިލިސް ރައީސާ ރާއްޖޭގެ ރައީސް ދޮގުތައް ހެދުމުން އެ ދޮގަކަށް ނުވަންޏާ ކޮބާދެން މިގައުމުގަ ސަލާމަތެއް އަދި ތިބުނާ ނަމުން ޞާލިޙުގެ އިންސާފުތައް

    18
  22. ހޯހޯ

    ޏަޝީދު ކަލެޔަށް އިނގިރޭސިން ލިޔަންނޭގެންނާ ތިތަނުން ފާބަ ބަލަ ﷲ ގެ ކޯފާއެއް ނާންނަނީސް މިހާރުވެސް މިޤައުމަށް ދިމާވާ ކާރިސާތައް ނުފުދެނީތަ؟

    24
  23. ަސދ

    މިވާހަކަވެސް އަޑުއަހާފައި ތެދުކަމަށް ގަބޫލުކޮށް އަތްޖަހާނެ މީހުންތިބޭނެ

    22
  24. ގގގގ

    ނަޝީދަކީ މަރުވާނެ މީހެއްނޫން. އޭނަ ހިތުހުރި ގޮތަކަށް ހާރުވަން ތިބި ބައެއް ދިވެހިންނަކީ. އޭނައަކީ ދައްޖާލަށްވުރެވެސް ނުބައި މީހެއް.

    21
  25. އެދުރު ދައިތަ

    އޭގައި އަސްލު ވެފައި އޮތް ގޮތަކީ، އިސްލާމް ފޮތުގެ ވޯޑް ފައިލައެއް، ވޯޑްގެ ސަމަރައިސް އަދި ޓްރާންސްލޭޓް ފީޗާ ބޭނުންކޮށްގެން ތަރުޖަމާ ކޮށްލެވުނީ ކުއްޖަކަށް އޮޅިގެން. ދެން ނޭންގި އަޕްލޯޑް ބަޓަންއަށް ފިތާލެވުނުތަނާ އަޕްލޯޑްވީ
    އެއީ ގަސްތުގައި އެކުދިން ކުރިކަމެއްނޫން

  26. މުޞްލިޙް

    މުނާފިގުންގެ ބަހަކީވެސް މމިފަދަ އެއްޗެކެވެ. (މިއީ އަހަރެން ދިވެހިބަހުން ލިޔަން އުޅެނިކޮށް ވީގޮތް)

    14
  27. ނަމަ

    އަދިވެސް ވާނެ އިނގިރޭސިން ލިޔެވޭތޯ ބަލަން ނަޝީދު އާއި ބެހޭގޮތުން ރިޕޯޓް އެއް ލިޔުއްވަބަލަ ނިކަން ތިޔަލިއުނު ބަޔަކު ލައްވާ އެއިރުން ލިޔެނިމޭއިރު އިންނާނީ ޖިންސް ވެސް ބަދަލުވެފަ

  28. ބޮޑު ހަސްންބެ

    އެހެންވީމަ އެތާ އުޅެނީ އިނގިރޭސިން ލިޔަން ކިޔަން ނުދަންނަ ބައެއްތާ. އެހެންވީމަ އެމީހުން ،މި ފަދަ ޖަމިއްޔާއެއް ހިންގުމުގެ ގާބިލް ކަމެއްވެސް ނެތްތާ. އެހެންވީ މަ މި ޖަމިއްޔާގެ ވެރިން އިސްތިއުފާ ދީފަ އެހެން ބަޔަކަށް ހިންްގަން ހަވާލުކުރަން ފެނޭ

  29. ބޮޑު ހަސްންބެ

    އަންނި ތަލަވަނީތަ؟،. މި ފޮޓޯއިން އެސޮރުގެ ފަތް ފާބައިކަން އެބަ އެނއގޭ.

  30. މުޞްލިޙް

    އަނގަ ހައްދު ޖެހުން އެއީ އޮންނަ ކަމެއް ނަމަ، މީނާގެ އަނގަ ހައްދު ޖަހައިދިނުމަކީ އަހަރެން ވަރަށް އެދޭ ކަމެއް. މިއީ އަހަރެން ދިވެހިން ލިޔަން އުޅެނިކޮށް ވީގޮތް.

    14
  31. Anonymous

    ކަލޭ ޑެންމާރކް ގަވެސް ދެއްކި ވާހަކަ އަކީ ތިކަހަލަ ވާހަކައެއްދޯ. އިނގިރޭސީން ބުނަން ހަނދައިގެން މުރުތައްދުވީ

    15
  32. ލީމް

    ކަނޑުކޮސް. އަހަރުމެން މީ ގަމާރުންތަ؟

    14
  33. ޓީޗަރު

    ތިޔަ ޖަމުއިއްޔާގަ ނެތްތަ އިނގިރޭސިން ރަގަޅަށް ލިޔަން ކިޔަން ދަންނަ މީހަކު؟ މަގޭކައިރީ ބުނެލިނަމަ ރަގަޅަށް ލިޔެދިނީމުހެއްނު. ?

    10
  34. ހުސެން

    ބަގުވާސް،ބޭކާރު އަނގަ ނުތަޅާ،ތިޔަކަން އާދައިގެ ކަމަކަށް ހަދަން ނޫޅޭށެވެ،ތިޔަ ކަމުގެ ސީރިއަސް ކަން ކަނޑުވަން ނޫޅޭށެވެ،އެއީ ހަމަ އިސްލާމްދީނަށް ފުރަސްދާރަ ކޮށްފަ އަދި ނަބިއްޔާ صلى الله عليه وسلم އަށާއި އިސްލާމީ މުޤައްރަރާއި އިސްލާމީ ޟަރީއަތާއި ދެކޮޅަށް ފާޅޫގައި ހަމަ ރަނގަޅު މޮޅު އިނގިރޭސި ބަހުން ލިޔެފަ އޮތް އެއްޗެއް.އެލިޔުމުގައި ހަމަ ރަނގަޅަށް ކަލޭގެ ހިޔާލުވެސް އެބައޮތް،އެހެންވެ ކަލޭކުރި ޓުވީޓެއްގައި މިގައުމުގެ މުޤައްރަރު ބަދަލު ކުރާ ވާހަކަ ލިޔުނީމެއްނުން.ކޮންމެހެން ހުސެން ރަޟީދު އާއި ދެމީހުންވެގެން ރައޔިތުން ލޮލުގައި އަނދުން އަޅުވާނެކަމެއްނެތް،ތިކަހަލަ ދޮގު ދެނެއް ދިވެހިންނަށް ގަބޫލެއް ނުކުރާނެ

  35. ދީމް

    މި އުމްމަތުގެ ފިރުއައުނު މި ނަޝީދު އަކީ

    10
  36. ހަސަންބެ

    ހެހެ.. މިއީ ފަހެ މޮޔައަކީތަ؟

  37. ޢޢ

    ކަލޯ، އަންނީ، ކަލޭ ހަމަތަ؟ ނޫނީ ހިނދުކޮޅުގަތަ؟

  38. ސާބަސް

    ހަމަ ހީހީ ހަލާކު. މިހެންބުނީމަވެސް އަތް ޖަހާނެ މީހުން ތިބޭނެ ދޯ. ޖޯކް އޮފް ދަ އިއަރ.

  39. އަޙްމަދް

    ނަޝީދު އާއި ނަޝީދުގެ އެކުވެރިން ނާއި ޕާޓީގެ މެންބަރުން އަދި ޕާޓީގެ ޝޭޙުން ތަށްވެސް ސިޔާސީ މަގާމުތަކުގެ ދަހިވެތި ކަމުގައި ފޫގަޅާފައި ވަނީ މިގައުމުގައި އިސްލާމްދީނުގެ ޝިޢާރު ތަށް ފާޅުކުރާ އެެއްހަމައެއްގައި އެހެން “ކުފުރުގެ”ދީންތަކުގެ ޝިޢާރު ތަށްވެސް ފާޅުގައި ފާޅުކުރުމަށެވެ.
    އެއީ ކޮއްމެ ރިޔާސީ އިންތިޙާބަކާއި ދިމާކޮށް ފާޅު ކޮއްފައިވާ އެކި އެކި ޝިޢާރު ތަކަށް ވިސްނާލުމުންވެސް އެކަން އޭނގޭނެއެވެ.
    މިސާލަކަށް (ބާރަށް ކުރިއަށް) (ބިރަކައިނުލާ ކުޅިވަރު)
    (ޖަޒީރާ ރާއްޖެ) 19 އެޖެންޑާ ފަދަ ޝިޢާރު ތަކެވެ.
    އަދި ޕާޓީ ދިދައިގެ ހަމަހަމަ ދެ ތިލަފަތެވެ.

  40. ކޮންޓޭނާރ

    އިގިރޭސި ނޭގޭ ބަޔަކު ލިޔުނު ރިޕޯޓަކޭތައެބުނަނީ.. ނޫނީ މިގައުމުގަ މިތިބީހުސް އިގިރޭސި މިމީހުންނާ އެއްވަރަށް އިގިރޭސި ނޭގޭބަޔެކޭތަ އެބުނަނީ.. އެހެންނޫނީ އިގިރޭސިނޭގޭ ޔުނިވަސިޓީއަކުންނޭތަ އެމީހުންކިޔެވީ.. އެވަރުބަޔަކަށް ކޮންދިރާސާއެހެދޭނީ.. ބަސްފަހުމްނުވާއިރު ތިމާމެންގެ ކޮށި ސިކުނޑިތަކަށް ޢައިބު ފަހުމްވާނެތަ ކަނުހިއްތަކަށް..

  41. އަލީ

    ނަޝީދު އަށް މިހެން ބުނެވުނީ ދިވެހިން ބުނަން އުޅެން ހަދައިގެން އެހެން ވެދާނެ ސިކުނޑި އަށް ވިސްނޭ ގޮތާ ހިތައް އަރާ އެއްޗަކާ ދުލުން ބުނެވޭގޮތާ ދިމާނުވުމަކީ ބައެއްމީހުން ދިމާވާ ގޮތެއް .

    4
    1
  42. މުއާވިއަތު

    އެ މްޑީއެންގެ ވާހަކަ މިހާރުނޫހުގަ ލިޔަންނުކެރެނީ އެނޫހަކީ މިކަންކުރަން ހިއްވަރުދޭ ނޫހަކީބާ ؟

  43. އަޙްމަދު

    މީނާ އަޅެ ކިހިނެއްވެގެން އުޅޭމީހެއްތަ! އިނގިރޭސި ނެގެންޏާ އެބަހުން ލިޔަނީ ކީއްވެތޯ. ދިވެހި ބަހުން ނުލިޔުނީ ކީއްވެތޯ. އިނގިރޭސި ބަހުން ލިޔުނީ ފަރަންޖިން ހިތް ހަމަޖައްސަންތަ!

  44. ގަމާރު

    ޢިގިރޭސިނަށީދުއެއްހޯދަންއުޅުނީމަލިބުނީދިވެހިއައްނިއެއް