ކޯޓަށް ހާޒިރު ކުރަން ޖެހޭ މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިއަމުރާއި ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މއ.ބިންމާވިލާ، އިސްމާއިލް ވަހީދު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އިސްމާއިލް ވަހީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރ 14 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށެވެ.

އެހެންކަމުން އިސްމާއުލް ވަހީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރ 9991442 އަށް ގުޅުވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި އާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިސްމާއިލް ވަހީދު ކޯޓަށް ހާޒިރު ކުރުމަށް މީގެ ކުރިން ވެސް ފުލުހުން އެތައް ފަހަރަކު އޭނާ ހޯދަން އިއުލާން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަފޮ

    ތިޔައީ ކުރީގެ ސިފައިންގެ މީހެއް

    14
    4
  2. Anonymous

    ނާރަނގަޅައްތަ ހާދަމޮޅޭ

    4
    2
  3. ލޮލް

    އޭނަގެ މައުލޫމާތު ދިނީމަ ކިހާ ލާރިއެއް؟؟؟؟؟

  4. ސީނު

    އެއީ މާޒިން ބައްޕަ!!!