އަމިއްލަ ފަރާތަކަށް ދެމިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައްކަން ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކާއި ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް އެކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ދަފްތަރު ނަމްބަރު 6630 އާމިނަތު ލަތީފާ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރެއްވި އިއުލާނެއްގައި ލަތީފާ ހޯދަމުން ގެންދާ މައްސަލައިގެ ތަފްސީލެއް ނުދެއްވާ ވިދާޅުވީ އޭނާ ހޯދަމުން ގެންދަނީ ސިވިލް ކޯޓުން ކޮށްފައިވާ ސާބިތު ދަރަނީގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންކަމުން ބަންދުގައި ބަހައްޓައިގެން ލަތީފާ އޮކްޓޯބަރ 14 ވަނަ ދުވަހުގެ 10:30 އަށް އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލަތީފާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ނަމްބަރު 9991442 ނަމްބަރު ފޯނަށް ގުޅުމަށް ފުލުހުން އެދެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފާ ހޯދަމުން ދަނީ ރާބަތު އިބްރާހިމް ޝަރީފް ނަމަކަށް ކިޔާ މީހަކަށް ދައްކަން ޖެހޭ 2.4 މިލިއަން ރުފިޔާގެ މައްސަލައަކާއި ގުޅިގެންނެވެ. ލަތީފާގެ ހިއްސާ އޮންނަ އޭބޮސް ޕްރައިވެޓް ލިމިޓެޑާއި މއ.ބިންމާވިލާ އިސްމާއިލް ވަހީދު އާއި ހ.ރީތިމާކޯނި ހަސަން ނަސީމް އެފައިސާ ދައްކަން މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މިއަދު ފުލުހުން ވަނީ މއ.ބިންމާވިލާ އިސްމާއިލް ވަހީދު ހޯދަން ވެސް އިއުލާން ކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާ ވެސް ހޯދަނީ މިމައްސަލަ އާއި ގުޅިގެންނެވެ.

ފުލުހުން ވަނީ ފުލުހުން ހޯދަން އިއުލާން ކުރާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އާއްމުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް މިއަދުވެސް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މޯދީ

  މިކަހަލަ އަންހެނުން ވެސް މިކަހަލަ މައްސަލަތަކުގައި އުޅޭތީވެ ޚިޔާލު ތަފާތު ވާހަކަ ދައްކަން އެމްޑީއެން ކަހަލަ މީހުންނަށް ފުރުސަތުލިބެނީ!

  12
  32
  • އަހަރެން

   މީހުން ކޮންމެ ގޮތަކަށް އުޅުނަސް އެއްވެސް މީހަކަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޙައްގެއް ނޯންނާނެ

   39
   1
  • Anonymous

   insaanaku gothakah ulhuney kiyaafa rasoolaah sha ALLAH akah nuney badhubas bunan v.

   22
   1
  • ?

   eyeh noon vaagothakee hama Islam dheen dheke rulhi ahanee.

   16
   1
 2. އަހްމަދު

  ތިޔަމީހާ ހޯދާނެކަމެއްނެތް ތިޔަމައްސަލަ ފިނޭންސްމިނިސްޓަރާ ހިއްސާކޮށްލައްވާ ބަދަލުދެއްވާނެ މިއީ އޯގާތެރިސަރުކާރެއް

  21
  1
 3. ބަންގާޅި

  ޝުކުރިއްޔާ