ރ. އަތޮޅު ގައި ފީނަން އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވެން ނެތިގެން ކަކުލުހުޅުން ތިރިން ބުރިކޮށްލައިފިއެވެ.
އަބްދުﷲ ހަލީމް ނަމަކަށް ކިޔާ ޒުވާނާގެ ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެކެވެ.
ބުރަފަތިން ޖެހި ހަލީމްގެ ވާތު ފައިގެ ކުޑަހުޅުގެ މަތިން ބޮޑުބައެއް ބުރިވި އެވެ. ފައި ވަކި ނުވެ ހަރުލާފައި އޮތީ ކުޑަކުޑަ ތަންކޮޅަކުންނެވެ.
ހަލީމްގެ އާއިލާ އިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ހަލީމްގެ އޮޕަރޭޝަނެއްކޮށް ފައި ބުރިކޮށްލީ ކަކުލު ހުޅުން ކުޑަ ތަންކޮޅެއް ތިރިން ކަމަށެވެ. އެހާ ހިސާބުން ފައި ބުރިކޮށްލުމުން ފައެއް ޖަހައިގެން ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ވަނީ ދީފައި ކަމަށް އާއިލާ އިން ބުންޏެވެ.
ހަލީމަށް މިހާރު ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އާއިލާއިން ބުނެ އެވެ.
ބުރަފަތިން ޖެހި އޭނާގެ ފައިގެ އިތުރު ތަނެއް ވެސް ޒަހަމްވެފައި ވެއެވެ. ނަމަވެސް އެތަނަށް މާސީރިއަސް ޒަހަމެއް ލިބިފައެއް ނުވެއެވެ.
ހަލީމް މާލެ ގެނެސްފައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގައެވެ.
ޓްރީޓޮޕް އަށް ގެންދިޔަނަމަ ޚިދުމަޔް މާ ރަނގަޅުވިސް... ފައި ބުރިކޮށްލާން ނުޖެހުނިސް..
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ކެތްތެރިކަން މިނަވަރުކުރައްވާށި
ލަންކާގެ ޖެނެރަލް ހޮސްޕިޓަލަށް 6 ގަޑިިރުތެރޭގައި ގެންގޮސްފިއްޔާ ގުޅުވައިދޭ ވާހަކަ އަޑު އެހިން، ބުރިވިބައި ކޮތަޅަކަށް ލާށޯ، ދެން އެ ކޮތަޅު ލާށޯ އެހެން ކޮތަޅަކަށް ގަނޑުފެން އަޅާފަ
އަވަސް ޝިފާއެއް ދެއްވާށި އާމީން
އަވަސް ޝިފާއެއް ދެއްވާށި އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ކެތްތެރިކަން މިނަވަރުކުރައްވާށި.
ޢަވަސް ޝިފާ އެއް ދެއްވާށި
ކަނޑުމަތީގައި ހިނގާ މިކަހަލަ އެކްސިޑެންޓު ތަކުން ސަލާމަތް ވުމަށްޓަކާ އެޅޭނެ ސަލާމަތީ ފިޔަވަޅުތަކަކީ ކޮބައިބާ؟ އަޅުގަނޑުގެ ހަނދާނުގައި ހިނގި މިކަހަލަ ފުރަތަމަ އެކްސިޑެންޓު ގައި އަނިޔާ ލިބުނު މީހާގެ ފައިވެސް ޖެހުނީ ބުރިކޮށްލަން. އެއީ މީގެ 35ވަރަކަށް އަހަރު ކުރިން. މިއަދަކީ އެދުވަސްވަރާ ބަލާފަ ހޮސްޕިޓާތަކުން ވަރުވަރުގެ ފަރުވާ ލިބެންހުރި ޒަމާނެއް. ނަމަވެސް އެއިރުވެސް ފައިބުރިކޮށްލަންޖެހުނީ. މިފަހަރުވެސް އެފަދައިން ވާންޖެހުމުން އެގެނީ މިފަދަޙާދިސާތަކުން ދިވެހިންނަށް ލިބެމުންދާ ގެއްލުން ތަކަށް ސަރުކާރުން އިހުމާލު ވެފައިވާ މިންވަރު.
ދެބު ރިވަކިން އޮތީ މާލެ ގެނައިއި ރުވެސް
މިއީ އަހަރެމެންކަހަލަ އިންސާނެއް ދިވެހި ޒުވާނެއް ދިމާވި މައްސަލައަކީ ހިތާމަވެރި ބޮޑު ވވ ދެރަވަރު މައްސަލައެއް ނަމަވެސް ކޮމަންޓް ކުރި ބައެއް ފަރާތްކަށް މިކަންމިވަނީ މަޖަލަކަށް ޖޯކަކަށް އަދި އުފަލަކަށް އަލްމުސްލިމް އަޚުލް މުސްލިމް ކީރިތި ޤުރުއާނުގެ މިއާޔުން ޢިބުރަތް ލިބިގަންނަވާ
އަވަސްސިފާއެއް ދެއްވާށީ އާމީން މިހާ