މާލެ އިން ފުރައިގެން ދަތުރުކުރަމުންދަނިކޮށް، ތ ވިލުފުށި ކައިރިއަށް އިންޖީނު ހުއްޓުނު ދޯންޏަކަށް ސިފައިން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އިންޖީނު ހުއްޓިގެން ސިފައިންގެ އެހީތެރިކަމަށް އެދުނީ އޯޝަން ރައިޑާ ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަމަށެވެ.

މި ދޯނި ހުއްޓިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރު އެވެ. އެވަގުތު މި ދޯނީގައި ދިވެއްސަކާއި ހަތަރު ބިދޭސީން ތިއްބެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އިންޖީނު ހުއްޓުނު އުޅަނދު މިހާރު ކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ކުރަމުން ދަނީ، އެ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެެހެން އުޅަނދެއްގެ އެހީގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު