ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް އިއްޔެ ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ދެކުނުގެ އަތޮޅެއްގައެވެ. އޭނާ ބެހިފައި ވަނީ، އޭނާގެ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅާއެވެ.

އޭނާ ނިސްބަތްވާ ރަށުގެ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ކުރިން ބުނެފައި ވަނީ، ބައްޕަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެވާހަކަތައް އެ ކުއްޖާ ސްކޫލަށް ގޮސް ކިޔާދިނީ ކަމަށް އެ މުވައްޒަފު ބުންޏެވެ. އެ މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންވެސް ދަނީ ބަލަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތިމާ

    ޙާދަ ދެރަ ވާނެ އޭ އެކުއްޖާ?

    2
    1