ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުން ދާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިިނިސްޓަރ މިހެން ވިދާޅުވީ، މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް" ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް" ގައި އިއްޔެ މިނިސްޓަރ މާރިޔާ ތަޤްރީރުކުރައްވާފައިވަނީ 21 ވަނަ ޤަރުނުގައި ސަލާމަތީ ނިޒާމާއި، ތަޢުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.

މިނިސްޓަރގެ ތަގްރީރުގައި،އޭނާ ވަނީ، ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާއި ތަޢުލީމުގެ އެހީގައި، މިހާރަށްވުރެ ޢިލްމީ، ޤާބިލް، ޞިއްޙީގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖްތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި މިނިސްޓަރ ވަނީ އީ ގަވަރމަންޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދަޢުލަތުން ޚިދުމަތް ފޯރުވައިދިނުމަށް، ޔޫ.އޭ.އީގެ ސަރުކާރުން ފަރުމާކުރައްވާފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި، ތަޢުރީފުކުރައްވާފައެވެ.

އަދި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމަކީ، ރައީސް ޞާލިޙުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަން މިނިސްޓަރ މާެރިޔާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލްޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަސީހު

    ކޮނަމެ ތަނެއްގަ ކޮ ރެޕްސަނައް ޒީ ރޯ ޓޮލެ ރެންސް އޭކިޔާ ވާހަކަދައްކާއި ރު ޕާޓީމީހުން އިސްތިސްނާ ވާނެކަމުގަވެސް ބުނެލިނަމަތާ ތިތާތިބިބަޔަކައްވެސް ހަގީގަތް އެންގޭނީ

    15
  2. އަމީ

    ޓެކްނޮލޮޖީ ކިޔަން ނޭގުނަސް ހެވެއްނު.

    15
  3. ލީލް

    މާރިޔާ ތީތަންކޮޅެއް ބޮޑުވަރު މިހާރު އެހެރީ ބޮލުގަ އިސްތަށި ހިއްޕައިގެން ގޮސް

  4. ޕަރާސް

    ޖަޒީރާ ވެގެން ޓެކްނޮލޮޖީ އާއި ރައްޓެއްސެއް ނުވެވޭނެ! ތިބެން ޖެހޭނީ ފަތްޖެހި އެދުގައި އޮށޯވެ ތިބެ ކުކުޅު ގުއި ގުނަން،