ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމައި، އެޓާނީ ޖެނެރަލް އޮފީހުން ވަނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ދެ ބިލް ރައީސް އޮފީހަށް ފޮނުވާފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ، މި ގާނޫނު އިސްލާހުކުރުމުގެ ބޭނުމަކީ ލޯކަލް ކައުންސިލަތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމާއެކު ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އަދި ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަ ޖައްސައިދިނުން ހިމެނޭ ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

މި އިސްލާހުގެ ތެރޭގައި ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައީބު ރައީސުން އިންތިހާބުކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކި ކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށް އެ ކައުންސިލްތަކުގެ ބާރުތަކާއި މަސްއޫލިއްތަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި ގާނޫނުން އެ ކަންކަން ކަނޑައެޅުމާއި، ކައުންސިލްތަކުގެ އިޚްތިސާސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިޚްތިސާސްގައިވާ އެންމެހާއި ވަސީލަތްތަކާއި ބިނާތަކާއި އުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތް ހަމަޖެއްސުންވެސް ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުންވެސް ސަރުކާރުން ރައީސް އޮފީހަށް ފޮނުވި ދެ ބިލުގައި ވެއެވެ.

އެގޮތުން ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ އަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިޚްތިސާސްގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 އިންސައްތަ އަށްވާ އަދަދުގެ ފައިސާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެން ދާގޮތަށާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންދާނެއެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް އެ ކައުންސިލަކުން ހިންގާ ގޮތަށްވެސް ހަމަޖެހިގެންދާނެކަން އެ އިސްލާހުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޮންބެ

    ދިހައަހަރަށް ހެދިނަމަވެސް މިހާރު މިއޮތްސަރުކާރަށް ތާއިދުކުރާމީހަކަށް މަގޭވޯޓެއް ނުދޭނަން

    16
  2. علي وحيد

    ބަލަގަ ތީހަމަ އެމްޑީޕީގެ ސަރުކާރުން ދައްކާ ވާހަކައެއްތަ މީގެ ކުރީން ކިތައް ފަހަރު ތިއިސްލާހު މަޖިލީހަށް ހުށައެޅިތަ ކީއްވެތަ އެއިރު އެމްޑީޕީން ދެކޮޅުހެދީ

    16
  3. އެހެން

    އުމުރު ތަ، ދައުރު ތަ؟

    11
  4. ގަދަ

    ބަލިވާނެކަން ޔަގީން ވީމަ ތިވެސް ގޮތެއް. ފުކެއް ބޮޑުވަރު. ޖަޒީރާ ދަޅަ.

    19
  5. މުހައްމަދު

    ވޯޓަކާއި ކުރިމަތިލާން ޖެހުލުންވީ. ސަބަބަކީ މިހާރު މިއޮތް ހާލަތުން ބޮޑު ބައްޔަކުން ބަލިވާނެތީ.

    15
    1
  6. ފިދަން

    ޙެދުނު އެއްޗެއްހަދާ! ތިޔޮތީ އަތުޖެހިފާ! ހަތަރެސްފައި އެއްކޮށް މަޅީގައި! ފިޔަކޮށާލާތި ރަގަޅަށް!

    6
    1
  7. ބަނާނާ ސަރުކާރު

    ރައްޔިތުންގެ ވޯޓަކަށްނުގޮސް މަޖުލިހުން ނިންމައިގެން ބަރުލަމާނީއަކަށް ބަދަލުކުރާނެ ދައުރުވެސް ދިގުކުރާނެ ބަލަންތިބޭ މިގޮތުންވެސް ވެރިކަމުގަ ދެމިތިބެން އެއުޅެނީ.. އިބުރާހީމާ ނަޝީދާ ދެމީހުން ކޯޅެނީކަމަށް ހަދަނީ ރާވާއިގެން ވެރިކަން ހުދުމުހުތާރުކޮށް ކުރަނީ.. ބޮޑުވަޒީރަކަށް ނަޝީދު ހުރެފަ އިބުރާހިމު ރައީސަކަށް ހުރީމަ ދެމީހުންނަވެސް ވެރިކަމުގެ އަރާމުލިބުނީނުން..

  8. ހެއު

    މިފަހަރު ބައަލު ކުރަން ބޭނުމީ ކަމަކުނުދޭ ހުރިހާބާރެއްލިބުނީމާ ވަނީގޯސް މިހާރުވެސް މި ތިބެނީ ވާނުވާއެއްގެތެރޭގަ