މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ދައުލަތުން ހާޒިރުކުރަން ބޭނުންވި ދެ ހެކިންގެ ތެރެއިން އެކަކު ހެކިބަސްދޭން އިންކާރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ސިއްރު ދެ ހެކިން ހާޒިރު ކުރަން އޮތް ނަމަވެސް އެކަކު ހެކި ބަސް ދޭން އުޒުވެރިވާކަމަށް ބުނެ ހާޒިރުވެފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ފަރާތުން ހުށަހަޅަން ހަމަޖެހިފައި އޮތީ، ސިއްރު ހެކި ތިނެއް އަދި ހަތެކެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން، ސިއްރު ހެކި 3، ބުނެފައިވަނީ، ޔާމީން ރަޝީދު މަރާލި ހާދިޘާއާއި ގުޅުންހުރި އެއްވެސް ކަމެއް މިހާރު ހަނދާނުގައި ނެތް ކަމަށާއި، ނަމަވެސް ފުލުހަށް ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއް ކަމަށެވެ.

Yamin Maru
ޔާމީން މަރުގެ މައްސަލާގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އިސްމާއީލް ހައިޝަމް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ޔާމީން ރަޝީދު މަރާ ގުޅިގެން ދަޢުލަތުން ގިނަ ސުވާލުތަކެއް ހެކިވެރިޔާ އާއި ކުރި ނަމަވެސް، އެއިން ގިނަ ސުވާލުތަކުގެ ޖަވާބުގައި އޭނާ ބުނެފައިވަނީ، ޔަޤީން ކަމަށާއި އެކު އެއްވެސް ވާހަކައެއް ބުނަން ނޭނގޭ ކަމަށާއި، އަދި ޔާމީން ރަޝީދު މަރާގުޅޭގޮތުން މަޢުލޫމާތު ލިބިފައި ނުވާ ކަމަށެވެ. މިކަމާއި ގުޅިގެން ދަޢުލަތުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ދަޢުލަތުން ހުށަހަޅާފައިވާ މުޙިއްމު ހެކިތަކުގެ ތެރެއިން ބައެއް ހެކިވެރިންގެ ހެކިބަސް ޝަރީޢަތުގައި ދިނުމަށް އެމީހުން ދެކޮޅު ހަދަމުންދާ ކަމަށާއި، ހެކިބަސް ދޭ ފަރާތްތަކަށް ޖިސްމާނީ ގޮތުންވެސް އަނިޔާ ލިބެމުންދާ ކަަމަށެވެ.

Yamin Maru
ޔާމީން މަރުގެ މައްސަލާގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އަހުމަދު ޒިހާން އިސްމާއިލް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"އިއްޒަތްތެރި ޤާޟީ. މީގެ ކުރިންވެސް އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ، މި މައްސަލައާއި ގުޅިގެން ދަޢުލަތުން ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވަމުން ދާ ވަހަކަ. އެމީހުންނަށް ޖިސްމާނީ ގޮތުންވެސް އަނިޔާ ލިބެމުން އެބަދޭ. މިކަން މިހާރު ފުލުހުންވެސް ތަޙުޤީޤު ކުރައްވަމުން ދަނީ. ހުރިހާ ހެއްކެއްވެސް ހުށަހަޅާފައިވާނީ އެމީހުން ޝަރީޢަތުގަ ހެކިބަސް ދޭނެ ކަމަށް ބުނުމުން. ނަމަވެސް މިހާރު ހެކިބަސް ދޭން އެމީހުން އެބަ ދެކޮޅު ހަދާ." ދަޢުލަތުން ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިޔާ ދިން ހެކިބަހާއި ގުޅިގެން ދިފާޢުން އެއްވެސް ސުވާލެއް ކުރަން ބޭނުން ނުވާ ކަމަށް ހުރިހާ ދިފާޢީ ވަކީލުންވެސް ވަނީ ވިދާޅުވެފައެވެ.

Yamin Maru
ޔާމީން މަރުގެ މައްސަލާގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ މުހައްމަދު ދިފްރާން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ދައުލަތުން މިހާރު ވަނީ ސިއްރު ހެކިވެރިޔާ 4 އާއި ހެކިވެރިޔާ 7 ވެސް ހާޒިރު ނުކުރުން ނިންމާ، އެ މީހުންގެ ނަންތައް އަނބުރާ ގެންގޮސްފައެވެ. އަދި މީގެ އިތުރުން، ހެކީގެ ގޮތުގައި ހުށަހަޅާފައި ހުރި ބައެއް ލިޔުންތައްވެސް މިހާރު ވަނީ އަނބުރާ ގެންދަން ނިންމާފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން ދެން އަޑުއެހުމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެލް ބޯޑު ސަރުކާރު

  ސިއްރު ހެކިވެރިންގެ ނަންތައް ނުޖެހޭ ދޯ މަޖިލީހުގެ ރައީސަށާއި އޭނަގެ އައުވާނުންނަށް އެގޭކަށެއް. ތިހެން ވީމާ އެބަ ހެކިވެރިން މަދުވޭ

  31
 2. Alibe

  ސުއޫދު މިކަމުގެ ޒިންމާ ނަގަންޖެހޭ، އެއީ ރައީސުލް ޖުމްހޫރިއްޔާގެ އިޒުނަނެތި މަޖިލިސްގެ ރައީސަށް ރިޕޯޓްދީ ސިއް ރު ހެކިވެ ރިން ފާޅުކު ރީމަ.

  23
  1
 3. ރަޝީދު

  ސިއްރު ހެއްކެއް ނުނެގޭނެ. އެއީ ހެކި އުފައްދަން ކުރާކަމެއް، އެހެން ވީމަ ދޮގުހެކިދޭން އޭނަ ބިރުގަތީ

  26
  1
 4. ޖާޒީރާ ބޯއީ

  މިސަރުކާރު ފެއިލްވެ ލާދީނީ ފިކުރުތަށް ޕްރޮމޯޓްކުރާ އެކަމަށް ހިތްވަރުދޭ ބަޔަކަށް މިސަރުކާރުވެއްޖެ. މުޅި ގައުމު ކުށުގެ ވެއްޓަކަށް ބަދަލްވަނީ.