ޕްރެޝަރު ބޮޑުވެގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި މެދު ފިޔަވަޅު އަޅަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު އެމްޑީއެން އާއި މެދު ފިޔަވަޅު އަޅަން މި ގޮވާލެއްވީ ރެޔާއި ހަމައަށްވެސް އެމްޑީއެން ދިފާއު ކުރަން ކުރެއްވި މަސައްކަތްތައް ރައްޔިތުން ބަލައިނުގަތުމުންނެވެ.

މިހެން ވިދާޅުވެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އެމްޑީއެން އާއި މެދުވެސް، ހަނގުރާމަ އަށް މީހުން ފޮނުވާ ފަރާތްތަކައި މެދުވެސް އަދި ގޮތް ނޭނގޭ މަރުތަކާއި ގުޅޭ މީހުންނާއި މެދުވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެންޑީއެމް ގެ ރިޕޯޓުގައި ނުރަނގަޅަށް ކޮށްފައިވާ ކަމަކީ ރަސޫލާ އަށް ސަލަވާތް ނުކިޔެވުން ކަމަށާއި ރަސޫލާ ގެ ނަންފުޅަށް ފަހު (ސ.އ.ވ) ނެތް ކަން ކަމަށާއި އެއީ އެކަލޭގެފާނުގެ ނަންފުޅާއި ކަރާމާތަށް ދޭން ޖެހޭ ގަދަރު ނުދީ އޮތުން ކަމަށެވެ.

އޭގެ ފަހުން ރޭގެ ވަގުތެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމްވެރިން ވަނީ އެއީ އިސްލާމް ދީން ބަލިކަށި ކޮށްލައި، ފިތުނަ އުފެއްދުމަށް ނެރެފައިވާ ރިޕޯޓެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެ ރިޕޯޓްގެ އިބާރާތްތައް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުވި ނަމަވެސް އެއީ އިނގިރޭސިން ލިޔަން އުޅެނިކޮށް ވެފައިހުރި ގޮތެއް ކަމަށެވެ. "އެއީ އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް، އެއީ ވާގޮތެއް ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔެވުމުން." ނަޝީދު ވިދާޅުވެފައި ވެއެވެ.

ރެއާއި ހަމައަށް އެމްޑީއެންގެ ރިޕޯޓު ދިފާއު ކުރައްވައި ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާއިރު، ރައީސް ނަޝީދުގެ ސަޕޯޓަރުން ހިމެނޭހެން އާއްމު އެތައް ރައްޔިތުންނެއް ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އެލް ބޯޑު ސަރުކާރު

  ހެއްހޭ. އަބަދުވެސް ލާދީނީ ފިކުރު ޕުރެޝަރުގަ ތިބުމަކީ އަޅަމެން އެދޭގޮތް. ނަސީދަކަސް ހެޔޮ އެއްޗެއް ކިއިދާނެތާދޯ

  92
 2. އަލިބެއްޔާ

  ހައްޔަރުކޮށް ޙުކުމް ކުރަންވީ.. ސިޔާސީ ނުކޮށް ކަންކަން އިސްލާހު ކުރަންވީ..

  81
  1
 3. އަޙްމަދު

  ހެހެހެހެހެ! ﷲގެ އިރާދަ ފުޅަކީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނެ ނިންމުމެއްނޫން. ނަޝީދު އާއި ނަޝީދުގެ ބައިގަނޑު އިތުރަށް ފަޞީޙަތްކޮށް އެބައި މީހުންގެ އަޑީ ނޭނގޭ ރޭވުންތަކުން އަޅަމެން ސަލާމަތް ކުރައްވާށި. އާމީން

  135
  2
 4. ޖަރުމަނު ސަފީރު

  އެމްޑީއެން ގެ ތަރުޖަމާނު ކަލޭގެ؟ މިހުރިހާ ފަސާދައެއްގެ އައްޕަ. މިމުނާފިގު ކަލޭގެ ކިބައިން މިޤައުމާއި، އިސްލާމްދީން ސަލާމަތް ކުރައްވާންދޭވެ. އާމީން.

  112
  6
 5. ވިސްނާ

  ތިކަލޭގެ ނިންމާނިންމުންތައް ވަރަށްރަގަޅަށް ދިރާސާކުރަންވާނެ އެއީ ވެރިކަން ކުރެވުނުގޮތުން
  ރަށްޔިތުން ރަތަށްއެރުމުން ގޮތެއްނެތިގެން އަމިއްލައަށް ވެރިކަމުން އިސްތިއުފާދީފަ ބަގާވާތަކުންވެރިކަންވައްޓާލީކަމަށް ބުނުމުން މިކަމުގެރުޅީގައި ހަމައެއްލަމައެއްނުބަލާ ގައުމުގެ އެކިތަންތަނުގައި ބަޔަކު ހުޅުޖަހާ އަންދާލުމުން ގައުމާ ރަށްޔިތުންނަށް ބޮޑެތިގެއްލުންތަކެއްލިބުނު މިފަހަރުވެސްއިސްލާމްދީނާދެކޮޅު ރިޕޯޓެއްނެރުމުން މުސްލިމްވަރަށްގިނަފަރާތްތަކަކުން އެރިޕޯޓާދެކެޅުހަދާ ރިޕޯޓްނެރުނު ޖަމްޢިއްޔާ އުވާލުމަށް ރަށްޔިތުންގެތެރެއިން ބޭފުޅުންކޮޅެއް ޕުރެޝަރުކުރަމުންދިޔައިރުވެސް ނަޝީދުގެ ބަސްމަގުހުރިގޮތް ވިސްނަވާ ފަހުވަގުތުމިފަދަގޮތަކަށް ގޮވާލެއްވުމުގެއަޑީގައިވަނީ ކޮންކަމެއްކަން
  މޮޅަށް ދެނެވޮޑިގެންވަނީ ﷲ ވެރިކަމުން އިސްތިއުފާދެއްވިފަހަރު

  64
  1
 6. މަގޭ ޚިޔާލު

  ކަލޯ މިފަހަރުވެސް ބޮލުގައި ބަޑި ޖައްސާފައި ހުރީމަތަ ތިގޮތަށް ޓުވީޓު ތިކުރީ؟ ރައްޔިތުންގެ ކުރިމަތީ މީހާ އެއްކޮށް ބަރަހަނާ ވީމައެއްނު ހެޔޮކޮށް ޓުވީޓެއް ކޮށްލަން ތިއެނގުނީ. ބަޔަކު ކަލެޔާހެދި މަރުދަންޖެހުނަކަސް މަށަކު ކަލެއަކަށް އަދި ކަލޭ ގޮވައިގެން އުޅޭ ޖަމާއަތަކަށް ދުވަހަކުވެސް ތާއީދެއް ނުކުރާނަން. އިންޝާ ﷲ.

  64
 7. އިބްރާހިމް

  ނަޝީދު ވިދާޅުވީ ލާދީނީ ޔުނިވަރސިޓީތަކުން ކިޔެވީމާ ދެންކުރެވޭނީ އިސްލާމްދީނަށް ފުރައްސާރައެވެ. މިހާރު މިވަނީ އެހެންނެވެ.

  51
  1
 8. ލޯބިވާ ވަޠަން

  ބައެއް ޔުނިވަރސިޓީތަކުގައި ކިޔެވީމަ ވާގޮތެކޯ. ހަމަ ހިނި އަންނަނީ. އެއީ ވަކި ތަނަކުން ކިޔެވީމަ ވާގޮތެއްތަ. ތީ ލާދީނީ ވީމަ ޖެހިފައި ތިބޭ ބައްޔެއް.

  18
 9. ބަޑިތަކުރު

  ކާކުތޯ ބޮލުގައި ބަޑި ޖެއްސީ. ކާކުތޯ ބަޑި ހިފައިގެން އައިސް ހުރީ. އަނެއްކާ މާދަމާ ބަޑިޖައްސާފައި ކުރުވި ކަމެކޭ ނުބުނާނަންތޯ؟

  37
  • ހުސޭނުބޭ

   ބޯގޯސްވިލާ ކޮންމެވެސް ބޭފުޅެއް! ސަހިންދާކަން ނޭގެ!

 10. ގްރެފައިޓް އެންޑް

  ވަރަށް ރަގަަޅު. ނަޝީދު ކިތަންމެ ނުކުރަން އުޅުނަސް ނަޝީދުގެ އަގައިން ވެސް ނޫނީ އަތުން ވެސް ޝަހިންދާއާއި އޭނަގެ އައުވާނުންގެ ޢަމަލު ކުއްވެރި ކުރެވި އަދަބުދޭން މިވަނީ ގޮވާލެވިފައި. އިލާހީ ޤާނޫނުގެ ކުރިމަތީ ނަޝީދެއް އަޅުގަނޑެއް ޝަހިންދާއެއް ޝަމީމެއް އިބްރާއެއް މިއީ އެއްވެސް ބާރެއް އާރެއް އޮތް ބައެއް ނޫން. އިލާހުގެ ނިކަމެތި މަހްލޫގުން އިލާހް ދެއްވި ޝަރަފަކާއި ބާރެއް ދެއްވި މިންވަރަކަށް ނޫނީ ލިބިގެން ނުވޭ.

  15
 11. ސުޢޫދު

  ޢެބަތިރިވޭ ވަގުތުނަގާނެ ތަންކޮޅެއްމަތިވީމަ.

  9
  1
 12. ރަށުމީހާ

  ހުންނާނީ ރަނގަޅަށް ހޭއަ ރާފަ.އަދިވެސް މު ރުތައްދުވެފައި ތިބި މީހުންނައިގެން އުޅެވޭތޯ ބަލާ.ޑިމޮކް ރަސީއޭ ކިޔާފަ މީ މިޤައުމުގެ ހަލާކު

 13. ޚުލް

  ނޫން!ވަގުކަލޭގެ ކިބައިން ގައުމު ސަލާމަތް ކުރަން ޖެހޭ.

 14. ހަރަތޮ

  ނޫޝީން އަށް ފިޔަވަޅު ނާޅައި ދޫކޮށްލައިފިއްޔާ.......! މީވަރަށް ވާހަކަ

  13
 15. ނަމީފު

  ޔާމީން ދެއްކި ލާދީނީ ވާހަކަތަށް ތަޙުޤީޤުކޮށް ފިޔަވަޅު އަޅަންޖެހޭ.
  1 ﷲގެ ދެވަނަ ދަރިކަލެއްގެ ވާހަކަ
  2 ޕީޕީއެމް އަކީ ނޫހުގެފާނުގެ ނައުކޮޅޭ ބުނުން
  3 ސުވަރުގެޔަށް ދާން މިރާއްޖޭގައި ވޯމަޕްކުރުން
  4 ރައްޔިތުންނަށް އަފިހުން ކާންދޭ ވާހަކަ
  5 އަމިއްލަގެޔަށް ހަލާލުނުން ފައިސާ ވަން ވާހަކަ
  އަދިވެސް އަދިވެސް ..

  2
  1
  • Anonymous

   އަދިވެސް އަދިވެސް ކިޔައިދީބަލަ. ނޭނގުނުދޯ. ތީ ވާ ވަރަކީ ރީނދޫ ލާދީނީންނަށް

 16. ަިޔާމިނާ

  ކޮބާ ޔާމީން ދެއްކި ލާދީނީ ވާހަކަ. ﷲ ގެ ނަންފުޅުގަނެ 2 ވަނަ ދަރިކަލެއްގެ ވާހަކަ.
  ކޮބާ ޕީޕީ އެމް ނޫހުގެފާނުގެ ނައުކޮޅަށް ހެދި ވާހަކަ.

  1
  1