މިހާރު ޕީޕީއެން އާއި ޕީއެންސީގެ ނަމުގައި ދައުރުވަމުންދާ، ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރެލީ ނޯންނާނެ ކަމަށް ބުނާ އެސްއެމްއެސް އަކީ އެމްޑީޕީ މީހުން ރާވައިގެން ކުރަމުން އަންނަ ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފަައިވަނީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދުރޭ ވިދާޅުވީ، މާދަމާ ރޭ ބެއްވުމަށް ހަމަޖެހިފައިވާ ރެލީ ނޯންނާނެ ކަމަށް ބުނެ ދައުރުވަމުންދާ އެސްއެމްއެސް އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ކޯލިޝަންގެ ސަޕޯޓަރުންނަށް ދަންނަވާލަން އޮތީ އެއީ ފޭކް އެސްއެމްއެސް އެއް ކަމާއި މާދަމާގެ ރެލީ ކުރިއަށް ދާނެ ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، އިއްޔެ އަކީ ޕީޕީއެމްގެ ރައީސް ޔަމީން އަބްދުﷲގެ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވި ދުވަސް ކަމުން ކަން ހިނގާދިޔަ ގޮތުން ސަރުކާރު ޖެހިލުން ވެގެން އެމްޑީޕީ އިން ރާވައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

"އިއްޔެގަ އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމްގެ ޝަރީއަތުގެ ހުލާސާ ބަޔާން ހުށަހެޅި ދުވަސް އިއްޔެއަކީ. އެވަގުތު އެމަނިކުފާނު ރިސީވް ކުރަން އަޅުގަނޑުމެން އެތަނަށް ދިޔާމަ ކަންހިނގާދިޔަގޮތުން މިސަރުކާރު މިވަގުތު ވަރަށް ޖެހިލުންވެފައި އޮތްކަން އަޅުގަނޑުމެންނަށް އިނގޭ. އެހެން ކަމުން މިއީ ހަގީގަތުގައިވެސް އެމްޑީޕީން ރާވައިގެން ކުރަމުން ގެންދާ ކަމެއް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މާދަމާ ރޭ ބެއްވިގެން ދާނެ ރެލީ އަކީ މިހާތަނަށް އެކޯލިޝަނުން ބާއްވާ އެންމެ ކާމިޔާބު އެއް ރެލީ އަށް ވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓިނު

    ހިސާބުޖަހާފަ ބެލީދޯ

    2
    5
  2. ވެންޕާސީ

    މެސެޖް ލެޓިނުން ލިޔަން ޖެހުނީމާ ބަދަލު ވެފައި ހުރެދާނެ. ޑޯންޓްވޮރީ. ޕްްލީސް ކޮންޓެކްޓް ސޮނިފައިބާ

    3
    1
  3. މަރިިިިިީ

    ސަަަަާބަހެެެ