ޔޫތް މިނިސްޓްރީން މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކޮށްފިއެވެ.

އެ ޖަމިއްޔާ ސަސްޕެންޑްކޮށް ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޖަމިއްޔާއިން ޝާއިރު ކުރި ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

"ޖަމިއްޔާތުގެ ގަވާއިދުގެ 39 ވަނަ މާއްދާއިން، ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކްގެ ހަރަކާތްތައް، 10 އޮކްޓޯބަރު 2019 ވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް އަންގަމެވެ".އެ ޖަމިއްޔާ ސަސްޕެންޑް ކުރި ކަން ހާމަކޮށް ޔޫތް މިނިސްްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ސަރުކާރުން އެމްޑީއެން ޖަމިއްޔާ ސަސްޕެންޑްކޮށްފައި ވަނީ އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ގޮވަމުން ދަނިކޮށެވެ. އަދި އެ އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ދަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ދީނާ ޚިލާފު އެތައް ކަމެއް ހިމެނެއެވެ. އެގޮތުން ކީރިތި ރަސޫލާ އިސްރާއާއި މިއުރާޖަށް ވަޑައިގަތުމާ ގުޅޭގޮތުން ނޭދެވޭ ވާހަކަތަކެއް ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ ގޮތުން އެހެން ދީންތަކަށް ހުރުމަތް ކެނޑޭ ކަމަށާއި އޭގެ ސަބަބުން ކުދިން ދީނީ ގޮތުން ހައްދުފަހަނައަޅާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. އަންނި

  ކީއްވެބާ އުވާލަން ނުކެރުނީ؟

  81
  3
  • ޒަކް

   ޖަމުއްޔާއެއް އުވާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށް.. އޭގެ ފަހުން އުވާލާ ގޮތަށް އޮތީ.. ޓައްކިޔާފަ އުވާލައިފިއްޔާ ޝަހިންދާ ދާނެ ބަދަލު ހޯދަން

   9
   20
  • ކިނބޫ

   އޭރުން ސަރުކާރު ވެއްޓިދާނެ

   31
   1
 2. ނުފުދޭ

  ތިޔަވަރަކުން ނުފުދޭނެ. ޖަމާއަތް އުވާލާ. ރިޕޯޓް ނެރުނު މީހުންގެ ފުރިހަމަ ތަހްގީގެއް ހިންގައި ޙައްގު އަދަބު ގާނޫނީ އިމުގެ ތެރެއިން ދެއްވާ! މިފަހަރު މި ނޫން ގޮތެއް ގަބޫލެއްނޫން. ލައްކަ ދުވަހު ތިޔަ ބޯގޯސްވިލާގައި ތިޔަ ކުޅިވަރެއް ކުޅެފި.

  97
  2
  • ކޮތަރު

   އިބޫގެ ނުކުޅެދުންތެރިކަން މާ ބޮޑު

   33
   3
  • ތެދު

   ޖަމައަތް އުވާލާ އެމީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެ!

   33
   1
 3. މަގޭ ޚިޔާލު

  އެމްޑީއެން ސަސްޕެންޑް ކުރިޔަސް މައްސަލަ ހައްލުވިކަމަށް ވާނީ ޖަމިއްޔާތަކުގެ ދަފްތަރުން އެމްޑީއެން އުވާލުމާއެކު، އެމްޑީއެންގައި އިސްކޮށް ހަރަކާތްތެރިވެ ރިޕޯޓް ތައްޔާރުކުރި މެމްބަރުންނަށް ގާނޫނީ ފިޔަވަޅު އެޅުމުން.

  35
  1
 4. މޮހަދު

  ބޮޑު އަދަދަކުން ޖުރުމާނާ ކުރަންވެސްޖެހޭވަރު ކަމެށް ތިހާފަސޭހަކޮށް ދޫކުރުން ޤަބޫލެއްނުކުރެވޭނެ

  28
  1
 5. ާޗައުނާ

  އަހަރެމެންނައް އިނގޭ ތިޔަވަރުކަން ކޮއްލެވޭނީ. ތިޔައީ އެމީހުން ހިމާޔަތްކުރަން އަދި ފަރުދީޒިންމާއިން ސަލާމަތްކުރަން ޖަހާލި ޖަމަލުފޮޑިއެއް.

  33
 6. ޖަމިއްޔާ

  ތިހެން މަހްލޫފުވެސް ތަންކޮޅެއްކުރިންސަސްޕެންޑުކުރި ސަސްޕެންޑެއްނޫންކުރަންވީ އުވާލަންވީ

  27
 7. އަހުމަދު

  އުވާލާ! އެހެންނޫނީ މަގުތަކަށް ނިކުމެ ގަދަބާރުންވެސް އުވާލައްވުވާނަން....ﷲ އިރާދަކުރެއްވީއާ..

  31
  1
 8. މަރިޔަމް މޫސާ

  ޖަމްއިއްޔާގެ ހުރިހާ އެއްޗެއް ސަރުކާރުގެ ވެހިކަލްތަކުގައި ތަންތަނަށް އުފުލައި ރައްކާކޮށްފައި، އެހެން އިމާރާތެއްގައި އެހަރަކާތްކުރިޔަށް ގެންދާން އިބޫ ސޯލިޙު ލަފާ ދީފައި މިކުޅެނީ ކޮން ޑްރާމާއެއް. ޤާނޫނުގައި އޮތީ ސަސްޕެންޑްކުރާކަށް ނޫން. ޖަމުޢިއްޔާއުވާލައި އެ މީހުން ހައްޔަރުކުރޭ!

  29
 9. ސިކުނޑި

  ޝަހިންދާމެނަށް ފިޔަވަޅު ނާޅައިފި ނަމަ މާދަން އާ ޖަމްޢިއްޔާއެއް ހަދައިގެން ނިކުންނާނެ. ޖަމްޢިއްޔާ އުވާލުމައްފަހު އޭގައި ޝާމިލްވި އެންމެނަށް ޙައްޤު އަދަބުދީ، ދެން ދުވަހަކުވެސް އެއިން މީހަކަށް ޖަމްޢިއްޔާއެއްގައި ޙަރަކާތްތެރި ނުވެވޭނެ ގޮތް ވެސް ހަދަންވީ

  26
 10. ާިއިއްމަ

  އުވާލާނެހާ ހިތްވަރެއް ހޯމްމިނިސްޓަރުގެ ނެތް.

  28
  • ޢަލީ އަޙުމަދު

   މިހާރު ޖަމުއިއްޔާތައް އޮންނަނީ މަޚުލޫފްގެ ދަށުގައި. ހޯމް މިނިސްޓްރީގެ ދަށަކު ނޫން. ޙަމައެކަނި މަޢުލޫމާތަށްޓަކައި ބުނެލީ

   16
   1
 11. ކިނބޫ

  ރަޖިސްޓަރީ އޮންނަނީ ހޯމް މިނިސްޓްރީގަ. ސަސްޕެންޑު ކުރަނީ ޔޫތު މިނިސްޓްރީން. ކިހާ ފައްކާ.

  20
  5
  • ޢަލީ އަޙުމަދު ވަހީދު

   މިހާރު ޖަމުއިއްޔާތައް އޮންނަނީ މަޚުލޫފްގެ ދަށުގައި. ޙޯމް މިނިސްޓްރީގެ ދަށަކު ނޫން. މަޢުލޫމާތަށްޓަކައި ބުނެލީ

   15
   1
  • ކަނީރު

   ދެލޯފުޅާ ވާނުވާ އެނގިގެން ވާހަކަ ދެއްކުން ނުވަތަ ކޮމެންޓުކުރުން ބުއްދިވެރި.

   4
   2
 12. ކާފަބޭ2019

  ސަސްޕެންޑެއްނޫންކުރަންޖެހޭނީ އުވާލާފަޝަރީއަތް ކޮށް ހައްގުއަދަބުދެއްވާ ،އުމުރުދުވަހައްވެސް،މިނޫންގޮތަކަށް އެމްޑީޕީއަކަށްމިއާއިލާވޯޓެއްނުލާނެ!

  25
 13. ޔޭޔޭ

  ސުވާލަކީ، ފުލުހުން މައްސަލަ ބަލާ ނިމޭނީ ކިހާ ދުވަހަކުތޯއެވެ؟

  22
 14. ރޯޒު

  މަކަރުވެރިކަމުގެ ފޭރާމުގަ އެހެންމީހުން ޖައްސާން ނޫޅުއްވާށޭ!
  އުވާލައްވާންޖެހޭނީ!
  އެހެންގޮތެއް ނޯންނާނެ!
  މުނާފިގުންގެ އަލާމާތެއް ދެފުއްދެގޮތްވުމަކީ!

  30
 15. ޑ

  الحمد لله.

  14
  1
 16. ހުޖީ

  ނޫޝީން އަށް ފިޔަވަޅު ނާޅައިފިއްޔާ މިސަރުކާރުގެ ހުރި ނިޔަތްނުބައިކަން އެންމެނަށް އެނގޭނެ!

  12
  1
 17. ނަގޫރޯޅި

  ސިޔާސީ ހި މާޔަތުގެ ތެރޭން ރޭވިގެން ސަހިންދާ ޖަރުމަނައް ފުރުވާލައިފި