މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފާ ރެލީ އަކީ ކާމިޔާބު ވާނެ ރެލީ އެއްކަން ޔަގީންވެއްޖެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ނަމުގައި ފޭކް އެސްއެމްއެސް އެއް ދައުރުވަމުންދާތީ ނޫސްވެރިނާއި ބައްދަލުކުރައްވައި ޝުޖާއު ވަނީ އެއީ ކަނޑައެޅިގެން މިރޭގެ ރެލީއަށް މީހުން ގިނަވެދާނެތީ ބަޔަކު ފޮނުވަން އަންނަ އެސްއެމްއެސް އެއް ކަމަށް ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ، ޕީޕީއެމް އަކީ އެއްވެސް ގޮތަކަށް ކައިރީގެ ރަށްތަކުން ދޯނިފަހަރުގައި ރައްޔިތުން ގެންނާނެ ޕާޓީއެއް ނޫންކަމަށާއި އެފެންވަރުގެ ޕާޓިއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ގޮތުން އެދިގެން އަންނަ މީހުން ވަރަށް ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިސަރުކާރު ދެކެ ހިތްހަމަ ނުޖެހޭ އެތައް ރައްޔިތުން އެބަ ތިބި ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ބައެއް މަސްވެރިންނާއި ދިމާވެ ހިތުގެ އުދާސްތަކުގެ ވާހަކަ އެފަރާތްތަކާއި މަސްވެރިން ހިއްސާކޮށްފައިވާ ކަމަށް ޝުޖާއު ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން އޮޑި ދޯނިފަހަރު ކުއްޔަށް ހިފައިގެން ކައިރި އަވަށްޓެރި ރައްތަކުން މީހުން ގެންނާކަށް ނުޖެހޭ. އެފެންވަރުގައި އޮތް ޕާޓީއެއް ނޫން ޕީޕީއެމް އަކީ އަަޅުގަނޑުމެން ކޯލިޝަނަކީ. މާދަމާގެ (މިރޭގެ) ރެލީ އަކަށް އަޅުގަނޑުމެން އަތޮޅުތެރެއިން މީހުން ނުގެންނާނަން. އެއްވެސް ރަށަކުން އަޅުގަނޑުމެން ދައުވަތެއް ނުދޭނަން. އެހެން ނަމަވެސް އަމިއްލަ ގޮތުން މިތާ ކައިރި ރަށެއްގައި އުޅޭ މީހަކު އައުމަކީ ތަފާތު ކަމެއް" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިރެލީ ކާމިޔާބުވާނެ ކަން މިހާރު ޔަގީންވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އަވައްޓެރި ރަށްތަކަށް ދައުވަތު ދީގެން ރެލީގައި މީހުން ގިނަ ކުރުމުގެ ނަމަކު މީހުންނެއް ނުގެންނާނަން. އަޅުގަނޑުމެންނަށް އިނގޭ މި ރެލޭ ވަރަށް ކާމިޔާބު ވާނެ ކަން. ސަރުކަރުން މިހާރު އެއަޅާ ތުރުތުރުންވެސް އަޅުގަނޑުމެންނަށް އެކަން ވަރަށް ބޮޑަށް ހާމަ ވެގެން އެބަ ދޭ" ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބާއްވާ ރެލީ އޮންނާނީ މިރޭ 21:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށް އެޕާޓީތަކުން ބުނެއެވެ.

އަންނަ އަހަރު ކުރީކޮޅު އޮންނަ ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ މަސައްކަތް އެޕާޓީން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަކީ

    ޝުޖާއު ވިސްނާ ލައްވާ ޔާމީން ސަރުކާރުގަ އެއްވެސް ބަޔަކަށް ރެލީއެއް ޖަލްސާއެއް ބޭއްވޭ ގޮތެއް އޭރު ނެހެދީ ތުރުތުރު އަޅާތީ ނޫން ތޯ ހަމަ މިސަރުކާރު އައުމާއެކު މިހާރު ރެލީ ބޭއްވޭ ގޮތް މި އޮތީ ވެފަ އެހެން ވީމަ ތުރުތުރު ނާޅާނެކަން އެންގެނީ ހެހެ

    27
    14
    • Anonymous

      ޖާހިލު މީހުން ތުރުތުރު ނައަޅާނެ.

      5
      12
  2. ލަކީ

    ޙެހެ ރަންގަޅު ވާހަކައެއް ޕީޕީއެމް އިން ނުގެންނާނެ ކާރި ރަށްތަކުން މީހުން އެކަން އެންގިގެން ދިޔަ އައިލޭންޑު އޭވިއޭޝަނަށް އިންތިހާބު ނިމުނު އިރު ދޭންހުރި ފައިސާއިން ވެސް އެންގޭ ވަރަށް ބާއިވަރު މީހުން އަންނާ ޝުޖާއު ސުޓޭޑިއަމް ސަރަހައްދު ވެސް ކުޑަ ވާނެ ނޫންތޯ މީހުން ގިނަކަމުން

    22
    4