ރާއްޖޭގައި މިހާރު ފެންމަތިވެފައިވާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓަކީ ކުރީގެ ސަރުކާރުން ނެރެފައިވާ ރިޕޯޓެއް ނަމަ އެންމެން ތިބޭނީ ޖަލުގައި ކަމަށް ކުރީގެ ބާރަށު ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުއްޖެއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ ފެންމަތިވެފައިވާ ރިޕޯޓަކީ ކުރީގެ ސަރުކާރުން ނެރެފައިވާ ރިޕޯޓެއް ކަމަށް ބުނެ ފެތުރެމުންދަނީ ދޮގު ވާހަކައެއް ކަމަށާއި އޭރުގަ ނެރެފައިވާ ރިޕޯޓާއި މިހާރު ފެންމަތިވެފައިވާ ރިޕޯޓަކީ ވަރަށް ތަފާތު ރިޕޯޓެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރު އޮތް އިރު ރިޕޯޓް ތި ލެވެލް އަކަށް ނުވެސް ކެރޭނެ ނެރޭކަށް. ނުވެސް ނެރޭ. ބައިބަޔަށް ވަރަށް ކުރުކުރުކޮށް ޑިމޮކްރަސީގެ ހަމަތަކޭ ކިޔައިގެން ނެރެފަ އޮންނާނީ. މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ދީނަށް ގޮންޖަހާ، އަޅުގަނޑުމެންގެ ދީނަކީ އެއްވެސް އެއްޗެއް ނޫންކަމަށް ހަދާ ރިޕޯޓް ލިޔާ މީހުން ނުތިބޭނެ އަޅުގަނޑުމެންގެ ސަރުކާރުގައެއް. ތިބޭނީ ޖަލުގަ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ނެރެފައިވާ ރިޕޯޓެއްނަމަ އެކަމަށް ޝަމިލްވާ އެންމެ ތިބޭނީ ޖަލުގައި ކަމަށެވެ. އަދި އެކަމެއް ކުރާ ފަރާތްތަކުން ތިބެންޖެހޭ ފިލައިގެން ސިއްރުން ކަމަށާއި ފާޅު ވާއިރަށް ޖަލަށް ލާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެރިކަމަށް އާދެވިއްޖެނަމަ އެ ރިޕޯޓް ނެރެފައިވާ އެޔަށް ޝަމިލްވާ ހުރިހާ ފަރާތްތަކުން ޖަލަށް ލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި މި ރިޕޯޓް ނުކުތްނަމަ މި ރިޕޯޓް ލިޔުނު ހުރިހާ އެންމެން ތިބޭނީ ޖަލުގަ. ވަގުވަގަށް ކުރާކަމެއް ގޭތެރޭގައި ސިއްރުން ތިބެގެން ކުރަން ޖެހޭނީ. ފާޅުވަމުން ޖަލުގަ ތިބެންޖެހޭނީ. ދެންވެސް އަޅުގަނޑުމެން ވެރިކަމަށް އައިސްފިއްޔާމު މިމައްސަލަ ބަލާނަން މީގެ ޝާމިލްވާ ހުރިހާ އެންމެންތިބޭނީ ޖަލުގަ" ޝުޖާއު ވިދާޅުވިއެވެ.
ޙެހެ ޕީއެންސީ ޕީޕީއެމް ގެ ތިބީ ހަމަ އެއްބަޔަކު އަދުރޭ އާ ދެތިން މީހަކު
ލަކީ ތީހަމަގައިމުވެސް ލާދީނީ އޮއެވަރުގައި ޖެހި ބެހެމުންދާ ކުއްޖެއް.
ކަލޭމެން ވެރިކަމުގަ ނެރުނު ރިޕޯޓެއް އެއީ.އެކަން ވަރަށް ސާފުކޮށް އެއޮތީ އިގެން.އެދުވަހު ތިޔަ ރިޕޯޓް ނެރުން މީހުން ހައްޔަރުކޮށް ތިޔަ ބުނާ އެމް.އެން.ޑީ ކިޔާ ބަޔަކު ޖަމިއްޔާއެއް ހަދަން ހުއްދަދިން ނަމަ މިއަދު މިހެން ވާކަށް ނުޖެހޭނެ.އަބަދުވެސް މަކަރާތް ހީލަތުން ފިތުނަ އުފަދަން އުޅޭ ބައެއްތީ.ރައްޔިތުން ބަލައިނުގަނެ ބޭރުކުރީމަވެސް ސައިޒުނުވެ ތިޔައުޅެނީ.ތިހެން އުޅޭ އެންމެން ސައިޒުވާނެ ދުވަހެއް އަންނާނެ.އިންޝާﷲ
1) 2016ވަނަ އަހަރުގެ ރިޕޯޓުގައެއް ނެތް މިގޮތަކަށް އިސްލާމްދީނަށް ފުރައްސާރަ ކޮށްފައެއް. ކޮބާތަ އެކަމުގެ ހެކި. ދިވެހިންނަށް އެހެކި ދައްކަބަލަ! މިރިޕޯޓަކީ މިއަހަރު، އިހަށްދުވަހު ނެރުނު ރިޕޯޓެއް.
2) ތިޔަ ބުނާ އެމް.އެން.ޑީ ކިޔާ ބަޔަކު ޖަމިއްޔާއެއް ހަދަންވެސް، އެމް ޑީ އެން އެއް ހަދަންވެސް ހުއްދައެއް ނުދޭ ކުރީގެ ސަރުކާރުންނެއް. ކަލޭ ތިހުރީ ބޮއެގެންތަ؟
3) މަކަރާއި ހީލަތުގެ ބަޔަކީ ތިއީ. މަކަރުންނާއި ރިޝްވަތުން ކަލޭމެން މިސަރުކާރު ގެނައީވެސް. އެވަރުން ނުވެގެން މިރިޕޯޓް ލިޔުނު ޖަމާއަތުގެ ބޮޑުމީހުން ދޫކުރަން މުޒާހަރާކުރީވެސް ހަމަ ކަލޭމެން. ދެންކާކުތޯ ފިތުނަ އުފެއްދީ؟؟ ސައިޒުވިޔަސް ސައިޒުވާނީ ކަލޭމެން.
ޔާ ﷲ މިފަދަ މީހުންގެ ދޮގުތައް ބޭޒާރުކުރައްވާށި. އާމީން
ކަލޭމެން ވެރިކަމުގަ ނެރުނު ރިޕޯޓެއް އެއީ.އެކަން ވަރަށް ސާފުކޮށް އެއޮތީ އިގެން.އެދުވަހު ތިޔަ ރިޕޯޓް ނެރުން މީހުން ހައްޔަރުކޮށް ތިޔަ ބުނާ އެމް.އެން.ޑީ ކިޔާ ބަޔަކު ޖަމިއްޔާއެއް ހަދަން ހުއްދަދިން ނަމަ މިއަދު މިހެން ވާކަށް ނުޖެހޭނެ.އަބަދުވެސް މަކަރާތް ހީލަތުން ފިތުނަ އުފަދަން އުޅޭ ބައެއްތީ.ރައްޔިތުން ބަލައިނުގަނެ ބޭރުކުރީމަވެސް ސައިޒުނުވެ ތިޔައުޅެނީ.ތިހެން އުޅޭ އެންމެން ސައިޒުވާނެ ދުވަހެއް އަންނާނެ.އިންޝާﷲ
އަހަރުމެންނަށް ތިކަން އެގޭ މާކުރިންވެސް ، ދެމީހަކު ބާރަށް ފޮޑިއެއް ޖެހިޔަސް ޖަލައް ލާބައެއް ތީ........
ޔާގީނެއްނު... ރައީސް ޔާމިން ވަރެއް ނެތް
ގައިމުތާ! ވައްކަން ކުރަން ރައީސް ޔާމީން ވަރެއް ނެތް. އަދި ދުވަހަކުވެސް އެވަރެއް ނާންނާނެ ދެން
އިންސާނާއަކީ ހާދަހާވާ އަވަހަށް ހަނދާން ނެތޭ ބައެކެވެ. ތިޔަ ރިޕޯޓް ތި ސައިޒުގަ ނޫން ނަމަވެސް ހަމަ ތިވާހަކަތަކާ އެކު 2016 ވަނަ އަހަރު އިންޓަނެޓުގައި ޝާއިއު ކުރިއެވެ. އަދި އެމައްސަލަ ސިރޫ އާޓު ޕޭޖް ހިންގާ ސިއުހާން ޕީޕީއެމް އާއި ހިއްސާވެސް ކުރިއެވެ. ޔާމީން އަށް ވެސް ތިޔަ ރިޕޯޓުގެ މައުލޫމާތު އިންގޭނެއެވެ.
2015ގ ައި ނެރުން ރިޕޯޓެކޯ އެއީ އޭރު ކާކުތަ ވެރިކަމުގަ ހުރީ
އެކަން އެނގޭ ކަލޭމެންތީ ކަމެއް ނުވިޔަސް މީހުން ޖަލަށްލާ ބައެއް
ރިޕޯޓް ނެރުނީ ތިޔަ ސަރުކާރުގައި ކަމަށް ވަނީ ދެން ކީއްވެ ޖަލަށް ނުލީ
ކިހާރީތި ތިޔައުޅެނީ މިކަމާ ދެކޮޅަށް މުޒާހިރާއެއް ކޮއްލަން ވެސް ނިކުންނަން ނުކެރިގެން. ނަމައޭ ވަޅޯމަހޭ. ނުކިޔާ ކަޅޯ.
ތިހެން ބުނެލަން ތި ކެރުނީ ނަމަ އެ އްގަ ރިހަ ނުކެކޭނެކަން އެނގޭތީ.