ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނޫޅޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުމަށް ދޫކޮށްފައިވާ ކޯޓަވެސް ބާތިލުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުން ހުއްޓާލައިފައި ނުވާކަމަށެވެ.
އަދި މީގެ ކުރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންޑިއާ އާއި އެކު މަޝްވަރާކޮށްފައި ކަމަށާއި، އަދި އެފަދަ މައްސަލައެއް ދިމާވެފައިވާ ކަމުގެ އަޑުތައް އަރައިގެން ދިޔައީ އިންޑިއާއިން ބައެއް އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ބެލެވޭގޮތުގައި މިކަމުގައި އުޅެނީ ފޮރިން މައްސަލައެއް ކަމަށާއި، ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ފިޔާ ލިބޭނެކަމަށް ލަފާކުރާކަމަށެވެ. އަދި އެ ކަންކަމާއި ގުޅިގެން އެސްޓީއޯއިންވެސް ފިޔާގެ އަގު އުފުލިފައިވާކަމަށް އެސްޓީއޯގެ އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގެ ފިޔާ އެތެރެކުރާ އެހެން ކުންފުނިތަކުން ވަނީ އިންޑިއާއިން ފިޔަ އެތެރެ ނުކުރެވޭ ކަމަށް ބުނެފައެވެ.
މާލޭގެ ގިނަ ފިހާރަތަކުގައި މިހާރު ފިޔައި ކިލޯއެއް ލިބެން ހުރީ 35 ރުފިޔާއާއި 50 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކަމުން ދިޔައީ 15 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ފޮރިން މިނިސްޓްރީ އިން ފިޔާ ލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށް ބުނެފައި ވިނަމަވެސް އާންމު ވިޔަފާރިތަކުން ދަނީ ފިޔާ ނުލިބޭކަމަށްބުނެ ދުވަހެއް ދުވަހަކަށް ފިޔާގެ އަގު ބޮޑުކުރަމުންނެވެ.
ބާޒާރުމައްޗަށް ގޮސްފައި ފިހާރަ ތަކުގެ ސޭޓުން ގާތުގަ އަހާބަލަ! އިންޑިޔާ އިން ފިޔާ ލިބޭ ތޯ؟
1000ރ ފިޔާބަސްތާއެއް އެކަމަކުވެސް ފިޔާއެތެރެކުރުމުގައި މައްސަލައެއް މިބުނަނީ ދިވެހިން މިއީގަމާރުންތަ؟ ފަހެ ކޮބާތަ އަންނި ވެރިކަމާއި ހަވާލުވެ ރާއްޖޭގެ އެކޮނޮމީ ކޮޅައްޖަހާ މިމީހުންނަކައް މިކަމެއްނުވާނެ ޝާހިދު އިސްތިއުފާދޭންޖެހޭ
ސަ ރުކާ ރުން ރަށްޔިތުން ފެލަނީ
ދެން ކީއްވެގެން ތޯ، މިހާރު ފިޔާބަސްތާއެއްގެ އަގު 1000 ރުފިޔާއަށް މި އެރީ. ކުރިން 200 އާ 300 ޔާ ދޭތެރޭ ލިބެންހުރި. ދެން ކޮން ސަބަބަކާ ހެދިތަ މިހާ އަގުބޮޑުވީ...
އެތެކުރުމުގައި މައްސަލައެއް ނޫޅޫކަން އެނގޭ، އިންޑިޔާއިންނޭ ބޭރުނުކުރެވެނީ.....
އެހެންވެދޯ ފިޔާ ކިލޯ އެއް އެއުޅެނީ 45 ކަށާއި 50 ރ އަށް.......؟
ޙެހެ ކޮބާތޯ އުމަރު ނަސީރު އެބަެ ފުޅާ ފިޔާގެ ވާހަކަ ނުދާއްކާ އުމަރު ނަސީރަށް އަޅުގަނޑު ދަންނަވާލަން އިންޑިޔާއަށް ވިއްސާރަވެ ފިޔާދަނޑު ތައް ހަލާކު ވީމަ ފިޔާ އެތެރެ ކުރުން މަޑު ޖެހުނީ އިންޑިޔާއިން ފިޔާ ނުލިބުނީމަ ފިޠާގެ އަގު 1000 ބަސްތާ މިޖެހުނީ ބައްލަވާ އުމަރު ނަސީރު ހަމަ މިގޮތައް ރާއްޖެއަށް ކަމެއްދިމާ ވާ އިރު އެންމެ ކުރިން އެހީ ވާނީ ވެސް އިޑިޔާ އެހެން ވީމަ މޮޔަ ނުތަޅާތި އުމަރު
ބަލަ ކޮން އުމަރެކޭ ކިޔާކަށް. ނިމިގެން ދިޔަ ފަސް އަހަރުގަ ފިޔާގެ އަގުހުރީ 5ރފ އާއީ 20ރފ އާއި ދެމެދު، ނުދޭ މައްޗަށް އަރައިގެން. ހަމަ އޭރުވެސް ތި އިންޑިއާ ފެންބޮޑުވި، ހަމަ އެހެން ކާރިސާވެސް ދިމާވި. ބޮޑުނުވި ސަބަބަކީ އެހެން ގައުމުތަކުން އޮވޭ ރެޑީގަ އަބަދުވެސް ފިޔާ ގެންނަން. މިހާރު ވެރިކަމުގަ މިތިބަ ބައިގަނޑު ހަމައެކަނި އިންޑިއާ ލައިގެންނޫނީ ފޮޑިއެއްވެސް ނުޖެހޭ. އެހެންވީމަ މިހެން ދެން ދާނީ..
އެއްގޮތު ން ނުވިއްޔާ އަ ނެއްގޮތު ން ވޭތޯ ބަލަ ނީ. ރައްޔިތު ން ބިކަ ހާލުގައި ޖައްސާ މަޖުބޫރު ކުރުވަ ން އުޅެ ނީ އެހެ ން ދީ ން ތައް ގެ ންނ ނަ ން. ވަރަށް ވެސް ސާފު ތިކަ ން އުޅޭ ކަ ންތައް.
ޙެހެ ބައްލަވާ ކޮބާތޯ ތިބުނާ ޗައިނާ ފިޔާ