ދީނީ މިންގަނޑުތަކަށް ހަޖޫޖަހައި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމާއަތް ސަސްޕެންޑުކުރީ އެ ރިޕޯޓާ ގުޅިގެން ކުރަމުންދާ ތަހުގީގު ނިމެންދެން ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިހެން ވިދާޅުވީ ފޮރިން މިނިސްޓްރީގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޖަމާއަތް ސަސްޕެންޑު ކުރީ 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ނިސްބަވްތާ ގޮތަށް ހިމަނާފައި ހުރި ނޭދެވޭ ކަންކަމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދިއުމާ ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް (ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމެނޭ ގޮތަށް) ނަގަހައްޓައި އެ ހައްގުތައް ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބިދޭކަން ޔަގީންކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކީ އިސްލާމް ދީނުގެ ތަރަޙައިގެ ތެރެއިން ލިބިދޭ ހައްގުތަކެއް ކަން ހުރިހާ ފަރާތްތަކަށްވެސް ހަނދުމަފުޅުކޮށްދޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
"އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ރައްދުވާ ގޮތަށް ނޭދެވޭ ބަސްމަގު ބޭނުންކޮށްފައިހުރުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ފާހަގަކުރެވިގެން އަޅުގަނޑުމެން ވާނީ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅައި ސަސްޕެންޑުކޮށްފައި. އެ ޖަމިއްޔާ ސަސްޕެންޑުކޮށްފައިވަނީ ދައުލަތުން ފަށާފައިވާ އެމައްސަލައިގެ ތަހުގީގު ނިމެންދެން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އަނދުނެއް އެޅުވީ ދޯ. ދިވެހިން ތިހާ މޮޔަކަމަށްތަ ހީކު ރީ.
ދިވެހިން މޮޔަކަމަށް ދެކިގެން ސަރުކާރު އެއުޅެނީ. ސަރުކާރު ހޮވުނީވެސް ދިވެހިންގެ މޮޔަކަމުންތާ. ދެން މިސަރުކާރުން ހަދާއެއްޗެއް ބޭނުންވާގޮތަކަށް، ކިތަންމެ ލާދީނީވިޔަސް ދިވެހިންނަށް ކުރެވޭނެ ކަމެއްވެސް ނޯންނާނެ. މިހާރުވެސް ދިވެހިންނަށް ނުކެރޭ އެންމެން އެކުއެކީ ނުކުންނާކަށްވެސް.
އެމްޑީއެން ސަސްޕެންޑުކުރީ ތަހުގީގު ނިމެންދެނޭ؟ ގޮތެއްފޮތެއް ނެތް ސަރުކާރެއް.
ދެންއޯކޭ ތަހުގީގުނުކުރިއަސް ހަމަހޭގަހުރެމަގޭއަތުގަ މަށަށްވަޅިއެއްނޭޅޭނެ! ޝުކުރިއްޔާއެޖެންޑާ19
ޢިސްލާމްދީންތަ! ޢެމްޑީ އެންތަ! ލަގަނުގައި ތިބި ބަޔަކަށް ނެގޭނީ އެކަތިކަން ހަދާން ބަހައްޓާތި!
2016 ވަނަ އަހަރު ޖަހާފައި އޮތަސް 2016 ވަނަ އަހަރުގެ ރިޕޯޓްގައި ފުރައްސާރަ ކޮއްފައެއް ނެތް.
އެލެކުސްގެ ޑިނގު އަރުވަން މަހުލުފު ކޮށްދިން ކަމަކާ ވައްތަރީ.
. ސާބަހޭ ރައީސް ??
ޖަމިއްޔާގެ މަސްޢޫލުވެރިން އަދިވެސް ތިބީ މިނިވަންކޮށް.
ދަޅައެއް ދަކާލީ ދޯ ؟
ކޮން ތަހުޤީގެއް ކުރާކަށް. މޮޅު އެތިފަހަރެއް ހަދަންކަމަށްތަ ތިއުޅެނީ. ތިޔަ ޖަމާއަތަކީ މިހާރު އުވާލެވިފަ އޮންނަން ޖެހޭނެ ޖަމާއަތެއް. އަދި ނުވިތާކަށް ތިކަމުގަ ބައިވެރިވި އެންމެންނަށް ފިޔަވަޅުވެސް އެޅިފަ މިހާރު އޮންނަން ޖެހޭނީ.
މީދެންހާދަ މުނާފިގުންގިނަ ސަރުކާރެކޭ އެހެންތާވާނީ ވެރިކަމައްއާދެވުނީވެސް ވޯޓްއޮޅުވާލައިގެންވިއްޔަ އެހެންވީމާދެން އުފުއްލަންޖެހޭޒިއްމާއެއްވެސް ނޯންނާނެތާ ކިރިޔާކަމެއްވާއިރައް ކުރީސަރުކާރު ބަލަތީ ކުރީސަރުކާރުގެދުވަސްވަރުހިނގިކަމެއްނަމަ ކަލޭމެން އެސަރުކާރު ރޮލައްކާލީސް
ހަހަހަ! ޢެހެނީ ދަންނައޭ އެބައި މީހުންނީ މައްކާގެ މާތް މީހުން ކަމުގައި ވީތީވެ ގޯސް ނުވާނޭހެން މިކަން މިހެން ނިންމައިފޫއެވެ! ޢެހެނީ މިވެރިންގެ ފުށުއްވަތްތެރިކަމާއި، ކިބުރުވެރިވަންތަކަމާއި، ބޮޑާކަމާއި، ލާދީނީ ކަންކަމީ މުޅި އަރަބިކަރައިގައި މަޝްހޫރު ކަންކަމެވެ. ވެލާނާގޭ ތަޅުދަނޑި ދަންނައޭ، އަރަބިކަރައިގެ ވެރިކަން ހުޅަނގުގެ މީހުންނަށް ވިއްކާލާނެ ވާހަކައީ ބާބާ ވަންގާވެސް ހެޓިލަރު ކައިރީ ބުނި ވާހަކައެއްމެއެވެ.
ޢ. ޙ