އިސްލާމް ދީން ހިޔާމަތް ކުރުމުގެ ނަމުގައި ނަފްރަތް އުފައްދައި، އިންޒާރު ދޭ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަން ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް އެންމެނަށް ހަމަހަމައިން ލިބޭ ކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެ ހައްގުތައްވެސް ލިބިދެނީ އިސްލާމް ދީނުގެ ތަރަޙައިގެ ތެރެއިން ކަމަށާއި އިސްލާމް ދީނަކީ ގައުމުގެ އެންމެ މާތް އެއް ތަނބު ކަމަށް ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ސަރުކާރުން ދެމި އޮންނަ އިރު ގައުމީ މަސްލަހަތާއި މުޖްތަމައުގެ ހަމަޖެހުން ގާއިމް ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަމެއް ދޭނެ ކަންތައް. އިސްލާމް ދީނަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމިއްޔަތުގެ އިތުރުން މިގައުމުގެ ޑިމޮކްރަސީގެ އެންމެ މުހިއްމު އަސާސް. ދީން ދިފާއު ކުރުމުގެ ނަމުގައި ނަފްރަތު އުފެއްދުމާއި އިންޒާރުދީ ނުތަނަވަސްކަން ފަތުރާ ފަރާތްތަށް މި ސަރުކާރުން ކުށްވެރިކުރަން. މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރު ފަސްނުޖެހޭނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެމްޑީއެން ސަސްޕެންޑު ކުރުމާ ގުޅޭގޮތުން އެބަޔާނުގައި ބުނެފައިވަނީ، އެޖަމިއްޔާ ސަސްޕެންޑު ކުރީ ޖަމިއްޔާއިން ނެރުނު ރިޕޯޓާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގު ނިމެންދެން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޖަމާއަތް ސަސްޕެންޑު ކުރީ 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ނިސްބަވްތާ ގޮތަށް ހިމަނާފައި ހުރި ނޭދެވޭ ކަންކަމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދިއުމާ ގުޅިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޚކލ

  ޜަސޫލާއަށްއިހާނެތިބަސްތަށްރައްދުކުރީމާ އެކަމާ ނުރުހުނީމާ އެވީ އިންޒާރަކަށް! ވަރެއްއެބަވޭތާ!

  50
  1
 2. މީހާ

  ކަލޭމެންނަށް އެހެން ކަމެއްކު ރާން އިނގޭތަ؟ މީކިހާ ބޮޑު މުސީބާތެއް މިޤައުމަށް ޖެހިފައި އޮތް.މި ސިޔާސީ މީހުންތައް ޤައުމުން ބޭ ރުވާނީ ކޮންދުވަހަކުންބާއޭ ހިތައް އަ ރާ

  50
 3. ރަޝީދު

  ޢިސްލާމްދީން ހިމަަޔަތް ކުރުމަށް މަސައްކްތް ކުރާފަރާތްތަށް ޖަލަށް އިސްލާމް ދީނަށް ފުރައްސާރަ ކުރާފަރާތްތައް ރައީސް އޮފީހުގަ އާއި އާރަށުގައި އުފާވެރިކަމުގައި

  58
  1
 4. ހުސޭނުބޭ

  ދިނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅެއް ނާޅާނަން.......... މިހެންވެސް ބުނެލިނަމަ ތަންކޮޅެއް ބޮލަށް ފަސޭހަވީސް!!

  26
 5. ބޯހަލާކު

  2016 ވަނަ އަހަރޭތަ މި މީހުން މިކިޔަނީ. ބަލަ ގުނބޯލުންނޭ މިއަހަރުގަ އެ ރިޕޯޓްގަ ދީނަށް އެވަރަށް ފުރައްސާރަކޮށްފަ އެއޮތީ މިސަރުކާރުގެ ތާއީދާއެކު. އަހަރެމެންނަށް އޮޅުވާލަން ނޫޅޭ. އެމީހުންނަށް ފިޔަވަޅުނާލާ ކޮން ވާހަކައެއް ދައްކާކަށް

  17
 6. ބެއްޔާ

  އަހަރަމެންގެ ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް އަމިއްލައަށްވެސް ފިޔަވަޅުއަޅާނަން. ނޫނީ ސަރުކާރުން ފިޔަވަޅު އަޅައިދީ. ސަރުކާރުގެ ވެރިން ތިރާގުގަ އިސްލާމްދީނާ ބީރައްޓެހިކޮށް ހުޅަނގުން ތާއީދުކުރާގޮތަށް ވާހަކަ ދެއްކީމަ ބަލައެއް ނުގަނެވޭ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިގޮތަކަށް ވާހަކައެއް ނުދެއްކޭނެ ޝާހިދުއަކަށް. ނޫނީ ދޮންކުދިން ކައިިރިއަށްދޭ.އަނެއް ޝަހީދުވެސް އުޅެނީ އެމީހުނާއެކު

  14
 7. ކިނބޫ

  ކީއްވެތަ އިސްލާމްދީ ނާއި ދެކޮޅަށް އުޅޭ މީހު ންނނނ ނަށް ފިޔަވަޅު އަޅާ ނަމޭ ބު ނަނ ން ނުކެރެ ނީ؟ ލާދީ ނީ ވިޔަސް ބޮޑު ވަރު

 8. ރޯމިއޯ

  އިސްލާމްދީނާ މެދު ނަފްރަތުކަން އުފެއްދުމަށް މަސައްކަތް ކުރި މީހުންނަށް ފިޔަވަޅު ނޭޅުނު ސަރުކާރަކަށް އަހަރުން ނަކަށްވެސް ފިޔަވަޅެއް ނޭޅޭނެ. ވަރަށް ސާފުކޮށް މި ބުނަނީ ކަލޭމެނަށް އެމީހުން ނުހުއްޓިއްޖެއްޔާ އަހަރުން ނުކުމެ އެކަންކުރާނަން. މިގައުމުގަ އިސްލާމްދީން ދިފާއު ކުރަން ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވާން މިތިބީ

 9. Anonymous

  ދިވެހި ރައްޔިތުންގެ ބައިތުލްާލު ހުސްކުރަމުން ދުވާ އިރު ހިތައްާރައޭމީ ރައްޔިތުން ދައްކާ ޓެކްސްކަން

 10. ނިޝް

  ޢާއިލީ ހަނގުރާމައެއް، ލާދީނީ ބޮޑު ފިކުރަކުން
  ޝާހިދޭ އެފަށައިގަތީ، ފާދަރީ ބުނި ބުނުމަކުން.
  ލާރިއާ މޮޅުކަންކަމުން، ރާކަނިމަހާ އެކު ލައިކަމުން.
  ޝާހިންދަ ކުކުރާލުމުން، ހަރު އަޑުފަޅާ ތެދުވެއްޖެޔޭ.

 11. ބަރަވެލި

  ޝާހިދު ކަލޭވެސް އެދީނައްދިޔައީތަ ރާއްޖެ އަވަހަށް ވިއްކާލައްވާ އަހަރުމެން އެހެން ޤަވްމަކަށް ގެންދަނީތަ

 12. ޜެޑު

  މީ އިސްލާމީ ގައުމެއް މިގައުމުގައި ލާދީނީ މީހުނަށްމިނިވަން ކަމާއެކު އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ދީފަ އޮތިއްޔާ މުސްލިމުން އިންޒާރުވެސް ދޭނެ ހަނގުރާމަވެސް ކުރާނެ އަޅާނެ ފިޔަވަޅެއް އަޅާބަލަ

 13. ާއައި ލަވް މައި ﷲ

  ޓިބޭފުޅުން ބިރުގަންނަވަނީ ތޯ؟... ބިރުގަންނަށް ވީ ފަރާތަކީ ހަމަ އެކަނި މާތް ﷲ ، މިއަދު ނޭވާ ހުއްޓަސް މާދަމާ އެނބުރި ދިއުން އޮތީ އެފަރާތަަށް، އާހިރުގައި ތިބާ ސަލާމަތް ކުރުމަށް އަންނާނީ ހުޅަނގުގެ ވެރިން ނެއް ނޫން.
  އެދުހުން ތިބާ ސަލާމަތް ކުރުމަށް އެދި ދަންނަވާނީ ނަބިއްޔާ މުޙައްމަދު ޞައްލަށްލާހް އަލައިހި ވަސައްލަމް. މިއަދު ކޮންމެ ގޮތެއް ނިންމިއަސް އެކަމާ ހިތާމަ ކުރާނޭ ދުވަހެއް އަންނާނޭ ކަން ޔަޤީން ...މޭ ﷲ ޕްރޮޓެކްޓް ދޯސް ހޫ ލަވް ހިމް އެންޑް އަވާރ ނަބިއްޔާ މުޙައްމަދު ޞަށްލައްލާހް އަލައިހި ވަސައްލަމް. އާމީން.

 14. ޭއެމް.ޑީ.އެން ނައްތާލާ

  ޙަމަނުޖެހުމާއި ނުތަނަވަސް ކަން އުފެއްދީ އެމް.ޑީ.އެން ގެ ރިޕޯޓް، މި އީ އެންމެނަށް ވެސް އެނގޭ ، ސާފުވާ ތެދު ޙަގީގަތެއް... އެހެންވީރު އެމް.ޑީ.އެން އެެއްކޮށް ނައްތާލާ!