ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުމަކީ ގާނޫނުގެ ތެރެއިން ތަހުގީގުކޮށް އެކަންކަމަށް ފިޔަވަޅު އެޅޭނެ ކަންކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވީ، ޔޫތް މިނިސްޓްރީން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްވައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށެވެ.

"އެކަން މި ސަރުކާރުން ކުރާނަން". އިމްރާންގެ ޓްވީޓްގައި ވެއެވެ.

އެމްޑީއެން ސަސްޕެންޑް ކުރި ކަން ހާމަކޮށް މިއަދު ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެޖަމިއްޔާއިން ޝާއިރު ކުރި ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

"ޖަމިއްޔާތުގެ ގަވާއިދުގެ 39 ވަނަ މާއްދާއިން، ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކްގެ ހަރަކާތްތައް، 10 އޮކްޓޯބަރު 2019 ވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް އަންގަމެވެ".އެ ޖަމިއްޔާ ސަސްޕެންޑް ކުރި ކަން ހާމަކޮށް ޔޫތް މިނިސްްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ސަރުކާރުން އެމްޑީއެން ޖަމިއްޔާ ސަސްޕެންޑްކޮށްފައި ވަނީ އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ގޮވަމުން ދަނިކޮށެވެ. އަދި އެ އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައި ވަނީ، އެ ޖަމިއްޔާއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލަ ނިމެން ދެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    މޮޔަވާހަ ނުދައްކާ. ލިޔެފައޮތް ރިޕޯޓު ސަސްޕެންޑްކުރެވޭތަ؟ ޖަމިއްޔާ ގައި ތިބި މަސްއޫލު ވެރިން ސަސްޕެންޑް ކުރުމެއްނެތްތަ؟

    22
    1
  2. ކުނިތް

    މީނަ އަނގައިގަ އަޅާފަ އޮތްޓޭޕް ގަނޑު ނެއްޓުނީތަ؟ ނޫނީ އޮތީގަދަނިދީތަ މި ހުރިހާދުވަހު؟ މަގާމުގެ ދަހިވެތި ކަމުގަ ބިރުން އަނގަ ހުޅުވާލަން ނުކެރިފަ ހުރި ފިނޑިމީހެއް.

    22
  3. ސަޅި

    ސަސްޕެންޑް ކުރީމަ އަނގަ ހުޅުވިއްޖެ?

    18
  4. .....

    ރައްޔިތުންގެ މަޖިލީހުގައި އެ ކުރަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ﷲ އާ ޖަދަލު ކުރުން ނޫން ދެން ކޮންކައްތޯ

    12
  5. އަރިނަގާ

    ކީކޭތޯ ފިޔަވަޅުއެޅޭނެކަމެކޭތޯ ފިޔަވަޅުއެޅޭނެކަމެކޭނޫން ފިޔަވަޅުއަޅަންވީ އިސްލާމްދީނައް ހަޖޫޖަހާ ރަސޫލާ(ސ،އ،ވ)އައްފުރައްސާރަކުރާބައިގަނޑު ހިފާހައްޔަރުކުރަންވީ ކެރޭނެތަ

  6. ރޭވުން 0

    އިމްރާން މެން ކިތައްމެ ވަރަކަށް މާތް ވެގެންވާ އިސްލާމްދީން މިޤައުމުން ނައްތާލަން އުޅުނަކަސް މާތް ﷲ ގެ ރަޙްމަތް ފުޅުން އެކަމެއް ނުވާނެ. ނަޝީދުއަށް އެހީވާ މީހުންނަކީ މި ޤައުމުން އިސްލާމް ދީން ނައްތާލުމަށް މަސައްކަތް ކުރާ މީހުން ކަމަށް މާތް ﷲ ޤަންދީ ހުވާ ކޮށްފަ ބުނީ ކާކު؟ ވުމާއެކު މިކަލޭގެ ދެން ކޮން ވާހަކައެެއް.

  7. ޖާޒީރާ ބޯއީ

    މީ އަސްލު އެބުނާ ފަހުޒަމާނުގެ އިލްމުވެރިއެއް. އެހެންނޫންނަމަހީ ރުޅިވެރިކަމާއި އެކު މިހާރުން މިހާރަށް މިމައްސަލަބަލާ މިބައިގަނޑު ތިބޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި. ބެލޭނެ މައްސަލައެކޭ ބުނީމަ އެގެނީ ތީ ލާދީނިީ ނެޓްވޯކުގައި ޖެހިޝިކާރައަކަށް ވަމުންއަންނަ މީހެއްކަން. ކަލެއަށް ހެޔޮވިސްނުން ދެއްވާ ތިޔަމަގާމުގެ ދަހިވެތިކަން ކަލޭގެ ލެއިން ފިއްލަވާންދޭވެ.

  8. ހޯހޯ

    އަަބަދުވެސް ތިކިޔަނީ އެޅޭނެއޭ ރައީސް އަޅާނެއޭ ބަލަ ތި އަޅާފަ ދައްކަބަލަ އެޅޭނެއޭ ބުނެ ނިއްމާލެވޭނެ ކަމެއްނޫންމި ކަލޭވެސް ޖަވާބުދާރީ ވާންޖެހޭ ދީންނަށް ޣައްދާރުވާނަމަ