ގާސިމް އިބްރާހިމްގެ އަމިއްލަފުޅު މީޑިއާ "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކުރަން ނޯޓިސް ދޭން ފަށައިފި އެވެ.

ގާސިމްގެ ވިލާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕޭނީގެ ޚަރަދުތައް ކުޑަކުރަން 35 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާ އިން ވަކިކުރުމަށް ހަމަޖެހިފައިވާ ގިނަ މުވައްޒަފުންނަށް މިއަދު ވަނީ ދެމަސް ދުވަހުގެ ނޯޓިސް ދީފައެވެ. ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ވީޓީވީ އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވެސް ހިމެނެއެވެ.

ވީމީޑިއާގެ ދަށުން ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އާއި އޮންލައިން ނޫހެއްވެސް ހިންގައެވެ. މީގެ ކުރިން "ވީކްލީ" ގެ ނަމުގައި ހަފުތާ މަޖައްލާއެއް ވެސް ވީމީޑިއާ އިން ނެރުނެވެ.

މުވައްޒަފުން މަދު ކުރަނީ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕޭނީއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކުންފުނީގެ ޚަރަދުތައް ކުޑަކުރަން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވީމީޑިއާގެ މުވައްޒަފުންނަށް ނޯޓިސް ދޭން ފަށާފައި ވާއިރު މީޑިއާ ކައުންސިލުން ވަނީ ވީމީޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ މައްސަލަ ބަލަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    އެއްވެސް މުވައްޒަފަކައް ނާއިންސާފުން ކަންކަން ކޮށްގެން ނުވާނެ.

  2. ދިދަ ދަނޑި

    ވީ މީޑިއާ “ވީ މީޑިއާ” އަކަށް ހަދައިދިން މުވައްޒަފުންތައް ކަނޑާލަނީ ލައްކަ މޮޅުތަކެއް ވާނެކަމަށް.. ހަރަދު ކުޑަކުރަންޏާ ތަނުގައި ތިބި މަސައްކަތް ކުރެވޭ ކުރަން ދަންނަ މުވައްވަފުން ބައިތިއްބާނީ.. ކަނޑާލާނީއެއްނޫން...

  3. ގާއްޓޭ

    ގާއްޓޭ ވެރިކަމަށްގެންނަންވެގެންތިތަނުން ވޯޓުދިންމީހުން ދެންތިބޭ ރާކަނިމަސްކާން. ހުރިހާމޮޅެއްގާއްޓެއާއިއޭނަގެއަންހެނުންނަށް. އެވަރު މުއްސަނދިމީހުން ކީއްތަވާނީ އަޅެއެކެއްގެމުސާރަ އެނިކަމެތިރައްޔިތުންނަށްޓަކާހޭދަކޮށްފިއްޔާ. ޔަގީނުންވެސްތިވަޒީފާއަދާކޮށްގެންލިބޭލާރިންނޫންއެވެރިންބަނޑުމުއްތިކުރައްވައިގެންއުޅުއްވަނީ. އިހަކަށްދުވަހު ސޭޓުގެ އަންހެނުންޔޫޓިއުބުގައިން ވީޑިއޯއެއްގަ ބުނާތީއަޑުއެހިންކޮންމެހެންމިނިސްޓަރުކަމުގަމި ލިބޭމުސާރައަށްނޫނޭތިމަންނަމަސައްކަތްމިކުރަނީ. އެހެންވީރުންތިހާރަނގަޅުމީހަކު ތި މުސާރަ އެ ނިކަމެތި މުވައްޒަފުންނަށް ދޭންވީނު؟ ތީ ޔާމީނުގެ ވެރިކަމުގަ ކުރި ކަމެއްނަމަ ބަޔަކު އުޅޭނެ މުޅި ގަޔަށްހިނިއަރައިގެންއުޅޭހެން.

  4. މަށައް ވޯޓެއް!؟

    2މަސް ވާއިރައް ތިހުރި ހާރި ސޯރޓް ހިން ގާ ތޮޔޮވިޔަ ފާރި ކުރި މީހެއް ގެ ލާރިހުސް ވީއޭބުނީމަ ހަމަހައިރާން ވެ އާޟޯހުވެއްޖެ ! ޜިސޯރޓު ތަކުގެ ސުޓާފުން ނައްވެސް ހެދީ ކިހާ ދެރަގޮތެތް! ޢެކަމުބުނާ ނެތިމަން ނަދިވެހިރައްޔިތުން ނައްޓަކައޭ! މިގުރުބާންވަނީ ! ތިވަރުގެ މީހުން ސިޔާސީ ޕާޓީހަދާ ...... މިވަރެއްނެތް!