ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިސްނައި ވަޑައިގަންނަވަން ޖެހޭނީ ޤިޔާމަތް ދުވަހުން ﷲ ހަޟްރަތުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރަން ސަރުކާރުން ނިންމުމުން ޝަހިންދާ އިސްމާއިލް ރައީސް ޞާލިހަށް އިންޒާރު ދިނުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ޝަހިންދާ ކުރި ޓްވީޓެއްގައި ބުނީ އެމްޑީއެން އާމެދު ފިޔަވަޅު އަޅާފައިވަނީ ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ހައްގު ވެސް ނުދީ ކަމަށާއި އެވާހަކަތައް ދައްކަން ފަށައިފިނަމަ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ރައީސް ޞާލިހް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ޝަހިންދާގެ ވާހަކަދައްކަށް ރައްދު ދެމުން އިޔާޒް ވިދާޅުވީ "ރައީސް ވިސްނައިވަޑައިގަންނަވަން ޖެހޭނީ ޤިޔާމަތް ދުވަހުން ﷲ ގެ ހާޒިރުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް. އެދުވަހުން ދޮގެއް ނުހެދޭނެ. ގުނަވަންތައް ވެސް ހެކިބަސް ދޭނެ. ތިޔަ ބުނާ ކޮމިޝަނަކުން ކުރާ ސުވާލަކަށް ޖަވާބު ދިނުމަކީ މާބޮޑުކަމެއް ނޫން." ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ތަޙްޤީޤުކޮށް ނިމެންދެން ސަރުކާރުން ވަނީ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ. އެމްޑީއެން ސަސްޕެންޑް ކޮށްފައި މިވަނީ އެޖަމިއްޔާ އުވާލަން ވަރަށް ގިނަ އިލްމުވެރިންނާއި އާއްމުން ގޮވާލަމުން ގެންދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެމްޑީއެން ސަސްޕެންޑް ކުރި ނަމަވެސް އަދި ވެސް ގިނަ ބަޔަކު ގެންދަނީ އެޖަމިއްޔާ އުވާލަން މީސް މީޑިއާގައި ސަރުކާރަށް ގޮވާލަމުންނެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ވަނީ ވަރަށް ފާޅުކަންބޮޑުގޮތެއްގައި ކީރިތި ޤުރުއާނާއި ރަސޫލާ (ސ.އ.ވ) އަށް ހަޖޫޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޕަރިތީނީ

  ތިއީ ހުސް ޖަމަލުފޮޑި.. ދުނިޔެމަތީކުރެވޭނެ އެންމެ ނުބައި ކަން ކުރީމަވެސް މީނާއައް ކެރުނީ ސަސްޕެންޝަނެއް ދޭނެ.. އެއީވެސް ވަގުތީކޮއް. ސަރުކާރުގެ މާބޮޑު އިންޓެންޝަނެއް ނެތް މިކަމާއި ހަގީގަތުގައި އެކަށީގެންވާ ފިޔަވަޅެއް އަޅާކައް. ބޭނުންވެގެން އެއުޅެނީ ހަމައެކަނި ޕަބަލިކުގެ ރުޅިގަނޑައް ފެންޖަހާލަން ވަގުތީގޮތުން.

  17
  1
 2. ޒީރޯޓޮލަރެންސް

  އެއްކަލަ އިއާޒް ކަލޭމެންގެ ދުއްޕާން ޖެހިފަމިއޮތީ މިހާރު ކިތައްދުވަސް ވެއްޖެ ފިޔަވަޅެއްވެސް ނޭޅުނު މައްސަލަވެސް ނުބެލުނު އެންމެފަހުން ދީންހިމާޔައްކުރަން ބުނާމީހާ ގޯސްވަނީ އެހެންވެގެންނޭ މިބުނަނީހަމަ ލާދީނީ ބައިގަނޑެކޭ މީ ދެއްތޯ

  17
  1
 3. ÷ޮގ

  استغفرالله ތިޔާތިބި މަގުގެއްލި ހަލާކުގެ ތެރެއަށް ވެއްޓި
  ނުތެދުވެވޭ ވަރަށް މަގުފުރެދުނު އިރު ވެސް ރޭކާ ނުލާފޯ ގުބޯލީން ހާދަހާ ނާތަހްޒީބޭ ކީއްވެ ކުރިމަތިން އެކަނި ބަލަނީ
  ފުރަގަހުގަ ދެލޯޖަހައިގެން ބަލާބަލަ އޭރުން ތިފަދަ މީހުންނަށް

  13
 4. ލާދީނީ ކިޔަނީ ކިޔަންވެގެން

  ލާދީނީ ބައިގަންޑު އަދިވެސް ބިރުދައްކަނީތަ ސައްކެތްނެތް މިންވަރަށް މިގައުމުގަ ލާދީނީ ފިކުރު އޮތްމިންވަރު މިގައުމުގެ ރައީތުންނަށް މިހާރު އެނގިސާފުވާނެ މި އެމްޑީޕީއަތް ތާއީދު ކުރާމީހުން އަދި ބުނަނީ އެމީހުން ކުރާކަމެތްކޮށްފާނެ ނޫންހޯ މިގައުމުގަ އިސްލާމްދީން އޮނާނޯ ނޯންނާނެ އެމީހުން ނެރެ އެދޫކޮށްލީ ކަތުރުފަނިތަކެތް އެކަތުރުފަނިތަށް މީހުންގެ ސިކުޑިޔަށާ ހިތްތަށް ކައި ހުސްކޮށް މީހުން ލާދީނީކޮށް އެބައިގެ މީހުން ގިނަކުރާނެ އެމަގުސަދުގަ ނެރެފައޮތް ރިޕޯޓެތް ތި ރިޕޯޓަކީވެސް

  15
  1
 5. ހުދުހުދު

  ނަބިއްޔާ އަށް ފުރައްސާރަ ކުރާތަން ބަލަން ކެތް ނުކުރެވުނު ކުއްތާގެ ހުރިވަރުގެ އީމާން ތެރިކަމެއްވެސް ނެތް މީނާގެ ކިބައިގައި.

  16
 6. ލަކީ

  މިހާރު މިވާގޮތެއް ނޭގޭ އިޔާޒު އާ ސުވާލެއް ނުކުރެވޭނެތޯ ގިޔާމަތް ދުވަހުން

  12
  3
 7. ސުވާލުކުރެވޭނެ

  ސުވާލުކުރެވޭނެތީ ދެއްތޯ އަނގަފުޅުން ބަސްްްފުޅެއް ވިދާޅުނުވެ އެންމެ ބޮޑު މުނާފިގު ކަލޭގެއާ ބަސް ބުނަން ހަވާލުކޮށްގެން ތިޔަހުންނަވަނީ.

  13
  1
 8. ނިމިދިޔަ


  ﷲހުގެހަޒުރަތުގައި އިސްލާމްދީން ނޫން އެހެން އެއްވެސްދީނެއް ނުވާކަން ނެއެގެނީތޯ
  ކިތައްމެމޮޅުމީހެއްކަމަން ތިމާވިޔަސް ފަނާވުމެއްނެއް ދުނިޔެއަކީ. އައްނާނެދުވަހެއްކަން ގަބޫލުކޮއް އާޚިރައްދުވަހަން އީމާން ނުވާމީހަކީ އަލިފާންގަޑަކައް އެއްލާލާ ލަކުޑިގަޑެއްގެމިސާލުކަން ނެއެގެނީތޯ.