އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އުތުރުގެ ރަށަކުންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ނަމަވެސް މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުއެވެ.

އަށް އަހަރުގެ ކުއްޖަކާއި ބެހިގެން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓީ އޭނާ އަކީ އެދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރާއި، އެއަތޮޅު ޕޮލިސް ކޮމާންޑަރާއި އަދި އެރަށުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އޮފީހުގެ ވެރިއަކާއި ވެސް އާއިލީ ގުޅުން އޮންނަ މީހަކަށް ވާތީ ކަމަށް އެރަށު މީހުން ތުހުމަތު ކުރެއެވެ.

"ކުޑަކުއްޖާ އަކީ ވަރަށް ނިކަމެތި އާއިލާއެއްގެ ކުއްޖެއް. އެކުއްޖާގެ މަންމަ އަކީ އެކަނިވެރި މައެއް. އެހެންވެ މައްސަލަ އޮއްބާލަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދަނީ." އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ އެފަދަ މައްސަލައެއް އެމިނިސްޓްރީ އަށް ހުށަހެޅިފައިވާކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން އެ ކުއްޖާ ރައްކާތެރިތަނަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ޖެންޑާ މިނިސްޓްރީން ނުދެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޒުލް

  ތިމީހާގެ ދިފާއުގަ ވަރަށް ގިނަމީހުން ެ އެބަތިބި،ް ަަަަަ އެމީހުންގެ ދަރިޔަކަށް މީހަކު އެކަހަލަ ކޮށްފިއްޔާ އެމީހެއްގެ ދިފާއުގަވެސް މިވެރިން ނިކުންނާނެބާ.

  45
  1
 2. ބަޗީ

  ޢެ ފަދަ ބޮޑެތި މުޖުރިމުންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަން. އަދި މީސްތަކުންނާއި އެކަހެރިކޮށްފައި ބެހެއްޓުމަށް ގޮަވާލަން.

  39
 3. ލޯންސްޓަރ

  ދެކުނުން ކުރާކަމަކަށް އުތުރުންވެސް ކަމެއް ކުރަމުންދޯ މިދަނީ! ނޫނޭވާ މިޔޮތީވާ ޖަޒީރާ ގައުމެއް.

  18
 4. ބޮޑު ދެލޯ

  އިސްލާމް ދީނާ އި އިދިކޮޅު ކޮންމެ ކަމެއ އް މިރާ އްޖޭގައި މިހާރު މިވަނީ ހެޔޮލަފާ ރަގަޅު ކަމަކަށް!

  20
  2
 5. ބުއްޅަބޭ

  ތިމީހާ ފޮރުވުމުގެ ބަދަލުގައި ޕޮޓޯޖަހާ ނަން ހާމަކުރަން ވެއްޖެއެއްނު. ބޮޑުވެއްޖެ ކަމެއްމީ

  11