މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ހ. އަންނާރުމާގޭ ހުސެއިން ހިޝާމް ރަޝީދު، 28 އެވެ.

އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ހަބަރެއް ނުވެގެން އާއިލާ އިން ބެލި އިރު އެވެ.

ފުލުހުން ވިދާޅުވީ, މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާ އިން ބެލި އިރު މީހަކު ނިޔާވެފައި އޮތް މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުނަށް ހުށަހެޅި މިއަދު ހެނދުނު 10:54 ހާއިރު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަޒާ

    ފުލުހުން ކޮން މައްސަލައެއް ބަލާކަށް. ކޮބާ ސޫދު އެއީ ގޮތްނޭގެ މަރުތަކުގެ ހަގީގަތް ބުނެދޭ މީހެއްނު

    53
    5
  2. ޢަލީ

    ސިގިރޭޓް އަދި ޝީޝާ ބުއިމަކީ މީ ވަރައް ނުރައކްާ ކަމެއް

    42
    8
  3. ކިހިނެތް މިވަނީ؟

    މިފަދަ ހިތާމަވެރި ކަމެއް ނުހިނގާ އެންމެ ދުވަހެއް މިފަހަކަށް އައިސް ނުދެޔޭ ދެންނެވިދާނެވެ. ކަނޑުވެގެން ނޫނީ އަލިފާނުގެ ހާދިސާތަކުގައި ނޫނީ އެކްސިޑެންޓް ތަކުގައި ނޫނީ ގޮތްނޭގި ކުއްލި އަކަށް ދިމާވާ ކަންކަމުގައި މި މުޖުތަމައުން މީހުން ނިޔާވުން ނުވަތަ ނުކުޅެދޭ ހާލަތަށް ދިއުން މިވަނީ އިންތިހާއަށް އިތުރު ވެފައެވެ. މީގެ އިތުރުން ވެސް ކުޑަކުދިން ނިޔާވާ ރޭޓްވެސް މިވަނީ އިތުރުވެގެން ގޮސްފައެވެ. ވޭތުވެ ދިޔަ 2 މަސްތެރޭ 14 ނުވަތަ 16 ކުދިން ނިޔާވެފައިވާ ޚަބަރުވަނީ ނޫސްތަކުގެ ފަލަ ސުރުޚީއަށްވެސް އަރާފައެވެ. ދީނީ އިލްމް ވެރިންނާ ކޮށްލަންބޭނުންވާ ސުވާލަކީ މިކަންކަމުގަ ދީނީ ގޮތުން އޮތްގޮތް ވިސްނާލަން ޖެހޭ ކަންކަމަކީ ކޮބައިތޯ؟

    45
    4
    • އަހަންމަދޭ

      މުރުތައްދުން ބަ އިގަނޑެއް ފާޅުވެ ކުފުރު އާންމު ކުރަމުންދާއއިރު މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކުން ދެނަހުރިކަމަށް ނެހެދުމަކީ މުސީބާތްތަކުގެ މައިގަނޑު ސަބަބު ކަމުގަވެސް ވެދާނެ. އާންމު ކޯފާއެއް ފޮނުއްވުމުގެ ކުރިން ﷲ ހަވާލު ކުރެއްވި ޒިންމާ އަދާކުރޭ. ނޫނީ އިމްތިހާނުން ފޭލްވެ މޫނުވަތަށް ނަރަކައަށް ވެއްޓޭ މީހުންތެރޭ ހިމެނިދާނެ. ބިރުވެތިވޭ!

      23
      3
  4. ޢަބުދުﷲ

    މިހާރު ކުއްލިމަރުތަކުގެ ޒިންމާއުފުލަންޖެހޭނީ ކޮންރައީސަކައް؟

    20
    4
    • Anonymous

      ދެންއަންނަ

      2
      2
  5. ކުރީސަރުކާރު

    ތީވަރައް ޖަވާބުދޭންފަސޭހަ ސުވާލެއް ޖަވާބަކީ ކުރީސަރުކާރައް

    6
    1