ހުޅުމާލެ ގެއެއްގަައި ދަން ޖެހިގެން މަރުވެފައި ހުރި މީހަކު ފެނިއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ދަންޖެހިފައި ހުއްޓާ ފެނުނީ ބިދޭސީ އެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ނިދާ ކޮޓަރީގައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަންޖެހިފައި ހުއްޓާ ފެނުނީ އެމްޓީސީސީގައި ވަޒީފާ އަދާކުރާ ބަންގްލަދޭޝް މީހެކެވެ.

އޭނާ ދަން ޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އެވެ.


އިސްލާމް ދީނުގައި ދަން ޖެހުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ. މާތް ﷲ ވަހީ ކުރައްވާފައި ގޮތުގައި، ކުފުރުގެ ހާލު މަރުވާ މީހަކީ ދުވަހަކުވެސް ނަރަކައިން މިންޖުވެވޭނޭ މީހެއްނޫނެވެ.