ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ނެރުނު، ހުދު ސަމާލުގައި ބުނެފައިވަނީ ހއ އަތޮޅުން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދުގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަަށެވެ.

ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށްް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:30 އިން ފެށިގެން އިރުއޮއްސި 18:30 އާއި ހަމައަށެވެ.

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.