ނިޔާވެފައި އޮއްވާ، ހ. އަންނާރުމާގެއިން މިއަދު ހެނދުނު ފެނުނު މީހާގެ ނިއްކުރީގައި ހުރި ޒަހަމް އަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ހ. އަންނާރުމާގޭ ހުސެއިން ހިޝާމް ރަޝީދު، 28 އެވެ.

އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ހަބަރެއް ނުވެގެން އާއިލާ އިން ބެލި އިރު އެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ނިޔާވެގެން މިއަދު ހެނދުނު 10:24 ގައި އެކަމުގެ ރިޕޯޓް ކުރުމުން ގޮސް ބެލިއިރު، އޭނާގެ އަނގައިން ފޮނު އައިސްފައިވާ ކަމަށާއި އަދި އޭނާގެ ނިއްކުރީގައި ތިލަކޮށް ކަނޑައިގެން ގޮސްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މީހާގެ ނިއްކުރީގައިވާ އަނިޔާއަކީ މީހެއްގެ ފުރާނަ އަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިވެލުމުން ނިއްކުރީގައި ޒަހަމްއަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާ އެއް ކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާއްހާއް

    މަރުވެފައި އޮއްވާ ފެނުނު މީހާއަށް އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާނެއް ނެތް ކަމަށް އަދި ޕޮލިހުން ބުނި ނަމަވެސް އެގޮތަށް މަމެން އެކަން ގަބޫލެއް ނުކުރާނަމޭ ....

    23
    4
  2. ކޮރު

    ބަދަލު ހިފުމަކާ ވަރައް ވައްތަރު

    16
  3. ޕޮގުބާ

    ސ ު އ ޫ ދ ު ކޮބާ

  4. އެންދެރި

    ވަޅުލަން ދެން ތަހުގީގު ކުރިއަށް ދާނެއެވެ.