މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ “ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް” ގައި ތަޤުރީރު ކުރެއްވުމަށް ޔޫއޭއީއަށް ވަޑައިގެންނެވި ރާއްޖޭގެ ޑިފެންސް މިނިސްޓަރ، މާރިޔާ އަހުމަދު ދީދީ، އެކަމަނާގެ ދަރިކަލުންނާއެކު އެޤައުމުގައި ކުރިޔަށްދިޔަ ރަސްމީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ސައިފް ބިން ޒައިދު އާއި އެކު ބޭއްވި އެ ބައްދަލުވުމުގައި، އަލިފާން ނިއްވުމުގެ ތަމްރީނުތައް ދިވެހި ސިފައިންނަށް ދިނުމާއި ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މާރިޔާ ކުރެއްވި ޓްވީޓެއްގައި ކުރިން ވިދާޅުވެފައި ވެއެވެ. މާރިޔާ ވަނީ ދަރިކަލުންނާއެކު އެ ބައްދަލުވުމަށް ވަޑައިގެން ހުންނެވި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓާގައި އާންމު ކުރައްވާފައެވެ.

“ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް”ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ މާރިޔާ ދަރިކަލުންނާއެކު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން އެކަމަނާ މިއަދު ވިދާޅުވެފައި ވަނީ، ދަތުރަށް ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދުކޮށްފައި ނުވާނެ ކަމަށެވެ.

"އަޅިގަނޑުގެ ޖައިޓެކްސް2019 އަށް ކުރި ދަތުރުގެ ދެކޮޅު ދަތުރު ޚަރަދު، ކެއުން، ހުރުން، މިއިން އެއްވެސް ކަމަކަށް ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދުކޮށްފައެއް ނުވާނެ،" މިނިސްޓަރ މާރިޔާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި "އާއިލާ މެމްބަރަކަށްވެސް" ދައުލަތުން ޚަރަދު ކޮށްފައި ނުވާނެ ކަމަށާއި، ދަތުރުގެ އެއްވެސް ކަމެއް "ފެސިލިޓޭޓް" ކުރީވެސް ސަރުކާރުން ނޫން ކަމަށެވެ.

ޔޫއޭއީއަށް މާރިޔާ އާއި ދަރިކަލުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ފަތުރުވެރި ބައެއް މަންޒިލްތަކަށް ވަޑައިގެން އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ އެކަމަނާގެ ޓްވީޓާ އެކައުންޓު މެދުވެރިކޮށް އާންމު ކުރައްވާފައި ވެއެވެ.

“ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް” ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަށް މާރިޔާ ޔޫއޭއީއަށް ވަޑައިގަތީ ނިމިދިޔަ ހަފްތާގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ގަމާރު

    ނުހައްގުން ދައުލަތުގެ ފައިދާ ނަގަނީ. މިމައްސަލަ ބަލާނެ މުއައްސަސާއެއް މިގައުމުގަ ނެތީތޯ. މީތޯ ނަޒާހަތްތެރި ވެރިކަމަކީ މަޖުލިހަކީ. ދަރިން ގޮވައިގެން ދައުލަތުގެ މަތީ ކަންކަމު ދަރިން ގެންދެވޭ ކޮން އުސޫލެއްތޯ އޮންނަނީ

    54
    3
    • މަރިޔާންދީ

      އެފްޕީއައިޑީ ވައްކަން މަތިން ވަރަށް ބޮޑަށް ހަނދާން އާކޮށްދީފި.

  2. ދޭބަލަ

    ތަމެން އެއް ހާސް ގާނޫނު ފާސް ކުރި ނަމަވެސް ތަމެންނަށް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ކުރި ފަދަ ފިރިހެންވަންތަ އެއްވެސް ކަމެއް ކުރަން ނޭގޭނެއޭ ތަމެންގެ ސަރުކާރުން ގާނޫނު ހެދުމުގެ ބާރު ވެސް މިހާރު އެއޮތީ ތަމެންގެ ސަރުކާރުގެ އަތުން ނިގުޅުވައިގެންފައޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    38
    2
  3. ރައްޔިތު އާދަނު

    މާރިޔާމެން ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އުދުހެމުންދާއިރު އަހަރެމެން މިތިބީ މިގައުމުގެ އަސްދަނޑިތެރޭ ތާށިވެ އަތާއިއަނގަޔާ ދިމާނުވާ ހާލަތުގަ. އަނބިދަރިންނަށް ތިންއިރު ބަނޑުފުރެެންދެން ރަނގަޅަށް ކެވޭނެގޮތެއް ނެތިފަ.

    54
    2
  4. ކަމަނަ

    މިހަާރު މީދެން މާމޮޅު ވާހަކައެއް ދައުލަތުންނެއް ނޫނޭ ދަތުރުގެ ހަރަދު ހަމަޖެއްސީ ބުނުމަކީ. ޢެކަމަކު މާރިޔާއެއްވެސް އަދި ނަޝީދެއްވެސް އަމިއްލަ ޖީބުން ހަރަދުކޮށްގެނެއް ނޫން ދާނީކީ. ޢެ ޕްރޮގްރާމް އިންތިޒާމްކުރާ ފަރާތުން އެހަރަދު ހަމަޖައްސާފަ ހުންނާނީ. ދެން ބުނަން އޮތް ވާހަކައަކީ އެއްވެސް މީޙަކު އެދުމެއްނެތި ވެދުމެއް ނުކުރާނެޔޭ. ޢެހެން މީހުންގެ ހަރަދުގައި ކުރާ ދަތުރުތަކުގައި އެހެންގޮތަކުން އެމީހުންނަށް މަންފާއެއް ދިވެހި ސަރުކާރުގެ ފަރާތުން ލިބިދޭނެ. ޢެއީ އަހަރެމެން ރައްޔިތުންގެ ޓެކްސް ފައިސާ. ރައްޔިތުންނޭ ވިސްނާ.

    42
    2
  5. ދދދދ

    މީގަ މައްސަލައަކީ ރަސްމީ ބައްދަލުވުންތަކުގަ މައިންނާ ދަރިން ބައިވެރި ކުރީމަ. އަހަރުމެންނަށް އޯކޭ ރަސްމީ ކަންކަމުގަ ދިޔަޔަސް. ކަލޭ ހަނދާންވޭތަ މިއަދު އިދިކޮޅުގަ ހުރެފަ ސަރުކާރުގެ ވަޡީރަކު ތިޔަފަދަ އަމަލެއް ކުރީމަ ދެން ވާނެ ވަރު

    41
    2
  6. ދޮންބެ

    ތިވާހަކަ ގަބޫލުކުރާނީ ރީނދޫހުން ޖެހިފަތިބި މީހުން.

    45
    2
  7. Alibe

    ދައުލަތުގެ ލާރިގަނޑު ތަޅާބުރުވާތަން މިފެންނަނީ އެ މީހަކަށް އެކަން ކުރެވުނު ގޮތަކަށް.

    46
    2
  8. ޢަލީ

    ބަ އެއއއއއ އް ޤަ އުމްތަކުގަ އި މަޖިލިސް ޖަލްސާގަ އިވެސް ދަރިންގޮވަ އިގެން ބަ އިވެރި ވާކަންވެސް ޖަހާލަ

    4
    8
  9. ރައްޔިތުންގެ ދަރިން

    ދައުލަތުގެ ރަސްމީ ބައްދަލުވުމެއްގައި އާއިލާ މެމްބަރަކު ބައިވެރިކުރުމަކީ ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް. ތީކީ ނަޒާހަތްތެރިން ކަންކުރާ އުސޫލެއްނޫން. އަމިއްލަ ބައްދަލުވުންތަކުގައި ދަރިން ބައިވެރިކުރޭ. ރަސްމީ ބައްދަލުވުންތަކުގައި އާއިލާ މީހުން ބައިވެރިއެއް ނުކުރެވޭނެ. ތީކީ ގާނޫނު އަސާސީ އާއި ދިވެހި ދައުލަތް ހިންގުމުގެ ނިޒާމް ދަންނަކަމެއް ނޫން. ތިއީ ހަމަ ނުޙައްގު މަންފާ ހޯދުން

    12
  10. ދިވެހި ދަރިއެއް

    ކެޔޮ ކޭވަރު އެނގޭނީ ބިތު ފަނގި ނެގީމަ

    12
    1
  11. ދޭބަލަ

    ޖީޓެކްސް ދަތުރަށް ދައުލަތުގެ ފައިސާއެއް ޚަރަދެއް ނުކުރާ ކަމަށް މާރިޔާ ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ...

  12. މޯދީ

    ޚަރަދު ކުރުމާއި ނުކުރުން އެއީ ނޫން މައްސަލަޔަކީ، ރަސްމީބައްދަލުވުމެއްވެއްޖެއްޔާމު ކަމާއިނުބެހޭ ބަޔަކު އެބައްދަލުވުމެއްގައި ތިބެގެން ނުވާނެ! ދަރިފުޅު ޕޮރޮމޯޓްކުރަން ޖެހޭނީ ސަރުކާރުގެ “ހަވާސާ”ޔަކުނޫން!

    14
    1
  13. Anonymous

    ދައުލަތުގެ ނަމުގައި ތި ދަތުރެއް ނުވެސް ކުރެވޭނެ. ތިއީ ކޮރަޕްޝަން. ޚަރަދު ކުރުމެއްނޫން ހަމައެކަނި ކޮރަޕްޝަނަކީ، މަގާމުގެ ނުފޫޒުން ފަހިކުރާ ހުރިހާ ކަމަކީވެސް ކޮރަޕްޝަން. ތިއީ ޢާއިލާ ފާރިއަށް މަގުފަހިކުރަން ދައުލަތުގެ ނަމުގައި ބައިވެރިވި ބައިވެރިވުމެއް.

    12
  14. ޢަލިބެ

    ކޮރޮޕްޝަން ކިޔާ!

    10
  15. ޢަނދިރި

    ޤާނޫނާއި ޤަވާދައްކަމޭނުހިތާމީހަކައް އެއީއަކީ މައްސަލައަކައްނުވާނެ އެކަމަކުތީ ޤައުމީސަލާމަތައްނުރައްކާކަމެއް ދައުލަތުގެކަންކަމުގާނޫޅޭމީހުންނައް ރަސްމީބައްދަލުވުންތަކުގަ އެއްސަރުކާރާ އަނެއްސަރުކާރުދައްކާވާހަތަކުގަ ކަމާނުބެހޭމީހުން ބައިވެރިކުރުމަކީ ޤައުމީސަލާމަތައް ނުރައްކާހުރިކަމެކޭމިބުނީއެހެންވެ

  16. ޓީޓީ

    މިވެސް ނާޖާއިޒު ގޮތުގައި ނަގާ މަންފާއެއް ނޫންތޯއެވެ؟

  17. ކޮތަރު

    އިންޑިއާގެ ކްރިކެޓްޓީމުގެ ކެޕްޓަން އޭނާގެ އަންހެނުންނާއި އެކު ޓީމުގެ ގްރޫޕް ފޮޓޯއެއް ނެގީމަ މުޅި އިންޑިއާ ކެކިގަތް. އެއީ ކުޅިވަރުޓީމެއް ވީމަވެސް ވީވަރު. އެކަމަކު އަހަރުމެންގެ ރާއްޖޭގެ ދިފާއީވަޒީރު ބޭރުގައުމަކާއިއެކު ބައިވެރިވި ޖަލްސާއެއްގައި ދަރިންފައްޗާ ގޭގެ ކައްކާމީހާ ގޮވައިގެން ބައިވެރިވީމަވެސް ވާނެ ހަމަ އެއްކަމެއް ނޯންނާނެ.

  18. ކކކކ

    ނެނީ އެއް ވެސް ގެންދިޔަނަމަ. ޢޭރުން ބައްދަލުވުމަށް އެސޮރު ނުގެންގޮސް ވީހެއްނު

  19. ހފ

    ތިއެއް އިނގޭނީ ބިތުފަންގި ނެގީމަ.