ޕީޕީއެމްގެ ލީޑާޝިޕްގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ މުނިފޫހިފިލުވުމުގެ ގޮތުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އަންނަނީ އަންނަނީ" ޖަލްސާ ކެންސަލް ނުކުރާ ކަން ހާމަކުރުމުގެ ގޮތުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފަޅު ދައްކަވަމުންނެވެ.
އަބްދުއްރަޙީމް ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ އޭނާގެ ވަރަށް ގާތް ބޭފުޅެއް ކަމަށާއި މިހާރުވެސް އެ ރައްޓެހިކަން އެބައޮތް ކަމަށެވެ. އަދި އެއީ ވަރަށް ދީލަތި އަދި ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް ޤާސިމްގެ ޖުމްހޫރީ ޕާޓީ އަކީ ސިޔާސީ މަސައްކަތެއް ކުރަން ދާން ޖެހޭ ޕާޓީއެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެ ވަޑައިގަތް ބޭފުޅުންވެސް ކޮންމެހެން އެކަހަލަ މަޤްސަދެއް އޮވެގެން ނޫންހެން އަޅުގަނޑަށް ހީވަނީ ވަޑައިގަތީ.. ދެން ވެދާނެ ދެއްތޯ އެބޭފުޅުން މުނިފޫހިފިލުވުމަށް ވަޑައިގަތީ ކަމަށް. ސިޔާސީ މަސައްކަތެއް ކުރަން އެއީ އެކަށީގެންވާ ޕްލެޓްފޯމެއް ކަމަށް ޤަބޫލެއް ނުކުރަން. ސިޔާސީ މަސައްކަތެއް ކުރަން މި ރާއްޖޭގައި އޮތީ 2 ޕްލެޓްފޯމް. އެއީ ޕީޕީއެމް-ޕީއެންސީގެ ޕްލެޓްފޯމް. ދެން އޮތީ އެމްޑީޕީގެ ޕްލެޓްފޯމް." އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އޭނާގެ ހަތަރެސްފައިގައި ބިޑިއަޅާފައި ހޭނައްތާފައި ޖޭޕީ އަށް ސޮއި ކުރުވިއަސް، ހޭވެރިކަން އަންނަ އިރަށް އެތަނުން ދުވެފައި ރައްކާވާނެ ކަމަށެވެ.
ނިހާނުމެންވެސް ތިހެން ބުނި، ދެން އެ އްވެސް ބަޔަ ކަށް އިތުބާރެ އް ނުކުރެވޭނެ.
އަދުރޭ ކަލޭމެންގެ އަސްލު ކޮމާންޑަރު އުމަރު ނަސީރު ނުގެނެސް ތިޔަކަމެއް ގަޓަކު ނުކުރެވޭނެ ތާރީޙް ބަލާލީމަ އެކަން އިގޭނެ
ކަދުރޭ ކަލޭ ޖޭޕީ އަށް ސޮއި ކުރަން އުޅޭކަމުގެ ފެހި ސިގްނަލެއް ތިދީނީ.
ހަލޯ މިސަޓަރ ފަލަކީ ހިސާބު
އަދުރޭ ވިދާޅުވީ އޭނާގެ ހަތަރެސްފައިގައި ބިޑިއަޅާފައި ހޭނައްތާފައި ޖޭޕީ އަށް ސޮއި ކުރުވިއަސް، ހޭވެރިކަން އަންނަ އިރަށް އެތަނުން ދުވެފައި ރައްކާވާނެ ކަމަށެވެ
ހޭނަ އްތާފައި ކިހިނެއްތޯ ސޮއިކުރުވަނީ؟ މަންމާފުޅު އަދުރޭވެސް އެއ އްކަލަ މޮޅުވަކީލް ކައިރިން އަނގަބަހުން ސޮއިކުރުވާހެން މިކަންތައްދަސްކުރީދޯ
މި ރާއްޖޭގައި އޮތީ 2 ޕްލެޓްފޯމް. އެއީ ޕީޕީއެމް-ޕީއެންސީގެ ޕްލެޓްފޯމް. ދެން އޮތީ އެމްޑީޕީގެ ޕްލެޓްފޯމް." އަބްދުއްރަޙީމް ވިދާޅުވިއެވެ.ހިސާބަށް އަދުރޭމޮޅު،
1ޕީޕީ އެމް
2 ޕީ އެންސީ
3 އެމްޑީޕީ
ބުރޯ ޕޕއމ އަދި ޕއނސ އެއީ އެއް ޕްލެޓްފޯމް