ހެނދުނުގެ ނާސްތާ ނުލިބި ސްކޫލަށް ދާން ޖެހޭ ދަރިވަރުން މަގުން ކައްސާލައިގެންގޮސް، ހަކުރު ވިއްކުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ބޮޑުކަމަށް ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، ރޭ އއ. ތޮއްޑޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ހެނދުނުގެ ނާސްތާ ނުނަގައިި ކުލާހަށް އަންނަ ކުއްޖާއަށް އެންމެ އެކަށީގެންވާ ވަރަށް ފިލާވަޅަށް ސަމާލުކަން ނުދެވޭނެ ކަަމަށާއި އެއާއެކު ކުއްޖާގެ ފެންވަރު މަޑުމަޑުން ދަށްވާން ފަށާ ކަމަށެއެވެ.

"ކުދިން މަދަރުސާއަށް އަންނަ އިރުގައި ރަނގަޅަށް ބަނޑު ނުފުރައި، ސައި ނުބޮވި މަދުރުސާއަށް އައީމާ، ދެން ވެގެންދާ ގޮތަކީ މަދު އަދަދެއްގެ ކުދިން ނަމަވެސް ކުލާހުގައި އިންނަ އިރުގައި އެ ކުދީންނަށް ފިލާވަޅުތަކަށް، ޓީޗަރުންނަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ބަހައްޓަން ޖެހޭ މުހިންމުކަން ނުބެހެއްޓޭ. އެހެން ނުބެހެއްޓުނީމާ އެ ކުއްޖާ މަޑު މަޑުން ކުލާހުގައި ދަށްވަމުން ދަށްވަމުން ދަނީ،". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިހެން ވުމުން މަތީ ގްރޭޑްތަކަށް ދާން ފެށުމުން އެ ކުދިން ވަނީ ފެއިލް ކަމަށާއި، ދެން މަދަރުސާއިން އެ ކުދިން ކެނޑެނީ ކަމަށެވެ.

"ވިއްސަކަށް، އަށާާރަ ވަރަކަށް އަހަރުވެލާއިރުގާ އެންމެ ގޯސްކޮށް ދިޔައީމާ އޭނާ އެ ހުންނަނީ ވަޅިއެއް ހިފައިގެން، ނޫނިއްޔާ އޭނާ އެ ހުންނަނީ ހަކުރު ވިއްކަން، އެހެން ނޫނީ އޭނާ ގޭންގަކަށް ވަދެއްޖެ،". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިީ، މަގުން ކައްސާލައިގެން ދާ ކުދިން ނުވަތަ ގޭންތަކުގައި އުޅޭ ކުދިންގެ ބަރުދަން ކިރާ ޗާޓުން ފެންނަނީ ވަރަށް ދަށް ކޮށް ކަމަށެވެ. އަދި އެމަނިކުފާނަށް މައުލޫމާތު ލިބުނު ގޮތުގައި، ކުދިންނަކީ ހެނދުނު މަދަރުސާއަށް ސައި ނުބޮއި އަންނަން ޖެހުނު ކުދިން ކަމަށާއި، އެ ކުދިން ކުރި ނޭރުނީ އެ ސަބަބާއި ހެދި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޖަލުން ވަރަށް ގިނައިން އަޅުގަނޑާ ދިމާވާނީ އެ ފަސް އަހަރުގެ ޗާޓުގައި ބަރުދަން ރަނގަޅަށް ނުލިބި ތިބި ކުދިން. އެއީ ހެނދުނު މަދަރުސާއަށް ސައި ނުބޮއި އަންނަން ޖެހުނު ކުދިން. އެހެންވީމާ އެ ސަބަބުވެސް އޮވެގެން ކުރި ނޭރި ކުދިން. އެހެންވީމާ އެންމެ ފަހުން އައިސް މަގުން ކައްސާލައި މަގުމައްޗަށް ގިނަވެ މާރާމާރީ ހިންގާ ކުދިން. އެހެންވީމާ މަގު އޮޅިގެންގޮސް އެހެން ގައުމުތަކަށް ހަނގުރާމައަށްދާ ކުދިން. އެހެންވީމާ އަޅުގަނޑުމެން މި އެދޭ ގައުމިއްޔަތު ބިނާ ކުރުމުގައި އެހީތެރި ނުވެވޭނެ ކުދިން،". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހެނދުނުގެ ނާސްތާއިން މީގެ 10 ނޫނީ 15 ވަރަކަށް އަހަރު ފަހުން ރަނގަޅު ނަތީއްޖާ ފެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ޙަރީބު

    ގިނައިން ހަކުރުބޮނީ މުސްސަނދިންގެ ދަރިން

    185
    4
    • ހަގީގަތް

      އޭގެ ހަމަ މިސާލެއް ގަންޖާ ބޯ ނަޝީދު އަކީވެސް.

      190
      4
  2. އަލިބެ

    ގަންޖާ ބޯ ތިކަލޭގެއަށް އެކިޔަނީ ހަމަ ކިޔަންވެގެން

    188
    3
  3. ދޭބަލަ

    ދީނުގެ ނަމުގައި ހަމަ ނުޖެހުން ހިންގަން ފުރުސަތު ނުދޭނަމޭ ތަމެން ބުނުން ފިޔަވައި އެހެން ކަމެއް ނުކުރެއޭ ސަރުކާރުގެ ޕާރޓީގެ ވަރުގަދަ ގުނަވަން ތަކުން ދީނަށް ފުރައްސާރަ ކޮށް ވާހަކަ ދައްކާ އިރު ރައީސް އޮފީސް ހިމޭނުން އޮތުން އެއީ ޑެޑް ސީރިއަސް ކޮށް މަ.

    122
    1
  4. ބައްޕަ

    . މީ ކޮންތާކު ހުރި ބުރާންޗެ އްތަ.

    194
    3
  5. ވެރިން

    ކަލޯ ކިޔޭ ނުކިޔޭ އިންގޭތަ.ނާސްތާ ނުލިބުނަސް ހަކުރު ވިއްކަން ނުތިބޭނެ ކޮއްމެ ވރިކަމެއްގަވެސް މުއައްސަސާ ތަކަށް ހަވާލުވެފަ ހުންނަ ކަންތައްތައް ތަންފީޒުވާނަމަ.ހަކުރާ ގައުމައް އެތެރެ ނުކުރެވޭނަމަ ހަކުރެއް ނުވިއްކޭނެ.ވިއްކާފިއްޔާ ނިކަން އެއޮއްނަ އެންމެ ހަުކަށި އަދަބު ދީބަލަ ނާސްތާނުލިބުނީމަ ހަކުރު ވިއްކަން ތިބޭތޯބަލަން.

    140
    3
  6. ސޯޕް ލައިޓް ބްރަދަރ

    ޔާﷲ މިނުލަފާ ޖާހިލުގެކިބައިން އަޅަމެންނާއި މިޤައުމު ރައްކާތެރި ކުރައްވާފާނދެއެވެ.!!!

    189
  7. މާނިއު

    ބޭކާރު އަނގަތަޅާ ބޭކާރު މީ ހެއް

    151
    3
  8. Anonymous

    ހަކުރު ނުލާ ވާ ހަކައެއް ދައްކަން ނޭނގޭނެ ދޯ.

    153
  9. Alibe

    މީނަ ހިފާ ހައްޔަރު ކުރޭ. މީ ގައުމަށް ވެރިވެފައިވާ ބޮޑު މުސީބާތެއް. ކިޔަވާކުދިން ވެސް ހަލާކު ކޮށްފި.

    146
    2
  10. ޝަހިންދާ

    ފާޅުގާދޯބޯވާހަކަދައްކަނީ

    123
    1
  11. އައްމަޑޭ

    ކީކޭ ދެން ބުނާނީ

    115
  12. ރާވެރިބެ

    މީނާ މޮޔަނުގޮވަނީ ކޮންދުވަހަކު

    121
    1
  13. ލޫޓުވަނީއޭ

    ނާސްތާ ނުލިބެންޏާ ހަކުރު ވިއްކާނެ، ހަނގުރާމައަށް ދާނެ ކަމަށް ކެނެރީގެ ނަޝީދު ބުނަނީ އެއީ އޭނާ ކަނޑުކޮސް ކަމުން

    110
    1
  14. އެކޭ

    ނާސްތާ ނުލިބެންޏާ ހަކުރު ވިއްކާނެ، ހަނގުރާމައަށް ދާނެ ކަމަށް ކެނެރީގެ ނަޝީދު ބުނަނީ އެއީ އޭނާ ކަނޑުކޮސް ކަމުން

    68
    1
  15. ހުސެން

    އެހެންވީމާ އެ ބުނަނީ ހަކުރު ބޯ ކުދިންނޭ ޖިހާދަށް މިދިޔައީ ހަކުރުކޮޅަކަށް ދޮތާ،؟މިއީ ސިޔާސީ ބަޔަކު އަޑިގައި ތިބެގެން ހިންގާ ޖަރީމާ އެއް،މިކަން ބަލަން ޖެހޭނެ

    79
  16. ސްކޫލް މަަދަރުސާ

    ސްކޫލްތަކުގެ ޢިނާމްދިނުމުގެ ޖަލްސާތަކުގައި އެއްވެސް ސިޔާސީ މީހަކު ޝަރަފުވެރިޔާގެ ގޮތުގައި ހަމަޖައްސާ ޕޯޑިއަމަށް އަރުވާ އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސާރކިޔުލަރތަކުން ވަރަށް ބޮޑަށް މަނާކޮށްފައިވާކަމެއް. ތިޔަ ނަޝީދުއަށް ތިޔަ ޖަލްސާ ޝަރަފްވެރިކުރަން ފުރުސަތު ލިބުނުގޮތެއް ބަލަން ބޭނުން.

    104
    • ތުއްޕުޅު

      ތެދެއް..ވަރަށް ބޮޑު ތެދެއް..

      26
      2
  17. ޖިލޭބީ

    ކީކޭ ކިޔާނަމޭ ހިތާތަ މިބޭފުޅާ މިއުޅެނީ؟ ދެން ބުނޭ ކާންވާވަރަށް ވުރެ ގިނައިން ކާތިއްޔޭ މޫސުން ގޯސްވެ ޖައްވު ހޫނުވަނީ. ކޮންމެވެސް ހިސާބަކުން ގުޅުވާލެވޭނިއްޔަ! .

    75
  18. ލޭކެކޭ.

    ނާސްތާ ނުލިބެންޏާ ލާދީނީ ވާ ވާހަކަ ނުބިނެވެނީ ކީއްވެ.

    45
  19. ސާމް

    ކަލޭ ނުވެގެން ތިއުޅޭ ކަމަކީ ތީ..

    44
  20. ރަޝީދު

    މިކަލޭގެ މީ ކޮންތާކުން ކިޔަވައިގެން އައިސް ހުރި ބުރާންޗެއްތަ ލަދުން ބޯ ހަލާކު މީ ރާއްޖޭގެ މަޖުލީހުގެ ރައީސް ވިއްޔާ

    51
    1
  21. ލލ

    ތިބުނަނީ އެމްޑީޕީ މަޖިލިސް މެމްބަރުން ނަށް މަޖިލިހުންނާސްތާ ނުދީފިއްޔާ ކުރާނެ ކަމުގެ ވާހަކަތޯ؟

    52
  22. ާއަލީ

    މޮޔަ ފުޅު ވީތޯ.. ހަމައިގަތޯ ތި ހުންނެވީ..

    46
    1
  23. ނުރަބޯ

    ކަލެއަށް ރަނގަޅީ އެގޮތެއްނު؟ ކަލެއެއްނު ބުނީ “ބޯން ޖެހެޔޭ ބޮވެންވެސް ޖެހެޔޭ ނުބޮޔެއް އެކުދިންނެއް ސަލާމަތެއް ނުވެޔޭ”. އަނެއްކާ މިހާރު ތިޔައުޅެނީ ލާދީނީ ކަންކަން ސްކޫލްތަކަށް ވައްދަން. ދެން އެކުދިން ސްކޫލް ނިންމާފަ އެތަނުން ނިކުންނާނީ ހަކުރު ބޮމުން ބޮމުން ނެއްނޫންތަ؟ ފައްކާ ޝައިތާނެއް.

    45
    • ގަންޖާ

      އޭނަ ނުބުނާނެ އެހެންނެއް؟؟ މިހާރު އެހިޔަސް ބުނާނެ ނުބުނަމޭ. ޏަސީބަކުން ދޮގުހަދަން ވެސް އިނގޭ އިނސާނެއް ނޫން އެއީ!

      23
  24. ރިދަމް

    އެމްޑީއެންގެ ރިޕޯޓަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސަލީމް ވިދާޅުވެއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ

    29
  25. ބުރާންތި

    ދޮޅުރޯނާ ވިޔަސް ފުކެއްބޮޑު ތިވަރު ..................ޕަކާސް

    39
  26. ހަކުރު

    މިކަލޭގެ މީ މިފަދަ ޖަލްސާ އަކަށް ގެންދާ ވަރުރެއް ނޫން އެ ހުރީ ހަކުރަށް ގޮސް ހުސްވެފަ ހަކުރު ކުޑޭ

  27. ޗަކޮއި

    ފޫހިގަނޑެއް.

    20
  28. ޥ ދެރަ

    މީނަ އަބަދު ހަކުރު ވަާހަކަ އޭގެ ހިސްޓްރީ އާ އެ ބޯ ސަބަބާ. ޚިހިނެތް ހަދާ ދިރާސާތަކެއްބާ؟؟

  29. ސަމި

    ރަލާ ހަކުރުގެ ވާހަކަ ނޫން ވާހަކަ އެއ އް މީނަ އަށް ނޭންގޭ ދަ އްކާކަށް

  30. ލޮލް

    ޖެހިފަ އޮތް ވަބާ އެއް!

    23
  31. ހަމިއްޓޭ

    ސްކޫލްތަކުގެ މިކަހަލަ ޖަލްސާ ސަރަފުވެރި ކުރުމައް ދީނައް ފުރައްސާރަކޮއް މަސްތުވާ ތަކެއްޗައް ހިތްވަރުދީ މިކަހަލަ ނުލަފާ މީހުންނައް ދައުވަތު ދިނުމަކޯ ގޯހެއް

    30
  32. ނނ

    ޙަކުރު ގިނަވީމާ ހަކުރު ބޮވެންޖެހޭނެ ދެއްތޯ؟

  33. ކޮތަރު

    ކަލޭ ތިޔަބުބަނީ ދަރިވަރުން ތިބެނީ ބަނޑަށް ޖެހިފައޭދޯ. ބަލަގަ ދިވެހިންނަކީ ކޮންމެފަދަ ހާލަކުންވެސް ދަރިންގެ ކަންތައްތައް ފުރިހަމަކޮށްދޭ ބައެކޭ. ތިކަހަލަ ގަމާރަކު މެނުވީ.

    22
    2
  34. ސ

    ދިވެހިން ހަމަ މީނަ ދެކެ އަދިވެސް ލޯބި ވަނީ ދޯ

    18
    1
  35. އަހްމަދު

    ނަޝީދު ތިޔަވިދާޅުވީ ނަޝީދައްދިމާވިގޮތްތާ އެންމެންނައް އެހެންދިމާވާކަށްނުޖެހޭ

    21
  36. ބުލް

    ހަކުރުގެ ވާހަކަ ދައްކަން އެކަށީގެންވާ ތަނެއްނޫން ތީކީ.. ސްކޫލް ކުދިންނަށް ތި ބުނާ ކަހަލަ ހަކުރަކީ ހުންނަ އެއްޗެއްކަން އަންގާލީދެއްތޯ.. ދެން އެކުދިން އުޅޭނެއްނު އެއީ ކޯޗެއްތޯ ހޯދަން

    24
  37. Anonymous

    މީ ހަކުރުދޭ ބޮޑުބޭބެ. ހަކުރާ ނަޝީދު.

    23
  38. ނަޖޫބު

    ޟމިހާރު ތިޔަ ބެހެނީ މީހުންގެ ޅަ ކިޔާދަރިންނާ ހަޔާތްކޮބާ..އެސޮރުމެން ނުދާނެ ހަކުރުވިއްކާކައް

  39. ނީނާ

    ކުދިން ހަކުރު ގެ ވަބާގަ ޖެހެނީ ކުރާނެ ކަމެއްނެތި މަގުމަތި ވުމުން ގައުމު ހިންގަނީ ބިދޭސިން ޒުވާނުން ތިބީ ވާނުވާ ނޭގިފަ..

  40. ނީނާ

    3މިލިޔަން މީހުން ދިރިއުޅޭ ގަައުމެއް 2ބައިކުޅަ އެއްބަައި މީހުންއުޅެނީމާލޭގަބަދަލަކައްބޭނުންވެގެންވޯޓުދެނީވެރިކަންވައްކަންކުރަންނީ..ގޯހުންގޯހައްދަނީ?

  41. ދޮންއާދަނު ފައި

    ނަސީދުއަކީ ކަންކަމުގައި ދެއްކުންތެރި ތިލަ ވިސްނުމެއްގެ ވެރިއެއް. އޭނާ އަށް އެނގޭ ވިސްނޭގޮތް އެއީ އެންމެ މޮޅު ކުޅިއަށްވެެގެން 6 އެތި ފަހަތުގައި އުޅެނީ. "ދެން އެ ކުއްޖާ މަޑުމަޑުން ކުލާހުގައި ދަށްވަމުން ދަނީ. ދެން ގްރޭޑް ހަތަރެއް ފަހަކަށް ދިޔައީމާ އޭނާ އެންމެ ފަހުން ފެއިލްވަނީ." ބަލަ ރާއްޖެ ފަދަ ކުޑަކުޑަ، 10 މިނެޓުން ސްކޫލަށް ދެވޭ ތަނެއްގައި ނާސްތާއެއް ނުލިބެނީ ކީއްވެތޯއެއް ނުބަލަން ދޯ. އެއީ ބެލެނިވެރިންގެ އަޅާލުން ނުލިބޭތީ. އެކަން ނުވާނަމަ އަދި ނާސްތާއެއް ދިނަކަށް ދެން އެކުއްޖަކަށް ދިމާވާ މައްސަލަތައް ބައިވަރު ހުންނާނެ، ހަކުރާ ކައިރި ކުރާނެ. އަވަހަށް ނިދާ ސިޔާސަތު ތަކާ ދުރުކޮށް ދަންވަރު ހެލާ އުޅޭ ވެއްޓެއް ޕްރޮމޯޓްކޮށް، މީހުންގެ ތެރޭއޮތް އިޖުތިމާއީ އެކުވެރި ވެށި ތަގައްޔަރުކޮށް ދޮންމީހުން އުޅޭ ގޮތަށް އުޅެން ވީމާ ވާގޮތް މީ. ސްކޫލަށް ގެންދާ ބަހެއް ހުރިހާ ރަށެއްގައި ތަޢާރަފު ކުރިޔަށް، ކުދިންނަށްވެސް، ބެލެނިވެރިންނަށްވެސް ލައްކަތަކުން ލުއިވާނެ އިނގޭތޯ. ޚަރަދު ހިނގާނެ ސަރުކާރަށް. އެކަމަކު ލުއި.

  42. ހަސަންކޮއި

    ރަލާ ހަކުރުގެވާހަކަނޫންވާހަކައެއް
    މީނައަކަށްނުދެއްކޭ

  43. ބަރުގޮނު

    މަދަރުސާއެއްގެ ދަރިވަރުން ކައިރީގައިވެސް ހަކުރު ބޯ ވާހަކަ ، ވަޅިހިފައިގެން ބިރުދައްކާ ވާހަކަ ނޫނީ ދައްކާކަށް ނޭގުނު. ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެއްޗެއް ބުނަންވެސް މެއްސެއްގެ ބޯ ޖަހާގެން މިއުޅޭ ކަލޭގެޔަށް ނޭގުނު.

  44. ރަޔިތެއް

    މިނޫން އެއްޗެއް ކިޔަން ނޭގެނީ ތަ

  45. ހުވަދޫ ޑޮކް

    މުހަންމަދާ !! މުހަންމަދު ތިޔަ އުޅެނީ ކޯންޗެއް މި ގައުމާއި ރައްޔިތުންނަށް ހަދާނަމޭ ހިތާތަ! ތިޔަ ވާހަކަ ތިޔަގޮތަށް ބަޕްލިކަށް ގެންނަން މުހަންމަދު ކަހަލަ ޤާނޫނު ހަދާ ދަރުބާރުގެ ރައީސް ދެއްކުން ރަނގަޅުކަމެއް ނޫންކަމަށް ނުފެންނަނީނަ އުތަ!! ދެން މުހަންމަދު މެންވެސް އުޅޭ ގޮތެއް ދޯ...

  46. ޒީ

    މީޤައުމުގެ ހަލާކު!
    އަބަދުވެސް ހިނދުކޮޅުގަ ހުންނަވާނީ!
    ކިޔޭނުކިޔޭ ނޭނގޭ ހާލުގަ!
    ދީނަށް ފުރައްސާރަކުރުުުުުުމުގަ މިގަންޖާގެ ރައްޔިތުކަންވެސް ބާތިލްކުރަން ފެނޭ!

  47. ކަތީބު

    ސްކޫލް ތަކުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފު ކޮށްދިނުމަށް ދާމީހުން ދައްކަން ޖެހެނީ މިކަހަލަ ވާހަކަތަ. މިއަށްވުރެ މާރަނގަޅު ވާނެއެއްނު މޮޅަށް ކިޔަވައިގެން ރަނގަޅު ކުދިބަޔަކަށް ވެގެން ޤައުމަށް ޚިދުމަތް ކޮށްދޭށޭކިއްޔާ. ޢަދި ބުނެފިޔޭ 15 ވަރަކަށް އަހަރުފަހުން ނަތީޖާ ފެންނާނެޔޭ. މިނުބައި ކަލޭގެ ހިތުގައި މިއޮންނަނީ މި ލޮބުވެތި ރާއްޖެ މީނަބޭނުން ގޮތަށް ވާނެޔޭ. ޢިރާދަކުރެއްވިއްޔާ މިނުބައި ކަލޭގެއަށް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ.