ހުރިހާ އެންމެވެސް ޤަބޫލުކުރާ ގޮތުގައި އެންމެ ނުބައީ ޝައިޠާނާ ކަމަށާއި، ނަމަވެސް ދިވެހި ރާއްޖޭގައިވެސް ކުދިކުދި ދައްޖާލުން އުފެދިގެން އުޅޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓަށް ފާޑުވިދާޅުވީ ޔާމީން މިފަދައިން ވިދާޅުވީ، "އަންނަނީ އަންނަނީ" ގެ ނަމުގައި ޕީޕީއެމް ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެންމެ ނުބައި މީހެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަވެފައި އޮންނަނީ އިނބިލީސް. ނަމަވެސް އިބްލީސްވެސް ބުނެފައިއޮވޭ، އިންސާނަކަށް ނުބައި ނަސޭޙަތެެއް ދޭންވެއްޖެ ނަމަ، އެންމެ ކުޅަދާނަވާނީ އެހެން އިންސާނެކޭ. އަޅުގަނޑުމެންގެ ތެރެއިން ކުދި ކުދި ދައްޖާލުން އުފެދިގެން އެބަ އާދޭ. އަޅުގަނޑަށް ވަރަށް އުނދަގޫ ޖޯޝުން ފުރިގެންވާ މިފަދަ ޖަލްސާއެއްގައި އިބްލީހާއި ޝައިތާނާގެ ވާހަކަ ދައްކަން." ޔާމީން ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެޖެންޑާ 19 އަކީ ދިވެހިންނަށް އުފުލޭ ވަރު އެއްވެސް ނޫން ކަމަށާއި، އެންމެ ބޮޑަށް ކަންބޮޑުވަނީ އެހެން ދީންތައް ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީކަމަށެވެ.
"ތެދެއް ހެދެން އޮތް ތަނެއްގައިވެސް ތެދެއް ނުހަދާނެ. އެޖެންޑާ ނަވާރަ އަކީ ދިވެހި ރައްޔިތުންނަށް ހިފައިގެން އުފުލޭނެ ކަމެއް ނޫނޭ އޭރުވެސް އަޅުގަނޑުމެން ބުނަމުން ދިޔައީ. ޑިމޮކްރަސީއަކީ އެތައް އަހަރުތަކެއް ކުރިން އުފެދިގެން އުޅޭ އެއްޗެއް. އަންނަނީ އަންނަނީ މި މަޢުޟޫއަށް ޖެހިލާއިރު، ވަރަށް ގިނަ ކަންކަން އަންނަން އެބަހުރި. އަޅުގަނޑު އެންމެ ޖެހިލުން ވަނީ، އެހެން ދީން ތައްވެސް ރާއްޖެއަށް އައިސްދާނެތީ. ހަމަ ފަތުއަޑު ކިޔާފައި އަންނަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެންޑީއެންއިން ނެރެފައިވާ މި ރިޕޯޓާއި ގުޅިގެން މިހާރު އެ ޖަމްޢިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ކުދިކުދި ދައްޖާލުން އުފެދިގެން އެބައުޅޭ - ޔާމީން
1 މިނެޓް ކުރިން ( އޮކްޓޯބަރ 11, 2019 )
ތީއަޖަލް ހަމަވެފައި ވާ ދައްޖާލު ތަކެއްކަމުގައި ލައްވާށި އާމީން.
ދައްޖާލުގެ ދިވެހިރާއްޖޭގެ ގޮފީގެ ރައީސާއަކީ ޝަހިންދާ. އޭނަގެ އެޑްވައިޒަރަކީ ނޫޝީން. މިދެމީހުންނަކީ، މުސްލިމް ދިވެހިންގެ ފައިސާއިން މުސާރަނަގާ ދެ ދައްޖާލުން
މިހާރު އެންމެ ގިނަ ދައްޖާލުން ވަޒީފާ އަދާ ކުރަނީ ރައީސް އޮފީހުގައި
ކުދިކުދި ދައްޖާލުން އުފެދިގެން އެބައުޅޭ ކަމަށް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެކަން ވާނީ ސީދާ ތެދަށޭ ...
ޝިޔާމް މެން ވާހަކަ ދައްކަވާއިރު ބަދަލު މިދެނީ ކޮންބަޔަކަށްކަށް ރައްޔިތުންނަށް ވިދާޅުވެ ދެއްވަބައްލަވަ.
ކޯޗެއް އައްނަނިީ ހަދަާނައްތަާލަާ ތިކަމެއްދެެނެެއްނުވަާނެ ޓިީނުހުރިތަންބަލަ
100% ވާހަކައެއް! އަޅުގަނޑު ދަންނަވާނީ ކުދި ދައްޖާލު ތަކެއްނޫނޭ އެއީ ބޮޑެތި ދައްޖާލުތަށް. އެމީހުން ވަކި ހިއްޕައިގެން އުޅެނީ ސަރުކާރުގެ މަތީ މަޤާމުތަކުގައޭ!
ހެހެ މަނިކުފާނުގެ ވެރިކަމުގާ ތިގޮތަށް ޕޯޑިއަމް ތަކުގާ ވާހަކަ ދައްކާ ބޭފުޅުންދެކެ ބިރުފުޅުން އެދުވަސް ވަރު ހުރިހާބޭފުޅުން ގޮސް ޖަލައް ލީ