އެމްޑީޕީން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަންކުރާ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން ވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށާއި އަދިވެސް ގެންދަނީ އޮޅުވާލަމުން ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ ހަޤީޤަތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"އެމްޑީޕީ އިން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ. ކޮންމެ ކަމެއްގައި އޮންނަނީ އޮޅުވާލުން." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ "އެޖެންޑާ 19 އަކީ ދިވެހި ރައްޔިތުންނަށް އުފުލޭވަރު އެއްޗެއް ނޫން." ކަމަށާއި އަދިވެސް އަންނަނީ ވައުދުތައް ވަމުން ކަމަށާއި ނަމަވެސް ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ.

"ވައުދުތައް އަންނަވަރުން އޮބިނޯވޭ. ނަމަވެސް އެއްވެސް ކަމެއް ކުރެވޭ ވަރެއް ނުވޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައިރު 270 މަޝްރޫޢުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ ކަމަށާއި ނަމަވެސް އެމަޝްރޫޢުތައް ވެސް ނިމެމުން ނުދާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުގައި ނަރުދަމާ އެޅުމަށް ބައެއް ރަށްރަށުގައި ވަޅުލާފައި ހުރި ހޮޅިތައް ނެގުމަށް ފަހު އަނެއްކާ އެހޮޅިތައް ވަޅުލުމަށް އަނެއްކާ އެހެން ކުންފުންޏަކާއި މިހަވާލުކުރަނީ. ކިހިނެއްތޯ ރައްޔިތުންނަށް މިކަން އޮޅުވައެއް ނުލެވޭނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިސަރުކާރަށް ގައުމުގެ ހާލަތު ބުނެދޭން ވެސް ނުކެރޭ ކަމަށާއި އަދި ބޭރުން ވެސް އެހީއެއް ވެސް ނުހޯދޭ ކަމަށެވެ.

ދައުލަތުގެ ބަޖެޓް ބޭނުން ކުރަމުންދާ ގޮތައް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ 34 ބިލިއަން ރުފިޔާ މިއަހަރު ވެސް "ފެންފޮދަކާއި ނުލައި ދިރުވާލައިފި" ކަމަށެވެ. މިއަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެއީ މާބޮޑަށް ބަދަލެއް ނޫން ކަމަށެވެ. މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 65 ބިލިއަނަށް އަރާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ލަކީ

  ބައްލަވާ މަނިކުފާނު އުފަންވި އިރުވެސް މިގައުމަކީ އިސްލާމީ ގައުމެކޭ ނޫންނަމަ މަނިކު ފާނު ވާނީ ކޮން ދީނެއްގެ ބޭފުޅަކަށްތޯ ވެރިކަމަށް އައުމުގެ ކުރީގާ ނިކަން ވިދާޅުވެ ދެއްވާ ބައްލަވާ މިގައުމު އޮންނާނީ އަބަދު ވެސް އިސްލާމީ ގައުމެއްގެ ގޮތުގާ ..ދެން ދަންނަވާލާނަން މަނިކު ފާނު ހެއްދެވި އިތުރުފުޅު ފުރަތަމަ ކެމްޕޭނު ތެރޭވެސް ވިދާޅުވި 94000 ވަޒީފާ އުފައްދާނެ ވާހަކަ އެއީ ފަސް އަހަރު ދުވަހު މި ހުންނަނީ 1825 ދުވަސް 94000 ބަހާލީމަ މިވަނީ ދުވާލަކު 51 ވަޒީފާ މިވަރަށް ކޮންމެ ދުވަހަކު ވަޒީފާ އުފެއްދުނުތޯ ވިދާޅުވޭ

  4
  7
 2. އަޝްރަފް

  ތިޔ ގޮވެނީ ގުދޯގުދޯކަން ހަމަނޭނގެނީ ބާއޭ ހިތަށްއަރާ!!

  4
  5
 3. ޙުބަސާނަ

  މިސަރުކާރު ހިންގަންތިބިމީހުންގެ ކުޅަދާނަން ނުފެނާނީތޯ 1 އަހަރުގެ ގެރަެގައި 2 ފަހަރައް ބަޖްފާސްކޮޢް ހުސްކޮއްފި ތަރައްޤީ 2350 ކޮންކުރީޓް ބޮަޑެތި އިމާރާތަކުން ތަރަގީވާނެތޯ؟ އަޅުގަޑުމެން ލޯނެއްނުނަގާނެ! ޅޯނުނަޤާނީ ބަދަލުދީ ދިނުމުގެބޮދެތި ބިޔަމަސްރޫޢުތަކަޢް ޙަރަދުކޮށް ރައްޔެތުންދަރަނިވެރިނުކޮށޭ..

  3
  2
 4. ހައިކަލް

  ތިމާމީހާ ކުރާކަންތަކުގެ ގޮތުގެ ވާހަކަ ތިދައްކަނީ. މަސަކީވެސް ބޮޑުވަގެއް

  3
  5
 5. ދަންސޫރަ

  ވަރަށްބޮޑް ތެދެ އް އެމްޑީޕީ އަކީ ޔަހޫދީންގެ ވަށްތަރު ދޮގެ އް އޮށްވަ ތެދެ އް ނަހަދާނެ.

  6
  2
 6. ބުރަކި.

  ޔާމީން އަކަސް ތެދެ އްވާނީ ތެދަކަށް. ދޮގެ އްވާނީ ދޮގަކަށް. ތިޔަވިދާޅުވީ ތެދެ އް. އެމްޑީޕީ ގެ އަސްލު އޭގެމަ އްޗަ އް ބިނާވެފަ ވަނީ ދޮގާ މަކަރާ އި ހީލަތް. ބަލާ ބެލުމަ އް ވަރަށް ރީތިނަމަވެސް އޑީގަ އޮންނާނީ އޮޅުވާލުން.

  7
  3
 7. ލަދުގަނޭތަ

  ވައްކަން ކުރާ ބަޔަކު ދައްކަން އެހާ ރީތި ވާހަައެއް ނޫން.

  4
  6
 8. ޗަޕޯ

  .ތިވިދާޅުވީ ތެދުފުޅެެެއް ސާބަހޭ ރައީސް ޔާމީނ

  8
  4
 9. އައިން

  އެވަރުންވެސް ދޮގު ހެދުމުގައި އެމް ޑީ ޕީ އަށް އަދި އުޅެވެނީ ޔާމީނަށްވުރެ ފަހަތުގަ.

  1
  6
 10. ކަދުރު ފާތުމަ ބެހި ކަދުރު ޞަދަޤާތް

  އަދި މީކާކު ގުދޯ ގޮވަނީ %500 ދީފައި އަނެއް ދުވަހު ޖަލަށް. ކާންދިން އަތުގައި ދަތްއަޅައި މަވަރު މީހެއް ނެތްކަ މަށް ދައްކައިގެން އަންހެނުން ނަކީ ރޫހާނީ ނާއިބަކަށް ހަދައިގެން އަންހެނުންގެ ނަ މުގައި އާސަންދައިން ޚިތާނު ކޮށްދީ ކަދުރު ބެހީ ތެދުވެރި ކަ މުން އޮތަ. މީ ލައްކަ ވާހަކަ

  1
  2
 11. ޙަދުމަ

  1 ލެޕްޓޮޕް އަދި 1 ރިސޯޓް = ޤައުމުހިންގުން މީކިހާވަރެއްގެ ޥައުދެއް ؟

  • އާދަނު

   ތީ ނަޝީދު ދެއްކި ވާހަކައެއް ދޯ؟

 12. ބޮކި

  ނާސިރު ވެރިކަމުން ، މައުމޫން ވެރިކަމުން ، ނަޝީދު ވެރިކަމުން ، ވަހީދު ވެރިކަމުން ، ޔާމީން ވެރިކަމުން އަދި ސޯލިހް ވެރިކަމު ގޮސް ރާއްޖޭގަ އޮންނަނީ އިސްލާމް ދީން ! ދެން ކޮން ވާހަކަ ތިދައްކަނީ............

  2
  2
 13. އަފީ

  " އެމްޑީޕީން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ " މީ ވަރަށް ބޮޑު ތެދެއް!