ދެންވެސް ވެރިކަން ލިބިވަޑައިގެންފިނަމަ، އިސްލާމް ދީން ނޫން ދީނަަކަށް ޖާގަ ނުދެއްވާނެ ކަމަށް ކުރީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން، ޝަހިންދާއަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނެއް އޮންނާނެ ދުވަހެއް ދުވަހަކުވެސް ނާންނާނެ ކަމަށެވެ.
ޔާމީން މިހެން ވިދާޅުވީ، "އަންނަނީ އަންނަނީ" ގެ ނަމުގައި ޕީޕީއެމް ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ރައީސް ޔާމީންގެ ވެރިކަމެއްގައި އިސްލާމް ދީން ނޫން އެހެން ދީނެއް ނޯންނާނެ. ދުވަހަކުވެސް އެފަދަ ދުވަހެއް ނާންނާނެ. އަޅުގަނޑުމެންގެ ކަންކަން ނިންމާނީ އަޅުގަނޑުމެން. އަޅުގަނޑުމެންނަށް އަދިވެސް ފުރުޞަތު ލިބިއްޖެ ނަމަ، އިސްލާމް ދީން ބީވެގެން ދިއުމަށް އެއްވެސް ފުރުޞަތެއް ނޯންނާނެ. ކޮބައިތޯ ދީން ޙިމާޔަތްކުރައްވާނެ ކަމަށް ވިދާޅުވި ބޭފުޅުން." ޔާމީން ވިދާޅުވިއެވެ.
އިތުރަށް ޔާމީން ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި ތަޙުޤީޤު ކުރަންޖެހޭ އެއްޗެއް ނެތް ކަމަށާއި، އެ ރިޕޯޓު ތައްޔާރު ކުރި ފަރާތްތަކާއި މެދު ދިޔަވަޅު އަޅާނެ ހިތްވަރު މި ސަރުކާރުގެ ނުހުންނާނެ ކަމަށެވެ.
"ދެން މި ވިދާޅުވަނީ މިހާރު ސަސްޕެންޑް ކޮށްފައޭ. ދެން ތަޙުޤީޤު ކުރަނީއޭމި. ކޮންއެއްޗެއްތޯ އެ ރިޕޯޓުގައި ތަޙުޤީޤު ކުރަން އޮތީ. މުސައްނިފުގެ ނަމާއި އެކު އެ އޮތީ ލިޔެފައި. އެމީހުންނާއި މެދު ފިޔަވަޅު އަޅާކަން ނުކެރޭނެ. މި ސަރުކާރުން އެކަމެއް ނުކުރާނެ. އެ ހިތްވަރެއް މި ސަރުކާރުގެ ނުހުންނާނެ. މި އުޅެނީ ވަރަށް މަސްތުވާ ތަކެތި ނަގައިގެންތޯ. ދެން ކޮން ތަޙުޤީޤެއްތޯ މީގަ އޮންނާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެންޑީއެންއިން ނެރެފައިވާ މި ރިޕޯޓާއި ގުޅިގެން މިހާރު އެ ޖަމްޢިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ޝަހުންދާ އަކީ މޮޔައެއް އެހެންވެ ސަރިޢަތެއް ނުކުރެވޭނެ ބޮޑު މުސާރަލިބޭ މަޤާމަށް ތަޞައްރަފު ފުދޭނެ
ޔާމީނަކީ ވެސް މޮޔައެއް އަމިއްލަ ނަފުސު ދިފާޢު ކުރަންވެސް ނޭގުނު
ޑރ. އިޔާޒު ޔާމީނަށް . ޔާމީން ވެރިކަމުގައި ތިރިޕޯޓް ނެރުނީ. އޭރު ފިޔަވަޅުނޭޅީ 2 ވަނަ ދައުރަކަށް ހޮވެންތަ؟
ޙެހެ ބައްލަވާ މަނިކުފާނު އުފަންވެ ވަޑައި ގަތީވެސް މިގައުމުގަ އިސްލާމް ދީން އޮއްވާ ނޫންތޯ ދެން ތިވިދާޅު ވަނީ މަނިކުފާނުގެ ވެރިކަމުގައޭ އިސްލާމްދީން ގެނަޢީ އެއީ ތިވީދާޅުވާ އެއްޗަކީ މަނިކު ފާނު ވެރިކަމުގަ ނޫންތޯ ކަޅުވަކަރުމިސްކިތް ތަޅާފަ އެންތާގަ އައިސް ގެ ހެދީވެސް މަނިކު ފާނު ދުވަހަކު ވެސް މަސްތުވާ ތަކެއްޗާ ރަލާ މި އެއްޗެހި ގައުމުގާ އާންމު ވަމުން ދާއިރު މީ ދީނާހިލާފު ކަމެކޭ މިހެން ވިދާޅު ވިންތޯ ވަގުތު ނޫހަށް ވެސް ދަންނަވާލަން ރަންގަޅު ކޮމެންޓްތައް ޖަހާދޭށޭ
ވަރައް އަސަރާއެކު ޕޕއެމް، ޕީއެންސީ އަށް ބުނެލަން މޑޕ ބޮލުގަ ދީންބޭނުންކޮއްގެން ދޮގު އިލްޒާމް ނާޅުއްވާ.މާޒީ އައް ބަލާއިރު އެކަމުން ތިބޭފުޅުންވީ ފެއިލް. ތިބޭފުޅުން ﷲ އައް ބިރުނުގަންނަނީތޯ ދީނޭކިޔައިގެން ސިޔާސީ މަގްސަދެއްހާސިލް ކުރުމައްޓަކާ މޑޕ ބޮލުގަ ކޮންމެތުހުމަތެއްވެސް އަޅުވަފާނެކަން ވަަރައްކައިރިން ދެކިފަ އަޅުގަޑު މިހުރީ.. ތިބޭފުޅުން އަބަދު ދެއިރު ދެދަޅައަށް ދީން ބޭނުންކޮއްގެން ދޮގުވާހަކަ ދައްކާތީ މިޤައުމައްވެގެންދާގޮތް އެންމެފަހަރަކުވެސް ވިސްނާލަބަލަ، ތިބޭފުޅުން ހީފުޅުކުރައްވަނީތޯ އަބަދު ވެރިކަން ކޮއްކޮއް ތިބެވޭނެކަމައް.
ލާދީނީ ބަޔަކަށް ކިޔާނޭ އިތުރު އެއްޗެއް ނެއް ، މި އިބޫ އާއި މުޅި އެމްޑީޕީ ސަރުކާރުން މިބައި ގަޑު ދިފާއު ކުރުން ނޫން ކަމެއް ކުރޭބާ
ޔާމިން އޭރު ފިޔަވަޅު އެޅިނަމަ އެމް.ޑީ.ޕީ ބައިގަނޑު ހަޅުތާލަކުރުން އިތުރުކުރާގެ. އޭރު އިބޫއަށް ވެރިކަން ލިބުމުގަ ޝަހިންދާގެ ރޯލުވެސްބޮޑު. ޝަހިންދާ އާ ދެކޮޅަށް ދެކޮޅަށް އެމް.ޑީ.ޕީ އިން އެއްޗެތި ކީމަ އިދިފިޔަ ކުޅުޅު ބައިގަނޑެއްނހެން އަރަިގަންނާނެ..
ދެން ކަލެއެއް ނޮހޮވޭނެ. މިގައުމުގައި އޮންނާނީ އިސްލާ މް ދީން