ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ގެންދެވޭނީ ހަތަރެއްފައިގައި ބިޑި އަޅުވައިގެން ނިދާ އިންޖެކްޝަން ޖަހައިގެން ކަމަށާއި ނަމަވެސް ހޭލާއިރު އަނބުރާ (ޕީޕީއެން/ޕީއެންސީ ސްޓޭޖަށް) އަންނާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިދިކޮޅު ބަޔަކު މީހުން ކުރާ ޓްވީޓަކުންނާއި އަދި ފޮނުވާ މެސެޖަކުން އޭނާ އަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ ކަމަށާއި މިހާރުވެސް ބައެއް ބޭފުޅުން އޭނާ ހުރީ ޖުމްހޫރީ ޕާޓީގައި ކަމަށް ބުނެ ޓްވިޓް ކުރައްވަމުން ގެންދަވާ ކަމެވެ.

"ބައެއް ބޭފުޅުން އެބަ ޓްވިޓް ކުރައްވާ އަބްދުއްރަހީމް ހުރީ ޖޭޕީ ގައި ކަން ތިމަންނަމެންނަށް ނޫންހޭ އެނގޭނީ. އަޅުގަނޑު މިދަންނަވަނީ މިރޭވެސް މި ދަންވަނީ އަޅުގަނޑު ގަޔަށް ނިދާ އިންޖެކްޝަނެއް ޖަހާފައި ހަތަރެސްފައި ގައި ބިޑި އަޅައިގެން ގޮސް ސޮއި ކުރުވާށޭ. ހަމަ ހޭއެރީ ދުވެފައި އައިސް ހުންނާނީ މިތާނގައޭ" އަދުރޭ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ، އެއްވެސް ޕާޓީ އަކުން އޭނާ ނުގަނެވޭނެ ކަމަށާއި އެއްބަޔަކު އަނެއްބަޔަކާއި އެކީ އެއްބަސްވުމެއްގެ ދަށުން ކޮށްދީފައި ހުންނަ ކަންތައް އެއީ އަނެކާ އަޅުވެތިކުރަން ކޮށްދޭ ކަން ކަމަށް ދެއްކުމަކީ ބޮޑު ހިޔާނާތެއް ކަމުގައެވެ.

"ނުގަނެވޭނޭ. އާދެ އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރާއިރު އެއްބަޔަކު އަނެއްބަޔަކަށް އެއްބަސްވުމެއްގެ ދަަށުން މަސައްކަތް ކުރާއިރު ކޮށްދީފައި ހުންނަ ކަންތައްތަކަކީ އަނެއްމީހާ އަޅުވެތި ކުރަން ކޮށްދީފައި ހުންނަ ކަންތައްތައް ކަމަށް ދެއްކުމަކީ އެއައްވުރެ ބޮޑު ހިޔާނާތެއް ނޯންނާނެ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރުމަށް އޭނާ އަބަދުވެސް ހުންނާނީ ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނާދިރާ

    ނޫނޭ ... ޕޕމ ން ޖޭޕީއަށް ދިޔައީ ހަމަހޭގަ ހުރެގެން. ބޭނުމަކީ ގިނަލާރި ހޯދުން.

  2. Anonymous

    ޖެޭޕިީން ޓިީނުބަހަނިީ އަާދެޭ އަާދެޭ

    5
    3
  3. Anonymous

    ޖެޭޕިީއައްމިީހުންދަނިީ ޓިީނުބަހަާތިީ ކަލެޭވެސްދެޭ އަވަހައް ހުސްވަނިީ ހުސްވަނިީ އަވަސްކުރެޭ

    5
    3
  4. ާއަހުމަދު

    ތިގޮތަށްބުނި ވަރަށް ގިނަމީހުން އަލީ ވަހީދު މަހުލޫފު ނިހާނި..........

  5. ގިޓާ

    ޖޭޕީއަކުން ނޫލެ އަގުޅިނެތް ކަންނޭލުގެ ދެކޮޅު މޮކޮޅެއް ގެންދާކަށް ޤާސިމު ބޭނުމެއްނޫން އަދުރޭއެށް އާދޭސް ކުރާނެ ކަމެއްނެތް

  6. ހުވަދޫ ޑޮކް

    ލަފާކުރެވޭ ގޮތުން ހީވަނީ އަދުރޭސް ޖޭޕީއަށް ގެންދިއުން ލަސްވެގެން އެކަމާއި ދެރަވެގެން އުޅޭހެން !! ސިޔާސީ މަސްރަކްގައި މިހެން ދެކިވިފައިވާ ހުރިހާވާހަކަތަކެއް މިއަދާއި ހަމައަށް ވަނީ ފުށުން ޖަހާލައިފައި!!

  7. ޭބޭލްތާ

    ސިޔާސީމޮޑޭމީހުން ވާހަކަ ދަޢްކާނީ އިދިކޮޅަށް ، މިހާރު އެކިޔަނީ ގެންދާށޭ،